raajjemv logo
ފޮޓޯ އިން ޚަބަރު
14 މާރޗް 2021 | އާދީއްތަ 11:11
-
6321
ވެކްސިން ޖަހައިދޭ މަރުކަޒުތައް ކިއުތަކުން ފުރާލުން
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މާރޗް މަހުގެ 15ގެ ފަހުން، މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނީ އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބަލި ޖެހިއްޖެނަމަ ސިއްހީ ހާލަތު ގޯސްވެދާނެ ހައި ރިސްކު މީހުންނާއި، މިހާރު ޕޮސިޓިވްވެ އެކަހެރިވެފައިވާ މީހުންނާއި ބަލި ޖެހުނުކަން ކަށަވަރުވެ 28 ދުވަސް ހަމަނުވާ މީހުންނަށް ކަމަށެވެ. އަދި ކޮންޓެކްޓަކަށްވެ ކަރަންޓީނުގައި ތިބި މީހުންނާއި ދަތުރުކުރުމާއި ގުޅިގެން ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ބައްޔެއްގެ ސަބަބުން ނުވަތަ ޞިއްޚީ ޚާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހިފައިވާ މީހުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު - ކޮންމެ ސެންޓަރެއްގެ ކިޔު މިވަނީ އެތައް ހިސާބަކަށް ދަމާލާފައި، ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާއިފައި - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު - ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދެނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށްކަމަށް ބުނުމާއެކު މާލެ ސަރަހައްދުގެ، ވެކްސިން ޖަހާ ސެންޓަރުތަކަށް މިވަނީ ބާރުބޮޑުވެގެން ގޮސްފައި - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު - މާލޭގެ 8 ތަނަކުން ވެކްސިން ޖަހަމުން އަންނައިރު މޯބައިލް ދެ ޓީމެއް ހަރަކާތްތެރިވަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު - މާލެ ސިޓީގައި ވެކްސިން ޖަހަމުންދާ މަރުކަޒުތަކުގައި ވެކްސިން ޖަހަމުންދަނީ ހެނދުނު 9ން ފެށިގެން ހަވީރު 4:30އާ ހަމައަށް - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު - ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ނިންމާފައި ވަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުން - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު - ރާއްޖޭގައި ދިފާއުގެ ނަމުގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު - އެޗްޕީއޭއިން ބުނެފައިވަނީ މާރޗް މަހުގެ 15ގެ ފަހުން، މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނީ އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބަލި ޖެހިއްޖެނަމަ ސިއްހީ ހާލަތު ގޯސްވެދާނެ ހައި ރިސްކު މީހުންނާއި، މިހާރު ޕޮސިޓިވްވެ އެކަހެރިވެފައިވާ މީހުންނާއި ބަލި ޖެހުނުކަން ކަށަވަރުވެ 28 ދުވަސް ހަމަނުވާ މީހުންނަށް ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް މަޖިލިސް ބޭރުގައި ހަދާފައިވާ ކިއު - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް މަޖިލިސް ބޭރުގައި ހަދާފައިވާ ކިއު - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު - ފޮޓޯ: ރާއްޖެއެމްވީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ސެނަހިޔާ ބޭރުގައި ހަދާފައިވާ ކިއު - ފޮޓޯ: ރާއްޖެއެމްވީ