ފޮޓޯ އިން ޚަބަރު
26 ޑިސެންބަރ 2020 | ހޮނިހިރު 19:36
-
10406
ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން އެކަޑަމީ ހުޅުވުން
ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން އެކަޑަމީ ހުޅުވާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔުއޭއީ) ގެ ޝަރޖާހްގައިއެވެ. މި އެކަޑަމީގައި ހަތް މިއުޒިއަމް ހުންނަ އިރު، ހަތް މިއުޒިއަމްގެ އެކި ބައިތަކުގައި ޤުރުއާންގެ ތަފާތު 308 ކޮޕީ ހިމެނެއެވެ. މީގެ އިތުރުން ގެފުޅުގެ 18 އުރަކޮޅާއި، ގުރުއާން ލިޔުއްވަން ފެއްޓެވުނު އިރު ކުރި މަސައްކަތް ފެންނާނެ ގޮތަށް ވަނީ ބަހައްޓާފައެވެ.
26 ޑިސެމްބަރ 2020 - މިއީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ބޮޑު ޤުރުއާން އެކަޑަމީ. މިތަން ހުޅުވައިދެއްވީ ޝަރޖާހްގެ ވެރިޔާ ޝައިޙް ޑރ. ސުލްތާން ބިން މުހައްމަދު އަލް ގަސީމީ - ފޮޓޯ: ޚަލީޖް ޓައިމްސް
26 ޑިސެމްބަރ 2020 - މި މިއުޒިއަމްތަކުގައި ގަދީމީ ލިޔުންތަކާއި ޤުރުއާންގެ ކޮޕީތައް ހިމެނޭ - ފޮޓޯ: ޚަލީޖް ޓައިމްސް
26 ޑިސެމްބަރ 2020 - މި އެކަޑަމީގެ މިއުޒިއަމްތަކުގައި ހުންނާނީ ހަމައެކަނި ލިޔުންތަކާއި ތަކެތި ނޫން ކަމަށާއި، އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ޝަރޖާހުގެ ވެރިޔާ ވަނީ ވިދާޅުވެފައި - ފޮޓޯ: ޚަލީޖް ޓައިމްސް
26 ޑިސެމްބަރ 2020 - މި މިއުޒިއަމްތަކުގެ ތެރެއިން އެންމެ ހާއްސަ ކަމަކީ ގެފުޅުގެ 18 އުރަކޮޅު ބަހައްޓާފައިވޭ. މީގެ ތެރެއިން އެންމެ ދުވަސްވީ އުރަކޮޅަކީ ހިޖުރައިން 970 ވަނަ އަހަރު ގެފުޅުގެ އުރަކޮޅު - ފޮޓޯ: ޚަލީޖް ޓައިމްސް
26 ޑިސެމްބަރ 2020 - ޝާރޖާހުގެ ވެރިޔާ ވަނީ މި އެކަޑަމީއަށް ވީހާވެސް ގިނަ މީހުން ޒިޔާރަތްކޮށް ޤުރުއާން ލިޔުއްވުނު ގޮތާއި ތާރީހު އުގެނުމަށް ގޮވާލައްވާފައި - ފޮޓޯ: ޚަލީޖް ޓައިމްސް
26 ޑިސެމްބަރ 2020 - 75،000 އަކަމީޓަރު ހުންނަ މި އެކަޑަމީ ބިނާކޮށްފައިވަނީ އިސްލާމުންކަން ރަމްޒުކޮށްދޭ 8 ފިޔަލީ ތަރި ރަމްޒުވާގޮތަށް 8 މުއްނާރު ހިމަނައިގެން - ފޮޓޯ: ޚަލީޖް ޓައިމްސް
26 ޑިސެމްބަރ 2020 - ޔޫއޭއީގެ ޝަރޖާހްގައި ހުޅުވި މި އެކަޑަމީގެ އެކި މިއުޒިއަމްތަކުގައި ޤުރުއާންގެ 360ށް ވުރެ ގިނަ މަދުން ނޫނީ ނުފެންނަ ކޮޕީތައް ހިމަނާފައިވޭ - ފޮޓޯ: ޚަލީޖް ޓައިމްސް
raajjemv logo

All rights reserved