ފޮޓޯ ގެލަރީ

ޓުޓިކޮރިންގެ "އެމްވީ ބޮންތި 2" ހިތަދޫ ސަރަހައްދީ ބަނދަރަށް
ރާއްޖެއާއި ޓުޓިކޮރިން އާއި ދެމެދު ފެށި ކާގޯ ފެރީގެ ހިދުމަތުގެ ތެރެއިން ފުރަތަމަ ފެރީ އައްޑޫ ސިޓީ އަށް ބަނދަރުކޮށްފައިވަނީ، 10 ޑިސެމްބަރު 2020 ގައެވެ.

ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުހާނާ - މަސައްކަތް ކުރިއަށް ދާ ގޮތް ފޮޓޯތަކުން
މަސްވެރިން ބާނާ މަސް، ދަޅުގައި ބަންދުކުރުމަށް ފަހު ރާއްޖޭން ބޭރަށް ބޭރުކުރާނެ ކާރުހާނެއް އުފެއްދީ 1978 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑް
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް، ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދާ "އާސްކް ސްޕީކަރ" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑް ނިމިއްޖެއެވެ. މިއީ އާންމު ރައްޔިތުން ކުރަމުންދާ ސުވާލުތަކަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަވާބު ދެއްވާ ޕްރޮގްރާމެކެވެ.

"ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" ފޮތް ނެރުން
"ޖަރނީ" އިން "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" މި ނަމުގައި ޝާއިޢުކޮށްފައިވާ މި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. ފޮތް ނެރެފައިވަނީ 7 ޑިސެމްބަރު 2020 ގައެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީ ކައްދޫ އަދި ގަމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކައްދޫއަށް ވަޑައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސެންޓްރަލް އޭރިއާގެ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ތަމްރީނުތަކެއްގެ ޑެމޯ ބައްލަވާލައްވާފައިވެއެވެ. މީގެ އިތުރުން ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްޠިތާހުކޮށްދެއްވާ ގަމުގައި ތަރައްޤީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްޠިތާޙުކޮށްދެއްވާ، އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތަޢާރުފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ޚިދުމަތް ފައްޓަވައިދެއްވާފައިވެއެވެ.

ޓްރައިބިއުނަލް އަދި އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަން ކުރެއްވުން
ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމާއި، އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ދެ ބޭފުޅުން އައްޔަން ކުރައްވާފައިވަނީ 30 ނޮވެންބަރު 2020 ގައެވެ.

ރައީސް ސޯލިހު ފެލިވަރަށް ކުރެއްވި ދަތުރުފުުޅު
ރައީސް ސޯލިހު ޅ. ފެލިވަރަށް ވަޑައިގެންފައިވަނީ 26 ނޮވެމްބަރު 2020 ގައި އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

"އީ.ޕީ.އެސް. ހަނދާން" މަޖައްލާގެ ކޮޕީއެއް ރައީސް ސޯލިހަށް ހަދިޔާކުރެއްވުން
އީ.ޕީ.އެސް އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީ.ޕީ.އެސް. ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް ރައީސް އަށް ހަދިޔާކުރައްވާފައިވަނީ 23 ނޮވެންބަރު 2020 ގައެވެ.

ހޯރަފުށި އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހު ހޯރަފުއްޓަށް ވަޑައިގަތުން
ހޯރަފުށި އެއަރޕޯޓް ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތަށް ރައީސް ސޯލިހު ވަޑައިގެންފައިވަނީ 19 ނޮވެންބަރު 2020 ގައި އެވެ.

މަސްވެރިކަން - ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ، މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ މި ސަރުކާރުގެ މުހިއްމު އެއް މަސައްކަތެ އެވެ.

ހޯރަފުށި އެއަރޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސުން
ހޯރަފުށީ އެއަރޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ 16 ނޮވެންބަރު 2020 ގައެވެ.

ހޯރަފުށީ އެއަރޕޯޓް ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމް
މި މަހުގެ 16 ވަނަ ދުވަހު ޓެސްޓް ފުލައިޓް ޖެއްސުމާއި އަދި 17 ވަނަ ދުވަހު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހޯރަފުށީގެ ކުދިބޮޑު އެއްމެން އަންނަނީ އަތާއަތް ގުޅުވާލާ މަސައްކަތް ކުރަމުންނެވެ. އެއަރޕޯޓުގެ މަސައްކަތް ނިމިފައިވާ އިރު، އެތަން ސާފުކޮށް ޒީނަތްތެރިކުރުމަށް އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން އަންނަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ރައީސް ސޯލިހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ވަޑައިގަތުން
ޖުމްހޫރީ ދުވަސް ރައީސް ފައްޓަވާފައިވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުންނެ އެވެ.

ކުދި ވިޔަފާރިތައް ކުރިއަރުވަން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވެ ފަހި މާހައުލެއް ގާއިމު ކުރުމަށްޓަކައި ސަރުކާރުން ކުރާ މަސްކަތްތަކަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭޑިންގ (އެމްއޯޔޫ) އެއްގައި ވަނީ ސޮއިކޮށްފަ އެވެ. ބުރާސްފަތި ދުވަހު މި އެމްއޯޔޫގައި އިކޮނޮމިކް މިނިސްޓްރީގެ ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަހްމަދެވެ. ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފަޒްލީނާ ފާކިރްއެވެ.

މޯލްޑިވިއަންގެ އެހީތެރިކަމާ އެކު، އިންޑިއާގެ ފުރަތަމަ ސީޕްލޭންގެ ހިދުމަތް ފެށުން
މޯލްޑިވިއަންގެ އެހީތެރިކަމާ އެކު، އިންޑިއާގެ ފުރަތަމަ ސީޕްލޭންގެ ހިދުމަތް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެން، މިއަދު ފަށައިފި އެވެ. އިންޑިއާގެ ސްޕައިސް ޖެޓުން ސީޕްލޭންގެ ހިދުމަތް ފެށީ ނަރްމަދާ ޑިސްޓްރިކްޓްގައި ހުންނަ ކެވާޑިއާ އާއި އަހުމަދުއާބާދުއާ ދެމެދުގަ އެވެ.

ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި. މި ދަތުރުގައި، އެމެރިކާއިން ރާއްޖެއަށް އަސްކަރީ އަދި މާލީ އެހީތެރިކަމުގެ ޔަގީންކަން ދިނުމާ އެކު ގުޅުން ބަދަހިކުރުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސް ފައިވެއެވެ. އެެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވާފައިވޭ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގެ ރަސްމީ ވާހަކަތައް ކުރިއަށްގެންދަވާފައިވޭ.

ރަސްމީ ފާލަން ދަބަރަށްވެ ހަލާކުވެފައި
ކުރިން ހުރި ޒަމާންވީ ފާލަން ނެގުމަށްފަހު، މިހާރު މިފެންނަ ފާލަން، "އިއްޒުއްދީން ފާލަން" ރަސްމީކޮށް ހުޅުވާފައިވަނީ 2015 ވަނަ އަހަރު އެވެ. އިއްޒުއްދީން ފާލަން ހުޅުވި ފަހުން އެކި ފަހަރު މަތިން މަރާމަތު ކުރުމަށް ބަންދުކުރި އިރު، މީގެ ކުރިން ގަދަ ވަޔާ އެކު މާލެ އަށް ކުރި ވިއްސާރައެއްގައި ސަތަރި ވެސް އެއްލާލާފައި ވެއެވެ. ސަތަރި ދަމާފައިވާ ދަނގަނޑުތަކުގައި ދަބަރުޖަހާ މުޅި ފާލަމުގެ ރީތިކަން ވަނީ ގެއްލިފައެވެ.
ހުކުރު ދުވަސް - ހަފުތާގެ ތެރެއިން އަންނަ އެންމެ މާތް އެއް ދުވަސް
ހުކުރު ދުވަހަކީ މާތް ކަމުން ފުރިގެންވާ ދުވަހަކެ އެވެ.

ހޯރަފުށި ރައްޔިތުންގެ މަރުހަބާ، ފެނުނީ އެތައް ދުވަހެއްގެ ހުވަފެން ހަގީގަތަކަށް ވާން އުޅޭކަމުގެ އުފާ
ހޯރަފުށީ އެއަރޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހޯރަފުއްޓަށް ވަޑައިގެންފައި ވަނީ 22 އޮކްޓޯބަރ 2020 ގައެވެ.

މަސްޖިދުއްނަބަވީގައި އަލުން ނަމާދުކުރަން ފެށުން
ކޮވިޑް-19 އާއި ގުޅިގެން މައްކާ އަދި މަަދީނާގައި ހުންނަ މުސްލިމުންގެ އެންމެ މުގައްދަސް ބިނާތަކުގައި ނަމާދުކުރަން ވަގުތީ ގޮތުން ހުއްޓާލިއެވެ. ނަމަވެސް ސައުދީގެ ކޭސްތައް މަދުވުމާއެކު ލުއިތަކެއްދީ އަނެއްވާ ވެސް އަޅުކަން ކުރުމަށް އާންމުންނަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީ ހުޅުވާ އަޅުކަން އަދާކުރުމުގެ ފުރުސަތު ވަނީ އާންމުންނަށް ދީފައެވެ.

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލު
ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލު ބާއްވާފައިވަނީ 18 އޮކްޓޯބަރު 2020 ގައެވެ. މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ހއ. ހޯރަފުށި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް
އެމްޓީސީސީން ބުނީ ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއަރޕޯޓު ނޮވެމްބަރު 11 ވަނަ ދުވަހަށް ނިންމަން އަޒުމު ކަނޑައަޅާފައިވާ ކަމަށާއި އެ ދުވަހަށް މަސައްކަތް ނިންމުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލޮނުޒިޔާރަތް ބަގީޗާ - މާމެލާ މެލީގެ ފަރިކަން
މިއީ މާލެ ސަރަހައްދުން ފެންނާނެ އެންމެ ހިތްގައިމު އެން މަންޒިލެ އެވެ.

މޫސުން - ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ، ސަމާލުވޭ
މާލެ އަށް ހުކުރު ދުވަހު ވެހުނު ވާރޭގައި ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ. ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލު ވެލެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރ. އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރުން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

ރައީސް ސޯލިހު އާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
ރައީސް ސޯލިހު އާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައި ވަނީ 7 އޮކްޓޯބަރު 2020 ގައި އެވެ.

ރާއްޖެޓީވީ އަންދާ އަޅިއަށް ހަދާލިތާ 7 އަހަރު
ރާއްޖެޓީވީ ހިންގަމުންގެންދިޔަ އިމާރާތުގެ ތެރެއަށް މޫނު ނިވާކޮށްގެންތިބި ބަޔަކު ވަދެ، ރާއްޖެޓީވީގައި ހުޅުޖަހައި ރޯކޮށްލާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެއީ ރާއްޖެޓީވީގެ ހަޔާތުގައި ދުށް އެންމެ ކަޅު ދުވަސް އެވެ. ސްޓޭޝަންގައި އެއްކޮށް ހުޅުޖައި އަންދާލުމުން، ބްރޯޑްކާސްޓިން މެދުކެނޑުނު ނަމަވެސް، މުވައްޒިފުން ކުރި ހިތްވަރާއެކު ގިނަ އިިރުތަކެއްނުވެ، އަލުން ބްރޯކާސްޓިންގ ފެށިފައިވެއެވެ. ލިބިނު ގެއްލުން އެތަކެއް މިލިއަނަށް އެރިއިރު، 7 އަހަރުވެގެންދިޔަ އެ ހާދިސާއަށް އަދިވެސް އިންސާފު ލިބިފައެއް ނުވެ އެވެ.

ލ. އިސްދޫ އަދި ބ. ފެހެންދޫ ބަނދަރުގެ މަސައްކަތް
ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 12 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރު
2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ 5 އޮކްޓޯބަރ 2020 ގައި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންދާ ޞިއްޙީ ޚިދުމަތްތަށް ހަރުދަނާކުރުމަށް މަޝްވަރާކުރުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ބުރާސްފަތި ދުވަހު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންދާ ޞިއްޙީ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ފަރާތްތަކާއިއެކު މަޝްވަރާކުރައްވައިފަ އެވެ.