ޔޮޓްތަކުން އުލިގަމްގެ ފަޅުތެރެ ތިޔާގިވެ، ބޮޑު ހިތްހަމަޖެހުމެއް

8 ޖެނުއަރީ 2021 | ހުކުރު 15:46
-
28689
ހއ. އުލިގަމަކީ ދުނިޔޭގެ އެކި ގައުމުތަކުން ޔޮޓްތައް ބަނދަރުކުރަމުން އަންނަ ރަށެކެއެވެ. ނަމަވެސް ގަވާއިދުތަކާއި އުސޫލުތަކަށް މީގެ ކުރިން ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ޔޮޓްތައް އައުން ވަރަށް ބޮޑަށް މަދުވެގެން ދިއައެވެ. މި ކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށްފައި ވަނިކޮށް، ނިމިގެން ދިއަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އުލިގަމަށް ޔޮޓްތައް އަނބުރާ ގެނެވޭނެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް ސޯލިހުގެ ސަރުކާރުން ގެނެސްދެއްވި ލުއިތަކާއި އެކު އަނެއްކާވެސް މިވަނީ އުލިގަމަށް ޔޮޓްތައް ބަނދަރުކުރަން ފަށާފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފުރަތަމަ ޔޮޓް އުލިގަމަށް ބަނދަރުކުރިއެވެ.
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ޔޮޓްތައް އައުން އެއްކޮށް ހުއްޓިގެން ދިއަ - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ނިމިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ހއ. އުލިގަމަށް ކުރެއްވި ދަތުރުފުޅެއްގައި ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދަވައި، ރާއްޖެ އަންނަން ޔޮޓް ފަހަރުތަށް އިތުރުވެގެން ދިޔައިރު، އުލިގަމް ފަޅުތެރެ ވަނީ ޔޮޓްތަކުން ފަޅުފިލާފައި - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ރައީސް ސޯލިހުގެ ސަރުކާރުން ގެނެސްދެއްވި ލުއި ތަކާއި އެކު އުލިގަމުގެ ފަޅުތެރެ ތިޔާގިވަމުން އަންނަ މަންޒަރު ދަނީ ފެންނަމުން - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ކޮވިޑް19 ގެ ބަލިމަޑުކާއި އެކު ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ޖުލައި 15 އިން ފެށިގެން އަލުން ބޯޑަރު ހުޅުވާލުމާއި އެކު 2020 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ވަނީ ފުރަތަމަ ޔޮޓް އުލިގަމަށް ބަނދަރުކޮށްފައި - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ޔޮޓް ފަހަރުތައް ރާއްޖެއަށް އަންނަން ބޮޑު ޝައުގުވެރިކަމެއް އޮތް އިރު، ފަތުރުވެރިންނަށް ރަށްތަކަށް ޒިޔާރަތްކުރެވޭނެ މަގު ތަނަވެސް ވެގެން ދިއުމަކީ އިތުރު ޔޮޓްފަހަރުތައް އުލިގަމަށް ބަނދަރުކުރާނެ ފުރުސަތުތަކަކަށް ވެގެންދާނެ - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ކުރޫޒިންގ ޔޮޓްތަކަށް، ކޮވިޑް-19އަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، މީހުން ދިރިއުޅޭ ރަށަކަށް ނުވަތަ ރަށްތަކަކަށް ޒިޔާރާތް ކުރުމުގެ ފުރުސަތު ދިނުމަކީ، އެރަށުން ވިޔަފާރިކޮށްލައި، ސަގާފަތާއި އާދަކާދަތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތަކަށް ވެގެންދާނެ - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ޔޮޓްފަހަރަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި އުލިގަމް ވެފައިވާއިރު، ސަރުކާރުން މިގެނައި ބަދަލުގެ ސަބަބުން ޔޮޓްފަހަރުތައް އަންނަ މިންވަރު އިތުރުވެގެން ދާނެ ކަމަށް ބެލެވޭ - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ބައިނަލް އަގްވާމީ، އޯޝަން ކްރޫޒިންގ ކްލަބްގައި ރާއްޖެ ތަމްސީލް ކުރައްވާ އަސަދުﷲ މުހައްމަދު ވިދާޅުވީ ފަތުރުވެރިޔާ އަންނަނީ ކޮވިޑް-19އަށް ނެގަޓިވް ޓެސްޓަކާއެކު ކަމަށާއި، އެމީހުން ކަނޑު މަތީގައި 20 ނުވަތަ 14 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރާއިރު، އެއީ ކަރަންޓީން މުއްދަތަށްވުރެ ވެސް ގިނަ ދުވަސް ކަމަށް، އެހެންކަމުން ކްރޫޒިންގ ޔޮޓްތަކުގައި އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށަކަށް ޒިޔާރާތް ކުރެވޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިނަށް އިސްލާހެއް ގެނައުމަކީ ރަނގަޅު ބަދަލަކަށް ވެގެންދާނެ ކަމަށް - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ރާއްޖެ އަންނަ ކުރޫޒިންގ ޔޮޓްތަކުން އަންނަ ފަތުރުވެރިންނަށް، މީހުން ދިރިއުޅޭ ރަށަކަށް ނުވަތަ ރަށްތަކަކަށް ޒިޔާރާތްކޮށް، އެރަށުން ވިޔަފާރިކޮށްލައި، ސަގާފަތާއި އާދަކާދަތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އެމީހުންގެ ދަތުރުގެ 14 ދުވަސްވުމުން ފަހިކޮށްދިނުމަކީ ޔޮޓްތަކުގެ އެޖެންޓުންގެ ވެސް މިހާރުގެ އެންމެ ބޮޑު އެދުން - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - މީގެކުރީގައި މިގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން، ބޭރުގެ ޓޫރިސްޓް އެއްވެސް އުޅަނދެއް އިސްތިސްނާ ކުރުމެއްނެތި، 5،000ރ ގެ ފީއެއް ނަގަމުންދިޔަ - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ދިގުމިނުގައި 15 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރަށް ހުއްދަ ދޫކުރާނީ 5،000ރ ފީއެއް ދެއްކުމުން ކަމަށްވާއިރު، ދިގު މިނުގައި 15 މީޓަރު ހަމަނުވާ ކުދި ޔޮޓް ފަހަރު ނުވަތަ ކްރޫޒިންގ ޔޮޓްތަކުން ފީއެއް ދައްކާކަށް ނުޖެހޭ. މިއީ ފަތުރުވެރިކަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގުކުރެއްވުމާއި ގުޅިގެން ލިބުނު ލުޔެއް - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - ރައީސް ސޯލިހުގެ ސަރުކާރުން ބޮޑު ލުއިތަކެއްދީ ޔޮޓް ފަހަރުތައް އަނެއްކާވެސް އުލިގަމަށް ބަނދަރުކުރުމަކީ ރަށުގެ ރައްޔިތުންނަށް މަންފާކުރާނެ ކަމެއް - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - އުލިގަމަށް ގިނަ ޔޮޓް ފަހަރު އަންނަނީ އިންޑޮނީޝިއާ އާއި ތައިލެންޑް ފަދަ ގައުމުތަކުން - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - އުލިގަމަށް ބަނދަރުކުރަމުން އައި ޔޮޓްތައް މަދުވުމާއި ގުޅިގެން ޔޮޓް ފަހަރުގެ އެޖެންޓުންނާއި، އުލިގަމުގެ ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރި، އެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދެއްވާނެ ކަމަށް ރައީސް ސޯލިހު ރިޔާސީ ކެމްޕެއިންގ ތެރޭގައި ވައުދުވެވަޑައިގެންނެވި، އެ ވައުދުފުޅާ އެއްގޮތަށް އަނެއްކާވެސް ޔޮޓްތައް އުލިގަމަށް ބަނދަރުކުރަމުން ދާތީ އުލިގަމު ރައްޔިތުން ތިބީ ހިތްހަމަޖެހިގެން - ފޮޓޯ: އަސަދުﷲ މުހައްމަދު
ހއ. އުލިގަމަށް ޔޮޓްފަހަރުތައް ބަނދަރުކޮށްފައި - އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓް ބަނދަރުކުރަމުން އައި ރަށެއް، އެގޮތުން އަހަރަކު 100 އާއި 120 އާ ދޭތެރޭ އަދަދަކަށް ޔޮޓް ބަނދަރު ކުރަމުން އައި، ނަމަވެސް ކުރީ ސަރުކާރުން ގަވާއިދުތަކާއި އުސޫލުތަކަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން، ޔޮޓްތައް އަންނަ މިންވަރު ވަރަށް ބޮޑު ތަނުން މަދުވެގެން ދިއަ. އެގޮތުން ގަވާއިދުތަކުގެ ސަބަބުން އެ އަދަދު ވަނީ އަހަރަކު ގާތްގަނޑަކަށް 15 ވަރަކަށް ޔޮޓަށް ދަށްވެފައި- ފޮޓޯ: އަސަދުﷲ މުހައްމަދު