Raajje.mv

ފޮޓޯ ގެލަރީ

ޔޫރޯ 2020 - ތުރުކީ އާއި އިޓަލީ ބައްދަލުކުރި މެޗު

ޔޫރޯ 2020 - ތުރުކީ އާއި އިޓަލީ ބައްދަލުކުރި މެޗު

ޔުއެފާ ޔޫރޯ 2020 ގެ ފުރަތަމަ މެޗުގައި ގްރޫޕް އޭ ގައި ހިމެނޭ އިޓަލީން ވަނީ ތުރުކީ އަތުން ފަސޭހަކަމާއެކު މޮޅުވެފައެވެ. ހުކުރު ދުވަހުގެރޭ އިޓަލީގެ ރޯމުގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މެޗުން އިޓަލީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

12 ޖޫން 2021
ޔޫރޯ 2020 - މުބާރާތް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތު

ޔޫރޯ 2020 - މުބާރާތް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތު

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ 2020 ގެ ކުޅުން ހުކުރު ދުވަހުގެރޭ ފެށިއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި ފުރަތަމަ މެޗު ބާއްވާފައިވަނީ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައެވެ. ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރިއިރު، ބައެއް ހަރަކާތްތައް ވަނީ ވާޗުއަލްކޮށް ކުރިއަށް ގެންގޮސްފައެވެ.

12 ޖޫން 2021
241 ކޮމިޓީގެ އިންކުއަރީއަށް ކަމާއި ގުޅުން ހުރި މުއައްސަސާތައް ހާޒިރުކުރުން

241 ކޮމިޓީގެ އިންކުއަރީއަށް ކަމާއި ގުޅުން ހުރި މުއައްސަސާތައް ހާޒިރުކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ އެކި ފަރާތްތައް ހާޒިރުކޮށްފައެވެ. މީގެ ތެރޭގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް ޝަމާލުގެ އިތުރުން ހައުސިންގ މިނިސްޓަރ އަސްލަމާއި މާލެ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

07 ޖޫން 2021
އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވުމުގެ ހާދިސާ

އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވުމުގެ ހާދިސާ

މި ބޯޓުގައި މެއި މަހުގެ 20 ވަނަ ރޯވެފައިވާއިރު ސްރީލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. މިހާރު މި ބޯޓު ވަނީ އަޑިއަށް ދާން ފަށާފައެވެ.

03 ޖޫން 2021
ކޮވިޑް19 - ބޭރުގައި އުޅުން މަދުކޮށް ގޭގައި މަޑުކޮށްލާ

ކޮވިޑް19 - ބޭރުގައި އުޅުން މަދުކޮށް ގޭގައި މަޑުކޮށްލާ

ކޮވިޑް-19ގައި ރާއްޖެ މިހާރު ކުރިމަތިލާފައިވާ އެންމެ ބިރުވެރި ޙާލަތުން އަރައިގަތުމުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

02 ޖޫން 2021
ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދާ ތަމްރީނުތައް

ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދާ ތަމްރީނުތައް

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން އަންނަނީ ދުބާއީގައި ތަމްރީނުތައް ހަދަމުންނެވެ. މި ތަމްރީނުތަކުގައި ގައުމީ ޓީމުގެ 25 ކުޅުންތެރިން ބައިވެރިވެއެވެ.

27 މެއި 2021
މއ. މޯނިންގ ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާ

މއ. މޯނިންގ ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާ

މއ. މޯނިންގ ވިއުގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވަނީ 27 މެއި 2021 ވަނަ ދުވަހުގައެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 5:00 ހާއިރުއެވެ. އަދި ރިޕޯޓް ލިބުމާއެކު 2 މިނެޓް ތެރޭގައި ސީންއަށް އެޓެންޑް ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

27 މެއި 2021
ކޮވިޑްގެ ބިރުވެރި ރާޅާ އެކު އިތުރު ހަރުކަށި ފިޔަވަޅުތަކެއް - ސަލާމާތީ ބާރުތަކުން ތަންފީޒްކުރަނީ

ކޮވިޑްގެ ބިރުވެރި ރާޅާ އެކު އިތުރު ހަރުކަށި ފިޔަވަޅުތަކެއް - ސަލާމާތީ ބާރުތަކުން ތަންފީޒްކުރަނީ

ކޮވިޑް-19ގައި ރާއްޖެ މިހާރު ކުރިމަތިލާފައިވާ އެންމެ ބިރުވެރި ޙާލަތުން އަރައިގަތުމުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

26 މެއި 2021
ދިވެހިން ފަލަސްތީނާއެކު - ރާއްޖެ ޓީވީގެ ޚާއްސަ ޓެލެތޯންގައި އާންމުން ފައިސާގެ އެހީ ދިނުން

ދިވެހިން ފަލަސްތީނާއެކު - ރާއްޖެ ޓީވީގެ ޚާއްސަ ޓެލެތޯންގައި އާންމުން ފައިސާގެ އެހީ ދިނުން

''ދިވެހިން ފަލަސްތީނާއެކު'' މިނަމުގައި ޚާއްސަ ޓެލެތޯނެއް ރާއްޖެޓީވީން ވަނާ ފަށާފައެވެ. ޕަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ފެށި މި ޓެލެތޯންގެ ތެރެއިން ފަންޑު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. ފަންޑު ފޮއްޓަށް ފައިސާ ލުމުގެ ފުރުސަތު އާންމުންނަށް ދިނުމުގެ ގޮތުން ފަންޑު ފޮށި ބަހައްޓާފައިވަނީ ހެންވޭރު ސަހަރާގެ ޕާކިން އޭރިއާގައެވެ.

22 މެއި 2021
ހޯރަފުށީ ރައްޔިތުންގެ އެއްބައިވަންތަކަން، ދިވެހީންގެ އެއްބައިވަންތަކަމުގެ މިސާލެއް!

ހޯރަފުށީ ރައްޔިތުންގެ އެއްބައިވަންތަކަން، ދިވެހީންގެ އެއްބައިވަންތަކަމުގެ މިސާލެއް!

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިފަހުން ކުރި ވިއްސާރާއިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ހއ. ހޯރަފުއްޓެވެ. ހޯރަފުއްޓަށް އުދައަރާ އެރަށު އެއާޕޯޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެއާޕޯޓްގެ މަސައްކަތް ކުރަމުން ދިޔައިރުވެސް އެރަށު ރައްޔިތުން ވަނީ އެއްބައިވަންތަކަމުގެ މިސާލު ދައްކުވައިދީފައެވެ. އެއާޕޯޓަށް ލިބުނު ގެއްލުމާއި ރަންވޭއަށް ވެލި އަރާފައި ވުމުން އެއާޕޯޓް ސާފު ކުރުމަށް މިއަދު ބޭއްވި ޕްރޮގްރާމްގައި ރަށުގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ވަނީ ބައިވެރިވެފައެވެ.

20 މެއި 2021
ފަލަސްތީނާއެކު ދިވެހިން ތިބިކަން ބެލްކަނި ތަކަށް ނުކުމެ ދައްކާލައިފި

ފަލަސްތީނާއެކު ދިވެހިން ތިބިކަން ބެލްކަނި ތަކަށް ނުކުމެ ދައްކާލައިފި

ފަލަސްތީނުގެ މުސްލިމުންނާއި އެކު ދިވެހިން ތިބިކަން ދައްކާލުމަށް 18 މެއި 2021 ގައި ބޭއްވި ހަރަކާތުގައި ގިނަބަޔަކު ވަނީ ބައިވެރި ވެފައެވެ.

18 މެއި 2021
ރައީސް ނަޝީދުގެ މި ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން

ރައީސް ނަޝީދުގެ މި ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން

6 މެއި 2021 ވަނަ ދުވަހަކީ މުޅި ރާއްޖެ ސިއްސުވާލި ބިރުވެރި ދުވަހެކެވެ. ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކުގައި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް ޖަރުމަންވިލާތަށް 13 މެއި 2021 ގައި ވަޑައިގެންނެވިއެވެ.

17 މެއި 2021
ކާފިއު ވަގުތުގައި ސަލާމަތީ ބާރުތަކުން ނުކުމެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި

ކާފިއު ވަގުތުގައި ސަލާމަތީ ބާރުތަކުން ނުކުމެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ހަވީރު 04:00ން ފަތިހު 04:00ށް އަންނަނީ ކާފިއު ހިންގަމުންނެވެ. އެއާއިއެކު ސަލާމަތީ ބާރުތަކުން އެކުގައި އަންނަނީ ކާފިއު ވަގުތު މާލޭގެ މަގުތައް މައްޗަށް ނުކުމެ، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

16 މެއި 2021
މޫސުން: ހޯރަފުއްޓަށް އުދަ އެރުން

މޫސުން: ހޯރަފުއްޓަށް އުދަ އެރުން

ރާއްޖެ އަށް މިހާރުކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

14 މެއި 2021
ދުނިޔޭގެ ކަންކޮޅުތަކުން ޢީދު ނަމާދު

ދުނިޔޭގެ ކަންކޮޅުތަކުން ޢީދު ނަމާދު

މިއީ 1442 ވަނަ އަހަރު މަސްޖިދުއް ނަބަވީ އަދި މައްކާގެ ހަރަމްފުޅުގަައި ކުރެވުނު ޢީދު ނަމާދެވެ.

13 މެއި 2021
ފަލަސްތީނު ބިރުވެރިކަމުގައި - ހިތްފަޅައިގެންދޭ

ފަލަސްތީނު ބިރުވެރިކަމުގައި - ހިތްފަޅައިގެންދޭ

3 މެއި 2021 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ޔަހޫދީ ސިފައިން އަންނަނީ މަސްޖިދުލް އަޤްޞާއަށް ހަމަލާދެމުންނެވެ. މި ޙަމަލާތަކުގައި އެތައްބަޔަކު މަރުވެފައިވާއިރު، އަނިޔާ ލިބުނު މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

11 މެއި 2021
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮަޕަރޭޝަން

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮަޕަރޭޝަން

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު މާލޭގައި ވެސް އަދި ހުޅުމާލޭގައި ވެސް ވަނީ ހާއްސަ އޮޕަރޭޝަންތައް ހިންގާފައި

08 މެއި 2021
ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ

ރައީސް ނަޝީދު، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުުކުމެވަޑައިގެން، މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާ ވަޑައިގަތުމަށްޓަކައި، ހިންގަވާފައި ވަޑައިގެން ކާރުކޮޅާ އަރާ ހަމަވިތަނުން އެއްޗެއް ގޮއްވާލައިގެން ބުރާސްފަތި ދުވަހު ބަޔަކު ވަނީ ހަމަލާ ދީފައެވެ. މި ހަމަލާގައި ލިބިބަޑައިގެންނެވި ޒަޚަމަތަކަށް އެމަނިކުފާނަށް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. މި މައްސަލަ ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސްފައިވާއި އިރު ބޭރުގެ ތަޖްރިބާކާރުންގެ އެހީތެރިކަމާއެކު މި މައްސަލަ ބަލަން އަންނަނީ ތައްޔާރުވަމުންނެވެ.

07 މެއި 2021
މަޤާމް އިބްރާހިމް: ސާފު ރީތި ފޮޓޯތަކެއް

މަޤާމް އިބްރާހިމް: ސާފު ރީތި ފޮޓޯތަކެއް

އިބްރާހީމުގެފާނުގެ މަޤާމުފުޅުގައި ވަނީ، އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުމަށްޓަކައި އަރާވަޑައިގެން އޭގެ މަތީގައި ހުންނެވި ހިލައެވެ.

05 މެއި 2021
ހަޖަރުލް އަސްވަދު: މީގެ ކުރިން ފެނިފައި ނުވާ އަޖައިބުކުރުވަނިވި ފޮޓޯތަކެއް

ހަޖަރުލް އަސްވަދު: މީގެ ކުރިން ފެނިފައި ނުވާ އަޖައިބުކުރުވަނިވި ފޮޓޯތަކެއް

ހަޖަރުލްއަސްވަދަކީ ކަޅު ކުލައިގެ ހިލައެކެވެ. ހިލަ ބޭރުން ސިފަވަނީ ކުކުޅުބިސް ބުރަށެވެ. ހިލައިގެ ބޭރުގައި ވަނީ ރިހި ފްރޭމެއް ހަރުކޮށްފައެވެ. އެ ފްރޭމްގައި މީހެއްގެ ބޮލުގެ ބޮޑުމިނަށް އިންނަ އާނގައެއް އިނދެއެވެ. މީހުންނަށް ހިލަ ފެންނަނީ މި ފްރޭމްގެ ތެރެއިން ކަމަށްވާއިރު، މިހާރު މިފެންނަ ފޮޓޯތަކަކީ މީގެ ކުރިން އަދި ދުވަހަކު ވެސް ފެނިފައި ނުވާ ފޮޓޯ ތަކެކެވެ. މި ފޮޓޯތައް ނަގަން 7 ގަޑިއިރު ހޭދަވެފައިވާއިރު، 1050 ފޮޓޯ ނަގާފައިވެއެވެ. އެ ހުރިހާ ފޮޓޯތަކެއް އެއްކޮށްލައިގެން 49،000 މެގަޕިލްކެސްގެ ފޮޓޯތަކެއް މިވަނީ އާއްމުކޮށްފައެވެ. ފޮޓޯތައް މިހާރު މިފެންނަ ގޮތަށް ހެދުމަށް 50 ގަޑިއިރު ހޭދަވެފައިވެއެވެ.

04 މެއި 2021
ރަމަޟާން 1442 - އުފާވެރި އެތައް މަންޒަރެއް

ރަމަޟާން 1442 - އުފާވެރި އެތައް މަންޒަރެއް

މިއީ 29 އެޕްރީލް 2021 ވަނަ ދުވަހު މާލޭގެ އެކި ސަރަހައްދު ތަކުން ނަގާލެވުނު ހިތްގައިމު ރީތީ ފޮޓޯަތަކެކެވެ.

03 މެއި 2021
ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވައި ދުނިޔޭގެ ޗެމްޕިއަނުގެ ހުނަރު ދައްކާލުން

ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވައި ދުނިޔޭގެ ޗެމްޕިއަނުގެ ހުނަރު ދައްކާލުން

މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ރަސްމީކޮށް ހުޅުވާފައިވަނީ 29 އެޕްރީލް 2021 ގައެވެ. މި ފެސިލިޓީ ހުޅުވައިދެއްވީ އިގްތިސޯދާ ބެހޭ ވަޒީރު ފައްޔާޒް އިސްމާއީލެވެ. ފައްޔާޒުގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހުލޫފާއި އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރުވެސް މި ފެސިލިޓީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ. މި ފެސިލިޓީގައި 12 ބިލިއާޑް ބޯޑު ބެހެއްޓިފައިވާއިރު، ދުނިޔޭގެ ޓްރިކް ސޮޓް ޗެމްޕިއަން ފްލޯރިއަން ކޯލާ ވަނީ އޭނާގެ ހުނަރުތައް ދައްކާލައިފައެވެ. ކޯލާ ބުނީ މިއީ އެމެރިކާގެ ފެސިލިޓީތަކާއި އެއް ފެންވަރެއްގެ ފެސިލިޓީއެއް ކަމަށެވެ.

01 މެއި 2021
ރަމަޟާން 1442 - މިސްކިތުގައި ރޯދަ ވީއްލުން

ރަމަޟާން 1442 - މިސްކިތުގައި ރޯދަ ވީއްލުން

މިއީ 29 އެޕްރީލް 2021 ވަނަ ދުވަހު، ވިޔަފާރިވެރިން މިސްކިތުގައި ރޯދަ ވީއްލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހުގައިވެސް މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ކަންކަން ކުރިއަށް ދިއަ ނަމަވެސް، 1441 ވަނަ އަހަރުގެ ރޯދަ މަސް ހޭދަކުރަން ޖެހުނީ ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި، މިސްކިތްތައް ވެސް ބަންދުކޮށްގެންނެވެ.

30 އެޕްރީލު 2021
ލޯކަލް މާރުކޭޓް - ފެންނަނީ ވަރަށް ތިޔާގިކޮށް

ލޯކަލް މާރުކޭޓް - ފެންނަނީ ވަރަށް ތިޔާގިކޮށް

މާރުކޭޓްގެ ގޮޅިތަކުގައި ތަފާތު އެކި ބާވަތުގެ ތަރުކާރީ އާއި މޭވާ ލިބެން ހުރިއިރު، އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަކަން ފާހަގަކުރެވެއެވެ.

27 އެޕްރީލު 2021
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން

24 އެޕްރީލް 2021 - އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ބައިވެރިވެވަޑައިގެންނެވުމާއެކު ފަށައިފިއެވެ. މިބައްދަލުވުމުގެ ރިޔާސަތުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތިއްބެވިއެވެ. ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލު ގައި ކުރިޔަށްދާ މިބައްދަލުވުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 9:30 ހާއިރުއެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވަނީ ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނެވެ.

24 އެޕްރީލު 2021
ކޮތަރު - ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ

ކޮތަރު - ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ކާންދިނުމާއި އެސޮރުމެން އުޅޭ ނޫޅޭ ގޮތް ބެލުމަށް ކުޑަކުދިން ވަރަށް ޝައުގުވެރިވެއެވެ.

24 އެޕްރީލު 2021
ރަމަޟާން 1442 - ފުރަތަމަ ދުވަހުގެ އުފާވެރިކަން

ރަމަޟާން 1442 - ފުރަތަމަ ދުވަހުގެ އުފާވެރިކަން

މިއީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކެއެވެ. މި ދިއަ އަހަރުގެ ރޯދަ މަހު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމުން، ގޭގައި ބަންދުވެ ތިބެންޖެހެމުން އެތައް ބަޔަކަށް ވަނީ އެކަމުގެ އަސަރުކޮށްފައެވެ.

14 އެޕްރީލު 2021
މަގުމަތީގެ ނިޝާންތަކުގައި ކުލަ ލުން

މަގުމަތީގެ ނިޝާންތަކުގައި ކުލަ ލުން

މަގުމަތީގެ ބައެއް ނިޝާންތައް ފާހަގަ ނުކުރެވޭ ވަރަށް ފަނޑުވެފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ސިޓީ ކައުންސިލުން ދަނީ އެ މަސައްކަތް ކުރަމުންނެއެވެ.

08 އެޕްރީލު 2021
ރައީސް ސޯލިޙްގެ އިލްތިމާސް އަކީ ކޮވިޑްގެ ދެވަނަ ޑޯޒް އަވަހަށް ޖެއްސެވުން

ރައީސް ސޯލިޙްގެ އިލްތިމާސް އަކީ ކޮވިޑްގެ ދެވަނަ ޑޯޒް އަވަހަށް ޖެއްސެވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވަނީ 5 އެޕްރީލް 2021 ގައެވެ.

06 އެޕްރީލު 2021
އައްޑޫއަށް ގެނައި އަސްތައް މާޙައުލަށް ހޭނި، ރައްޔިތުންނަށް އުފާވެރިކަން!

އައްޑޫއަށް ގެނައި އަސްތައް މާޙައުލަށް ހޭނި، ރައްޔިތުންނަށް އުފާވެރިކަން!

އަހަރު ދުވަހުގެ މަސައްކަތަށްފަހު އައްޑޫސިޓީއަށް އަސްތަކެއް ގެނެސްފައިވާއިރު، މިއީ އައު ކަމެއް ފެށުމުގެ ވިސްނުމާއި ޙިޔާލާއެކު އައްޑޫސިޓީ ފޭދޫއަށް ނިސްބަތްވާ 2 ޒުވާނުން ކަމަށްވާ މުޙައްމަދު އަދްލީލް މޫސާ އަދި އަހުމަދު އަޤްލީލް ފެށި މަސައްކަތެކެވެ.

27 މާރިޗު 2021
45 / 108