Raajje.mv

ފޮޓޯ ގެލަރީ

ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއެކު އުފާވެރި މަންޒަރުތަކެއް

ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއެކު އުފާވެރި މަންޒަރުތަކެއް

ފެތުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ފަތާ ޓްރެކް ސަރަޙައްދުގައި ގާއިމުކުރި ޑައިވިން ޕްލެޓްފޯމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމާއިއެކު، ކުދި ބޮޑު އެންމެން އެތަނަށް ގޮސް އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދެއެވެ. މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ފަތާ ޓްރެކް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ސަރަޙައްދުގައި ސިޑިބަރިއާއެކު ފާޚާނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކުރިއިރު، ފަހުން ވަނީ ޑައިވިން ޕްލެޓްފޯމެއް ގާއިމުކުރުމަށްވެސް ނިންމާފައެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއީލް އަލީ ރާއްޖެ.އެމްވީއަށް ވިދާޅުވީ މި ޕްލެޓްފޯމާއިއެކު، ސްވިމިންގ ޓްރެކް ސަރަހައްދު މޫދު ކުޅިވަރުގެ ޕާކަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

23 މާރިޗު 2021
ރައީސް ސޯލިޙް ގަތަރަށާއި ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ސޯލިޙް ގަތަރަށާއި ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުރަމާނަދަތުރުފުޅެއްގައި ދެ ޤައުމަކަށް ވަނީ ވަޑައިގެންފައެވެ. އެއީ ޤަތަރު އަދި ބަންގްލަދޭޝް އަށެއެވެ. ޤަތަރަށް މާރޗް 15 ވަނަ ދުވަހު ވަޑައިގެންނެވިއިރު، ބަންގްލަދޭޝް އަށް ވަޑައިގެންފައިވަނީ މާރޗް 17 ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޤަޠަރުގެ އަމީރާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޤަޠަރުގެ މިއުޒިއަމް އޮފް އިސްލާމިކް އާޓްސް އަށް ވެސް އެމަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފައެވެ. ބަންގްލަދޭޝްގެ 'ނެޝަނަލް މާޓަރޒް މެމޯރިއަލް' އަށާއި 'ބަންގަބަންދު މެމޯރިއަލް މިއުޒިއަމް' އަށް ވެސް ޒިޔާރަތްކުރެއްވިއެވެ.

18 މާރިޗު 2021
 ވެކްސިން ޖަހައިދޭ މަރުކަޒުތައް ކިއުތަކުން ފުރާލުން

ވެކްސިން ޖަހައިދޭ މަރުކަޒުތައް ކިއުތަކުން ފުރާލުން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މާރޗް މަހުގެ 15ގެ ފަހުން، މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނީ އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބަލި ޖެހިއްޖެނަމަ ސިއްހީ ހާލަތު ގޯސްވެދާނެ ހައި ރިސްކު މީހުންނާއި، މިހާރު ޕޮސިޓިވްވެ އެކަހެރިވެފައިވާ މީހުންނާއި ބަލި ޖެހުނުކަން ކަށަވަރުވެ 28 ދުވަސް ހަމަނުވާ މީހުންނަށް ކަމަށެވެ. އަދި ކޮންޓެކްޓަކަށްވެ ކަރަންޓީނުގައި ތިބި މީހުންނާއި ދަތުރުކުރުމާއި ގުޅިގެން ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ބައްޔެއްގެ ސަބަބުން ނުވަތަ ޞިއްޚީ ޚާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހިފައިވާ މީހުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

14 މާރިޗު 2021
ހައެއްގެ ފަސް - މާލޭގެ މަގުމަތި ފޮޓޯތަކުން

ހައެއްގެ ފަސް - މާލޭގެ މަގުމަތި ފޮޓޯތަކުން

މާލެ ސަރަހައްދުގައި ވަކި ވަގުތެއްގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. ހަވީރު 6:00ން ހެނދުނު 6:00ށް އެއްގަމު އުޅަނދު ނުދުއްވޭއިރު، ރޭގަނޑު 11:00ގެ ފަހުން ހުއްދަނެތި މަގުތަކުގައި އުޅުމަކީ ވެސް މަނާކަމެކެއެވެ.

04 މާރިޗު 2021
ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ - ކަރަންޓު ދިނުމަށް ކުރި މަސައްކަތް

ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ - ކަރަންޓު ދިނުމަށް ކުރި މަސައްކަތް

ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 24 ފެބްރުއަރީ 2021 ގައެވެ. އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ ގާތްގަނޑަކަށް މެންދުރު 2:30 ހާއިރުއެވެ. ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމާއެކު އަލިފާން ނިއްވާލެވި ކަރަންޓުގެ ޚިދުމަތްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް އަލުން ކަރަންޓު ފޯރުކޮށްދެވިފައިވަނީ 25 ވަނަ ދުވަހުގެ ރޭ 11:40 ހާއިރުއެވެ. ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ތ. ގުރައިދޫ އިން 360 ކިލޯވޮޓްގެ ޖެންސެޓެއް ވަނީ ގެންގޮސްފައެވެ.

26 ފެބުރުއަރީ 2021
ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއެކު ބޭއްވި ފުރަތަމަ ބައްދަލުވުން

ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއެކު ބޭއްވި ފުރަތަމަ ބައްދަލުވުން

ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 16 ފެބްރުއަރީ 2021 ގައެވެ. މި ބައްދަލުވުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

16 ފެބުރުއަރީ 2021
އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން - ދެ ރައީސުންގެ އުންމީދީ އެތައް ވާހަކަތަކެއް

އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން - ދެ ރައީސުންގެ އުންމީދީ އެތައް ވާހަކަތަކެއް

އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން ބާއްވާފައިވަނީ 14 ފެބްރުއަރީ 2021 ގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް ވެސް އިންތިޚާބުކޮށްފައެވެ. އެއީ ޝާޒްލީ ޝަފީގު އެވެ. ޝާޒްލީ އެސްޖީކަމަށް އިންތިޚާބު ކޮށްފައިވަނީ 90 މެމްބަރުންގެ ވޯޓުންނެއެވެ.

14 ފެބުރުއަރީ 2021
ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް ވެކްސިން ޖެއްސެވުން

ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް ވެކްސިން ޖެއްސެވުން

ނައިބު ރައީސް ފައިޞަލް ނަސީމް، "ކޮވިޝީލްޑް" ވެކްސިން ޖައްސަވާފައިވަނީ 8 ފެބްރުއަރީ 2021 ގައެވެ.

09 ފެބުރުއަރީ 2021
ރިޔާސީ ބަޔާން 2021 - އުއްމީދީ އެތައް ވާހަކަތަކެއް

ރިޔާސީ ބަޔާން 2021 - އުއްމީދީ އެތައް ވާހަކަތަކެއް

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާފައިވަނީ 4 ފެބްރުއަރީ 2021 ގައެވެ.

04 ފެބުރުއަރީ 2021
ކޮވިޑް19 ވެކްސިން - ފުރަތަމަ ޖެއްސެވި ބޭފުޅުންގެ ތެރޭގައި ދައުލަތުގެ ތިން ބާރުގެ ވެރިން

ކޮވިޑް19 ވެކްސިން - ފުރަތަމަ ޖެއްސެވި ބޭފުޅުންގެ ތެރޭގައި ދައުލަތުގެ ތިން ބާރުގެ ވެރިން

ކޮވިޑް19 ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ 1 ފެބްރުއަރީ 2021 ގައެވެ. އެންމެ ފުރަތަމަ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދޭން ފަށާފައިވަނީ މާލެ، އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށީގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއެކު ދައުލަތުގެ އަނެއް ދެބާރު ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވާފައެވެ.

01 ފެބުރުއަރީ 2021
ށ. ފޭދޫ - ސާދާ ދިރިއުޅުން ފޮޓޯތަކުން

ށ. ފޭދޫ - ސާދާ ދިރިއުޅުން ފޮޓޯތަކުން

ށ. ފޭދޫ އަކީ ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. މިރަށަކީ 81.73 ހެކްޓަރގެ ބޮޑުރަށެކެވެ .މި ރަށުގެ އާބާދީ އަކީ 1309 މީހުންނެއެވެ.

25 ޖެނުއަރީ 2021
ށ. ނޫމަރާ - ރަށްފުށުގެ ހިމޭން ދިރިއުޅުން

ށ. ނޫމަރާ - ރަށްފުށުގެ ހިމޭން ދިރިއުޅުން

ށ. އަތޮޅުގައި އާބާދީގެ ގޮތުން އެންމެ މަދުން މީހުން ދިރިއުޅޭ ރަށަކީ ށ. ނޫމަރާއެވެ. ނޫމަރާގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން ކުރުމާއި ފަންގެ ވިނުމާއި ރޯނުވެށުމާއި ދަނޑުވެރިކަންކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

21 ޖެނުއަރީ 2021
ދ. ގެމެންދޫ - ފެންނަނީ ސުނާމީގެ ހިތި ހަނދާންތައް

ދ. ގެމެންދޫ - ފެންނަނީ ސުނާމީގެ ހިތި ހަނދާންތައް

ދ. އަތޮޅު ގެމެންދޫ އަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވީރާނާވި ރަށްތަކުގެ ތެރެއިން އެއް ރަށެއެވެ. ގެމެންދޫ މީހުން ބަދަލުކޮށްފައިވަނީ އެއަތޮޅު ކުޑަހުވަދޫއަށެއެވެ.

20 ޖެނުއަރީ 2021
ށ. ފުނަދޫ - ރަށްފުށު ދިރިއުޅުން މާ ހިތްގައިމު

ށ. ފުނަދޫ - ރަށްފުށު ދިރިއުޅުން މާ ހިތްގައިމު

ށ. ފުނަދޫ އަކީ ކުރިން ފަޅުރަށެކެއެވެ. މިހާރު އެއީ ށ. އަތޮޅު ވެރިކަން ކުރާ ރަށެއެވެ. ފުނަދޫގައި މީހުން އާބާދުވާން ފަށާފައިވަނީ 1968ވަނަ އަހަރު ޖެނުއަރީ 1 ދުވަހުން ފެށިގެންނެއެވެ. ކުރިން ފުނަދޫ އަށް ކިޔަމުންއައި ނަން (ފަރުކޮޅުފުނަދޫ) "ފުނަދޫ" މިނަމަށް ބަދަލުކުރައްވާފައިވަނީ 12 މާރޗް 1995ގައެވެ.

19 ޖެނުއަރީ 2021
ސިންތެޓިކް ޓްރެކް ހުޅުވުން - ރައީސް ސޯލިހުގެ ކްރިކެޓް ހުނަރު ފެނިގެންދިއަ ހިތްގައިމު ވަގުތުކޮޅު

ސިންތެޓިކް ޓްރެކް ހުޅުވުން - ރައީސް ސޯލިހުގެ ކްރިކެޓް ހުނަރު ފެނިގެންދިއަ ހިތްގައިމު ވަގުތުކޮޅު

ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 16 ޖެނުއަރީ 2021 ގައެވެ. ޓްރެކް ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. 24 އަހަރަށް ފަހު ޓްރެކް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޓްރެކްގައި ކޮންކްރީޓް އެޅީ އާރްކޭއެލް ކުންފުނިންނެއެވެ. މިއީ އެކުންފުނީގެ ސީއެސްއާރް މަޝްރޫއެކެއެވެ. ޓްރެކްގެ ސިންތެޓިކް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އިންނެއެވެ. ސިންތެޓިކް އެޅުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 12،543،231 އެވެ. މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

17 ޖެނުއަރީ 2021
މަސްޖިދުލް ހަރާމްގައި ކުރެވުނު ހުކުރު ނަމާދު

މަސްޖިދުލް ހަރާމްގައި ކުރެވުނު ހުކުރު ނަމާދު

މިއީ މަސްޖިދުލް ހަރާމުގައި 15 ޖެނުއަރީ 2021 ވަނަ ދުވަހު ކުރެވުނު ހުކުރު ނަމާދެއެވެ. ހުކުރު ނަމާދުގެ އިތުރުން އެހެން ހުރިހާ އަޅުކަމެއް ވެސް ކުރިއަށްދަނީ ސިއްހީ ގޮތުން ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު، އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެންނެއެވެ.

15 ޖެނުއަރީ 2021
މޫސުން - ރާއްޖެއަށް ކުރަމުންދާ ވިއްސާރަ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ، ސަމާލުވޭ

މޫސުން - ރާއްޖެއަށް ކުރަމުންދާ ވިއްސާރަ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ، ސަމާލުވޭ

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވެއެވެ.

12 ޖެނުއަރީ 2021
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން

2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން

ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ މާރޗް މަހުގައި ސްކޫލްތައް ބަންދުކުރުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގެ ސްކޫލްތައް އަލުން ހުޅުވި ނަމަވެސް ކިޔަވައި ދެމުން ދިޔައީ މަތީ ގްރޭޑް ތަކުގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ލިބުނު ކާމިޔާބީއާއެކު 2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މާލެ ސަރަހައްދުގައި 10 ޖެނުއަރީ 2021 ގައި ފަށާފައިވާ އިރު، ހުރިހާ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރުގެ ކިޔެވުން ދިގު ދައްމާލާ 2020 ވަނަ އަހަރުގެ ދެވަނަ ޓާމް ނިމޭނެ ދުވަހަކަށް ހަމަޖައްސާފައިވަނީ މި އަހަރުގެ މެއި ޖޫންގައެވެ. އަދި 2021 ވަނަ އަހަރުގެ ފުރަތަމަ ޓާމް ފެށޭނީ ޖުލައި ހިސާބުގައެވެ.

10 ޖެނުއަރީ 2021
ޔޮޓްތަކުން އުލިގަމްގެ ފަޅުތެރެ ތިޔާގިވެ، ބޮޑު ހިތްހަމަޖެހުމެއް

ޔޮޓްތަކުން އުލިގަމްގެ ފަޅުތެރެ ތިޔާގިވެ، ބޮޑު ހިތްހަމަޖެހުމެއް

ހއ. އުލިގަމަކީ ދުނިޔޭގެ އެކި ގައުމުތަކުން ޔޮޓްތައް ބަނދަރުކުރަމުން އަންނަ ރަށެކެއެވެ. ނަމަވެސް ގަވާއިދުތަކާއި އުސޫލުތަކަށް މީގެ ކުރިން ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ޔޮޓްތައް އައުން ވަރަށް ބޮޑަށް މަދުވެގެން ދިއައެވެ. މި ކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށްފައި ވަނިކޮށް، ނިމިގެން ދިއަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އުލިގަމަށް ޔޮޓްތައް އަނބުރާ ގެނެވޭނެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް ސޯލިހުގެ ސަރުކާރުން ގެނެސްދެއްވި ލުއިތަކާއި އެކު އަނެއްކާވެސް މިވަނީ އުލިގަމަށް ޔޮޓްތައް ބަނދަރުކުރަން ފަށާފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފުރަތަމަ ޔޮޓް އުލިގަމަށް ބަނދަރުކުރިއެވެ.

08 ޖެނުއަރީ 2021
އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ދޮށުގައި، ޓްރަމްޕްގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާ

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ދޮށުގައި، ޓްރަމްޕްގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާ

ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާތައް ފެށިގެން ކުރިއަށްދަނިކޮށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގާފައިވަނީ 6 ޖެނުވަރީ 2021ން ފެށިގެންނެއެވެ. މި ހަމަނުޖެހުމުގެ ތެރެއިން ބައިޑަން އިލެކްޓޯރަލް ކޮލެޖްގެ ވޯޓު ކާމިޔާބުކުރެއްވިކަން ކޮންގްރެސްއިން ވަނީ އިއުލާންކޮށްފައެވެ. ބައިޑަން އަށް އިންތިޚާބު ކާމިޔާބުވިކަން އިއުލާން ކުރެވިގެން މިދިޔައީ ކެޕިޓޮލްގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ބޮޑު ހަމަނުޖެހުމެއް ހިނގާފައިވަނިކޮށެވެ. މިކަމާއި ގުޅިގެން އެތައް ގަޑީއިރަކަށް ވޯޓު ގުނުމުގެ ސެޝަން މެދުކަނޑާލަން ޖެހުނެއެވެ. މިއާއި އެކު ޖޯ ބައިޑަން އަށް ބާރުތައް ބަދަލުކުރުމުގެ ކަންކަން އަމާންކޮށް ކުރިޔަށް ގެންދަވާނެކަމަށް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

07 ޖެނުއަރީ 2021
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިންގ ސްކޫލްގެ މައްސަލަތަކާ ގުޅޭގޮތުން، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވަނީ 5 ޖެނުއަރީ 2021 ގައެވެ.

05 ޖެނުއަރީ 2021
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް

މިއީ ރާއްޖެޓީވީން ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ރިއަލިޓީ ޝޯވ އެކެއެވެ.

03 ޖެނުއަރީ 2021
ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން

ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން

އެމްއެންޑީއެފް އިން ކޯސްޓްގާޑުގެ ހިދުމަތް ފަށާފައިވަނީ 1980 ވަނަ އަހަރުގައެވެ.

01 ޖެނުއަރީ 2021
ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން އެކަޑަމީ ހުޅުވުން

ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން އެކަޑަމީ ހުޅުވުން

ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން އެކަޑަމީ ހުޅުވާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔުއޭއީ) ގެ ޝަރޖާހްގައިއެވެ. މި އެކަޑަމީގައި ހަތް މިއުޒިއަމް ހުންނަ އިރު، ހަތް މިއުޒިއަމްގެ އެކި ބައިތަކުގައި ޤުރުއާންގެ ތަފާތު 308 ކޮޕީ ހިމެނެއެވެ. މީގެ އިތުރުން ގެފުޅުގެ 18 އުރަކޮޅާއި، ގުރުއާން ލިޔުއްވަން ފެއްޓެވުނު އިރު ކުރި މަސައްކަތް ފެންނާނެ ގޮތަށް ވަނީ ބަހައްޓާފައެވެ.

27 ޑިސެމްބަރު 2020
ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ - މަޝްވަރާ އަށް ނައިބު ރައީސް ވަޑައިގެންނެވުން

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ - މަޝްވަރާ އަށް ނައިބު ރައީސް ވަޑައިގެންނެވުން

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވުމަށް ނައިބު ރައީސް ވަޑައިގެންފައިވަނީ 24 ޑިސެންބަރު 2020 ގައެވެ.

25 ޑިސެމްބަރު 2020
އެސްޓީއޯ ބަސްހުއްޓި އަދި ޕާކު ހުޅުވުން

އެސްޓީއޯ ބަސްހުއްޓި އަދި ޕާކު ހުޅުވުން

އެސްޓީއޯ ބަސްހުއްޓި އަދި ޕާކު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 20 ޑިސެމްބަރު 2020 ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

21 ޑިސެމްބަރު 2020
"ސާފު ހުޅުމާލެ" ހަރަކާތް

"ސާފު ހުޅުމާލެ" ހަރަކާތް

“ސާފު ހުޅުމާލެ” ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

20 ޑިސެމްބަރު 2020
ރާއްޖެޓީވީ ސްޓާފް އެވޯޑް 2020

ރާއްޖެޓީވީ ސްޓާފް އެވޯޑް 2020

ރާއްޖެޓީވީ ސްޓާފް އެވޯޑް 2020 ބާއްވާފައިވަނީ 15 ޑިސެމްބަރު 2020 ގައެވެ. އެއީ ރާއްޖެޓީވީގެ 10 ވަނަ އަހަރީ ދުވަހެ އެވެ.

16 ޑިސެމްބަރު 2020
ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭންގެ ފުރަތަމަ ހަރަކާތް

ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭންގެ ފުރަތަމަ ހަރަކާތް

ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭންގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތް ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 13 ޑިސެމްބަރު 2020 ގައެވެ.

14 ޑިސެމްބަރު 2020
އެއްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން

އެއްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން

އެއްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ 12 ޑިސެމްބަރު 2020 ގައެވެ. އެއީ ސްވިޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ ޖޭސްމިންއެވެ.

12 ޑިސެމްބަރު 2020
46 / 108