raajjemv logo
ފޮޓޯ އިން ޚަބަރު
24 އޭޕްރިލް 2021 | ހޮނިހިރު 19:57
-
1671
ކޮތަރު - ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ކާންދިނުމާއި އެސޮރުމެން އުޅޭ ނޫޅޭ ގޮތް ބެލުމަށް ކުޑަކުދިން ވަރަށް ޝައުގުވެރިވެއެވެ.
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ - ކޮތަރާ ގުޅޭ މުހިއްމު ތާރީޚީ އެއް ހާދިސާ އަކީ ނޫހުގެފާނުގެ އުއްމަތައް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު މުސީބާތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އާއިލާ ސަލާމަތްވެ ވަޑައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިން ދޫންޏަކީ ކޮތަރަށް ވުން - ފޮޓޯ: ރާއްޖެއެމްވީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ - ކޮތަރާ ތާރީޚީ މުހިންމު ތިން ހާދިސާ އަކާ ގުޅިފައިވާކަން ފާހަގަ ކުރެވޭ - ފޮޓޯ: ރާއްޖެއެމްވީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ - ހިރާ ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނު މުޝްރިކުންގެ ނުރައްކަލުން ސަލާމަތްވެ ވަޑައިގަތުމަށް ވަދެވަޑައިގެން ތިއްބެވި އިރު ﷲ ގެ އަމުރުފުޅަށް އެ ހޮހޮޅައިގެ އަނގަމަތީގައި އައިސް ހާލި ހަދާ ބިސް އެޅި ދޫންޏަކީ ވެސް ކޮތަރު - ފޮޓޯ: ރާއްޖެއެމްވީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ - ކޮތަރާ ގުޅޭ ދެވަނަ ޙާދިސާ އަކީ އަބްރަހާ ގެފުޅު މުގުރާލަން އައި އައުމުގައި ކައުބާގެ ހިމާޔަތުގައި އައި ދޫނިތަކުގެ ވާހަކަ، މި ހާދިސާ ކީރިތި ގުރުއާނުގައި ބަޔާން ކުރައްވާފައިވޭ، ގަބޫލު ކުރެވިފައިވާ ގޮތުގައި މައްކާގެ ކޮތަރަކީ ގެފުޅު ސަލާމަތް ކުރުމަށް އަބްރަހާ އާއި އޭނާގެ ލަޝްކަރު ހަލާކުކޮށްލި ދޫނިތަކުގެ ދަރިފަސްކޮޅާ ގުޅިފައިވާ ދޫންޏެއް - ފޮޓޯ: ރާއްޖެއެމްވީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ - ކޮތަރުތަކަށް ކާންދީ އެ ސޮރުމެން އުފާކޮށްދިނުމަކީ ކުޑަކުދިން ވަރަށް ގަޔާވެގެން ކުރާ ކަމެއް - ފޮޓޯ: ރާއްޖެއެމްވީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ - މި ސަރަހައްދަކި ގިނަ އަދަދަކަށް ކޮތަރުތައް އުޅެމުން އަންނަ ސަރަހައްދެއް - ފޮޓޯ: ރާއްޖެއެމްވީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ގޮވައިގެން އައި ބެެލެނެވެރިންތަކެއް މަޑުކޮށްލައިގެން - ފޮޓޯ: ރާއްޖެއެމްވީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ - ރޯދަމަހުގެ ހަވީރު ގަޑީގައި ގިނަ އަދަދެއްގެ މީހުން މިސަރަހައްދަން އަންނަކަން ފާހަގަކުރެވޭ - ފޮޓޯ: ރާއްޖެއެމްވީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ - ފޮޓޯ: ރާއްޖެއެމްވީ