raajjemv logo
ފޮޓޯ އިން ޚަބަރު
25 ޖެނުއަރީ 2021 | ހޯމަ 18:45
-
6251
ށ. ފޭދޫ - ސާދާ ދިރިއުޅުން ފޮޓޯތަކުން
ށ. ފޭދޫ އަކީ ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. މިރަށަކީ 81.73 ހެކްޓަރގެ ބޮޑުރަށެކެވެ .މި ރަށުގެ އާބާދީ އަކީ 1309 މީހުންނެއެވެ.
ށ. ފޭދޫ - ފޭދޫ މަގެއް، 1993ވަނަ އަހަރުން ފެށިގެން މިރަށުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ދެމުންއައީ 1 އާއިލާގެ އެހީތެރިއެއް ހުރެގެން، އެހެންނަމަވެސް 20 އޭޕްރީލް 2007 ގައި މިރަށުގައި ވަނީ ސިއްހީ މަރުކަޒެއް ހުޅުވާފައި - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ފޭދޫ - ރަށުގެ ދުވަސްވީ ގެއެއް، ބައެއް ރަށްރަށުގައި ދިރިއުޅުމުގެ ހާލަތާއި، އެންމެ އެކަށޭނެ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން ދިރިއުޅުން އެހެން ރަށްރަށަށް ބަދަލުކޮށްލަންޖެހޭ ހާލަތުގައި، އަމިއްލަ ވަޒަނުގެ އަމިއްލަ ގެ ފަޅުވެ ވީރާނާވެގެންދޭ - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ފޭދޫ - ރަށުގެ ފެހިކަމާއި ނަލަކަން، ގުދުރަތީ ރީތި އެތައް ކަމެއް ފެނިގެންދޭ - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ފޭދޫ - މި ރަށުގެ އާބާދީ އަކީ 1309 މީހުން، ރަށް ތަރައްޤީ ކުރުމުގެ ގޮތުން ރަށުފެންވަރުގެ ތަރައްޤީގެ ޕްލޭންއެއް އެކުލަވާލައި އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި ކައުންސިލުންނާއި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެކަންކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަކީ ކައުންސިލްގެ ޒިންމާ އަކަށްވާއިރު، އެމަސައްކަތްތައް ވެސް ދަނީ ކުރެވެމުން - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ފޭދޫ - ރަށުގެ އާއިލާއެއް ދިރިއުޅޭ ގެ އެއް، ރަށްފުށުގެ ދިރިއުޅުން ވަރަށް ބޮޑަށް ދައްކުވައިދޭ - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ފޭދޫ - ރަށުތެރޭގެ މަންޒަރެއް މިރަށު މީހުން ދިރިއުޅުމަށްޓަކައި މައިގަނޑުގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމާއި، އިމާރާތްކުރުން ފަދަ މަސައްކަތްތައް - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ފޭދޫ - ބަރޯއެއްގައި ފަން ގެންދިއުމުގެ މަސައްކަތުގައި ރަށުގެ ދެ އަންހެނަކު، ފަންގެ ވިނުމާއި ރޯނުވެށުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މަސައްކަތެއް - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ފޭދޫ - ބަޔަކު ރުކަށް އަރާ ކުރުނބާ އަޅަނީ - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ފޭދޫ - ފޭދޫ ބަނދަރު ސަރަހައްދު، މިރަށަކީ 81.73 ހެކްޓަރުގެ ބޮޑުރަށެއް - ފޮޓޯ: މުހައްމަދު އަފްރާހު