raajjemv logo
ފޮޓޯ އިން ޚަބަރު
10 ޖެނުއަރީ 2021 | އާދީއްތަ 07:54
-
2524
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން
ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ މާރޗް މަހުގައި ސްކޫލްތައް ބަންދުކުރުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގެ ސްކޫލްތައް އަލުން ހުޅުވި ނަމަވެސް ކިޔަވައި ދެމުން ދިޔައީ މަތީ ގްރޭޑް ތަކުގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ލިބުނު ކާމިޔާބީއާއެކު 2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މާލެ ސަރަހައްދުގައި 10 ޖެނުއަރީ 2021 ގައި ފަށާފައިވާ އިރު، ހުރިހާ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރުގެ ކިޔެވުން ދިގު ދައްމާލާ 2020 ވަނަ އަހަރުގެ ދެވަނަ ޓާމް ނިމޭނެ ދުވަހަކަށް ހަމަޖައްސާފައިވަނީ މި އަހަރުގެ މެއި ޖޫންގައެވެ. އަދި 2021 ވަނަ އަހަރުގެ ފުރަތަމަ ޓާމް ފެށޭނީ ޖުލައި ހިސާބުގައެވެ.
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ސްކޫލް މާހައުލުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލަށް ދަރިވަރުން ހާޒިރުވާ ގަޑި އަދި ނުކުންނަ ގަޑީގައި ޓީޗަރުން ހަރަކާތްތެރިވާނެ - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ސްކޫލަށް ދަރިވަރުން ވަންނަ އިރު ތޮއްޖެހުން ކުޑަކުރުމަށް މަގުމަތީގައި ނިޝާންތަކެއް ކުރެހިފައިވޭ، އަދި ގައިދުރުމިން ބަހައްޓައިގެން ދަރިވަރުން ސްކޫލަށް ވެއްދުމަށް ޓީޗަރުން ހަރަކާތްތެރިވޭ - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - އިމާދުއްދީން ސްކޫލްގެ ދަރިވަރުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އިޖްތިމާއީ ގައިދުރުކަމުގެ ތެރެއިން ޓީޗަރުގެ އިރުޝާދާއެކީ ސްކޫލަށް ވަންނަނީ - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ދަރިވަރުން ސްކޫލަށް ހާޒިރުވަނީ. 2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ މެއި ޖޫންގައި - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ސްކޫލް މާހައުލުގައި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ދަރިވަރުން އުޅެންޖެހޭނީ ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - އެސެމްބްލީއަށްފަހު ދަރިވަރުން ކްލާހަށް ދަނީ، ސްކޫލްގައި އުޅޭ ހުރިހާ ވަގުތެއްގައި ވެސް ދަރިވަރުންގެ ކަންކަން ޓީޗަރުން ގާތުން ބަލަހައްޓާނެ - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށްޓަކައި ބޭއްވި ފުރަތަމަ އެސެމްބުލީގައި އިސްކަންދަރު ސްކޫލް ކުދިން ބައިވެރިވަނީ. އެސެމްބްލީ އަދި އެހެނިހެން ވަގުތުގައި ވެސް ދަރިވަރުން ތިބެންޖެހޭނީ އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ދަރިވަރުން ސްކޫލަށް ވަންނަ ހިސާބުން ފެށިގެން އަމަލުކުރާނެ އުސޫލެއް އެކުލަވާލާ އެ އުސޫލާ އެއްގޮތަށް ޓީޗަރުން ހަރަކާތްތެރިވަނީ - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ދަރިވަރުން ސްކޫލަށް ވަނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ހުން ބެލުމާއި، ހޭންޑް ސެނިޓައިޒާ ފޯރުކޮށްދެނީ - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް ތައާރަފްކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތައް ސްކޫލް ގްރައުންޑަށް ވަނުމާއެކު ޓީޗަރުން އެކުދިން ކްލާސްތަކަށް ފޮނުވުމަށް އިރުޝާދު ދެނީ - ފޮޓޯ: ރާއްޖެއެމްވީ
2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން - ގޭގައި ތިބެގެން އޮންލައިންކޮށް ކިޔެވުން ނިމުމަކަށް ގެނެސް ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ކަންކަން ފެށިގެން ގޮސްފައިވަނީ އެތަކެއް މަސްތަކެއް ފަހުން، ދެވަނަ ޓާމުގެ ކިޔެވުން ފަށާފައިވީ ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި - ފޮޓޯ: ރާއްޖެއެމްވީ