raajjemv logo
ފޮޓޯ އިން ޚަބަރު
21 ޖެނުއަރީ 2021 | ބުރާސްފަތި 22:42
-
4493
ށ. ނޫމަރާ - ރަށްފުށުގެ ހިމޭން ދިރިއުޅުން
ށ. އަތޮޅުގައި އާބާދީގެ ގޮތުން އެންމެ މަދުން މީހުން ދިރިއުޅޭ ރަށަކީ ށ. ނޫމަރާއެވެ. ނޫމަރާގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން ކުރުމާއި ފަންގެ ވިނުމާއި ރޯނުވެށުމާއި ދަނޑުވެރިކަންކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
ށ. ނޫމަރާ - ރަށުތެރޭގެ މަންޒަރެއް، ރަށުތެރެއިން ވެސް ފެންނަނީ ހިމޭންކަން، މިރަށް މަޝްހޫރުވެފައި ވަނީ ރަށަށްއަރާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ރަށެއްގެ ގޮތުގައި - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - ގެއެއްގެ ގޯތިތެރެ، ނޫމަރާާއަކީ ހާއްސަ އިސްކަމެއް ދީގެން ޚިދުމަތްތައް ފޯރުކޮށްދޭންޖެހިފައިވާ ރަށެއް، ތައުލީމާއި، ސިއްޚީ ދާއިރާއާއި، ދިރިއުޅުމުގެ ފެންވަރާ ހާލަތަށް ބެލި ނަމަވެސް އަޅާލަންޖެހިފައިވާ ރަށެއް، ބަނދަރުގެ ދަތިކަމަކީ އެތައް އަހަރެއް ވަންދެން ނޫމަރާ ރައްޔިތުން ތަޖްރިބާ ކުރި ދަތިކަމެއް، ނަމަވެސް މިދަތިއުނދަގޫތަކަށް ފަހު މިހާރުވަނީ ލަފާފުރުމަށް އިތުރު ފަސޭހަތަކެއް ލިބިފައި - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - ރަށުތެރޭގެ މަންޒަރެއް، ނޫމަރާއަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ދުވަސްވީ ރަށެއް - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - އަތިރިމައްޗާވީ ސަރަހައްދުގައި ހުރި ނޫމަރާގެ އާއިލާއެއް ދިރިއުޅޭ ގެއެއް، ނޫމަރާ އަކީ ގުދުރަތީ ފަޅެއް ނެތް، މާކަނޑުގެ ބޮޑެތި ރާޅުތަކަށް ހުޅުވިފައިވާ ގާމަތި ރަށެއް - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - ނޫމަރާގެ އާއިލާއެއް ދިރިއުޅޭ ގެއެއް، ރަށުގެ ގިނަ ގެތައް ރާނާފައިވާނީ ތެޅިގަލުން - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - ނޫމަރާގެ ދޯނި ބަންނަ ސަރަހައްދު، މިރަށުގެ ވަޑިން ކިއްސަރު ވަޑާމާއި ތެދު އުއި ވަޑާން ކުރޭ، ނޫމަރާގެ ވަޑިންނަކީ އަތޮޅުގެ އިތުރުން ހއ، ހދ، ނ، ރ އަދި ބ އަތޮޅުގައިވެސް ކިއްސަރު ވަޑާމަށް މަޝްހޫރުވެފައިވާ ބައެއް ކަމަށް މައުލޫމާތު ލިބޭ - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - އުމުރުން ދުވަސްވީ މީހަކު ބައިސްކަލުގައި މަޑުކޮށްލައިގެން - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - ރަށުގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އަށިގެއެއް، މިތަނަކީ ރަށުގެ ކުދި ބޮޑު އެންމެންވެސް އައިސް ވާހަކަ ދައްކަން މަޑުކޮށްލައިގެން ތިބޭ ތަނެއް، ހާއްސަކޮށް އުމުރުން ދުވަސްވީ ފިރިހެނުން ހަވީރު ފިނީގައި މަޑުކޮށްލާ މައިޒާނެއް - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - އާއިލާއެއްގެ ހިމޭން ދިރިއުޅުން ފެންނަ ފޮޓޯއެއް، ފަންގިވިޔުމުގެ މަސައްކަތުގައި އުމުރުން ދުވަސްވީ އަންހެނަކު، އާއިލާގެ އެހެން މެންބަރުން ޖޯލިފަތިގައި، ފަންގެ ވިނުމާއި ރޯނުވެށުމަކީ މިރަށުގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެއް - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - ކުޑަ ދެކުދިން ގެއެއްގެ ގޯތިތެރޭގައި، ބޮޑުވެގެން އަންނަ މި އުމުރުފުރައިގެ ކުދިންނަށްވެސް، ރަށުން އެންމެ އެކަށީގެންވާ ގޮތެއްގައި ތައުލީމު ފޯރުކޮށްދޭން ދަތިތަކެއް ހުރި އިރު، ވަޒީފާގެ ފުރުސަތު ހޯދުމަކީ ވެސް އުނދަގޫ ކަމެއް - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - ގެއެއްގެ ދޮރު ކައިރީ ކުއްޖަކު ހުއްޓިލައިގެން، ނޫމަރާ އަކީ އާބާދީ މަދު ރަށެއް - ފޮޓޯ: މުހައްމަދު އަފްރާހު
ށ. ނޫމަރާ - މަގުމަތީގައި ކުޑަ ފިރިހެން ކުއްޖަކު މަޑުކޮށްލައިގެން، ނޫމާރާ އަކީ ބުނެވޭ ގޮތުގައި ދުވަސްވީ ރަށެއް ނަމަވެސް، މި ޖީލުގެ ދަރިންނަށް އާސާރި އެއްވެސް ތަނެއް މިރަށުން ފެންނާކަށް ނެތް - ފޮޓޯ: މުހައްމަދު އަފްރާހު