raajjemv logo
ފޮޓޯ އިން ޚަބަރު
17 ޖެނުއަރީ 2021 | އާދީއްތަ 10:50
-
6223
ސިންތެޓިކް ޓްރެކް ހުޅުވުން - ރައީސް ސޯލިހުގެ ކްރިކެޓް ހުނަރު ފެނިގެންދިއަ ހިތްގައިމު ވަގުތުކޮޅު
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 16 ޖެނުއަރީ 2021 ގައެވެ. ޓްރެކް ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. 24 އަހަރަށް ފަހު ޓްރެކް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޓްރެކްގައި ކޮންކްރީޓް އެޅީ އާރްކޭއެލް ކުންފުނިންނެއެވެ. މިއީ އެކުންފުނީގެ ސީއެސްއާރް މަޝްރޫއެކެއެވެ. ޓްރެކްގެ ސިންތެޓިކް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އިންނެއެވެ. ސިންތެޓިކް އެޅުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 12،543،231 އެވެ. މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވަނީ - ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައި - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވުމަށް ބެޓް އާއިއެކު ވަޑައިގަންނަވަނީ - މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށް - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ބޯޅަ ހިފުމަށް މަސައްކަތް ކުރައްވަނީ - އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231 - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވަނީ - ކުޅިވަރު ޓްރެއިނިންތަކާ އާންމުން ކަސްރަތަށް ވެސް ބޭނުންކުރާ އެކުވެނި ޓްރެކް ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ މަގު ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ކްރިކެޓް ކުޅުއްވަނީ - މަހުލޫފް ވިދާޅުވީ، ފުރުސަތު ލިބުނުހާ އަވަހަކަށް އެކުވެނި ސިންތެޓިކް ޓްރެކުގައި ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތެއް ބޭއްވޭނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު ކްރިކްޓް ކުޅުއްވަނީ - އެކުވެނި ސިންތެޓިިކް ޓްރެކުގެ ސަބަބުން ދިވެހިންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ މަގުފަހިކޮށްދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސުދީރު ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
މީގެ އަހަރުތަކެއް ކުރިން ޓްރެކް ސަރަހައްދުގައި ވޮލީ ކުޅުންތެރިންނާއި، ކްރިކެޓް ކުޅުންތެރިންނާއި، ގައުމީ އެތުލީޓުން ގޮވައިގެން، ޓްރެކް ދަނޑުގައި މަރުހޫމް ޒާހިރު ނަޞީރުގެ ބެލުމުގެ ދަށުން މަންޑި މުބާރާތްތަކާއި ބަށި މުބާރާތްތައް އަހަރުތަކެއް ވަންދެން ބޭއްވި ކަމަށް ރައީސް ސޯލިހު ވަނީ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފައި - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވަނީ - މިހާރު ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވިފައިވީ ނަމަވެސް ކުރިން ޓްރެކަކީ އޮށްގަލާއި އަކިރިއާއި ކަށިވެލީގެ ބިމެއް - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވަނީ - 2019 ވަނަ އަހަރުގެ ތެރޭގައި، "މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން ބޭއްވި ސީރީޒްގައި ރައީސް ސޯލިހު ވަނީ މެޗެއް ކުޅުއްވާފައި، އެ މެޗްގައި ފެނިގެންދިއައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްގެ ބެޓިން ޕާޓްނާޝިޕެއް - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވަނީ - މާލޭ އެކުވެނި ދުވާ ޓްރެކަކީ ކުރިން ފުޓްބޯޅަ ކުޅެން ބޭނުންކުރި ދަނޑެއް، ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް އެ ދަނޑުގައި ވަނީ ކުޅެފައި - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވަނީ - ރައީސް ސޯލިހަކީ ކްރިކެޓަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެއް، ސްކޫލް ދައުރުން ފެށިގެން ކްރިކެޓް ކުޅުއްވި - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވަނީ - ރައީސް ސޯލިހު ވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބަށްވެސް ކުޅުއްވާފައި - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ކުޅުއްވުމަށް ބޯޅަ އުއްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް ސޯލިހު ކްރިކެޓް ބެޓް ހިއްޕަވައިގެން - ފޮޓޯ: ރައީސް އޮފީސް