raajjemv logo
ފޮޓޯ އިން ޚަބަރު
20 ޖެނުއަރީ 2021 | ބުދަ 11:54
-
2996
ދ. ގެމެންދޫ - ފެންނަނީ ސުނާމީގެ ހިތި ހަނދާންތައް
ދ. އަތޮޅު ގެމެންދޫ އަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވީރާނާވި ރަށްތަކުގެ ތެރެއިން އެއް ރަށެއެވެ. ގެމެންދޫ މީހުން ބަދަލުކޮށްފައިވަނީ އެއަތޮޅު ކުޑަހުވަދޫއަށެއެވެ.
ދ. ގެމެންދޫ - ގެމެންދޫގައި ހަދާފައިވާ ގެ އެއް ބިމާ ހަމަވެފައި، ސުނާމީ ކާރިސާ އަށްފަހު މި ރަށަކީ ފަޅު ރަށެއް - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - 2004 ވަނަ އަހަރުގެ ސުނާމީގެ ބިޔަ ބޮޑު ރާޅާއެކު، އެންމެ ބޮޑު ގެއްލުންވި އެއް ރަށަކީ ގެމެންދޫ - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ސުނާމީ ކާރިސާ އަކީ ދިވެހިންނަށް އެތައް އިބުރަތެއް ލިބި، ދިވެހީންގެ އެކުވެރިކަން ފެނިގެން ދިއަ ދުވަހެއް، މީހުން ސަލާމަތްކުރުމުގައި އާއި އަދި އެކަކު އަނެކަކަށް އަޅާލުމަށް ކުރި މަސައްކަތް ދައްކުވައިދިން އެއްބައިވަންތަކަމުގެ ދުވަހެއް - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ސުނާމީ ކާރިސާ އަށްފަހު ގެމެންދޫ ފަޅުވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް، ކާބަފައިންގެ ދުވަސްވަރުން ފެށިގެން ދިރިއުޅެމުން އައި ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވެ ދިރިއުޅުން ސުމަކުން ފަށަން ޖެހުން ވެގެން ދިއައީ އުނދަގޫކަމަކަށް - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ރަށުގައި މީހުން ދިރުޅުނު ގެތައް ފެންނަހެން މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - އޮށްގަލުން ރާނާފައިވާ ގެއަކާ އެގޭގެ ގިފިލި، މިއީ ސުނާމީ ކާރިސާގެ ކުރިން ގެމެންދޫގެ އާއިލާއެއް ދިރިއުޅެމުން އައި ގެ އެއް، މިހާރު ވީރާނާވެ ހަލާކުވެފައި - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެމެންދޫ ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި، މިހާރު ފެންނަން ހުރި ގެތައްވަނީ ވީރާނާވެ ބިމާ ހަމަވެފައި - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން ޖެހުމަކީ ގެމެންދޫ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތާމަ - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ގެމެންދޫ އަށް އަރަން އޮންނަ ފާލަން - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ގެމެންދޫ ބީޗް ސަރަހައްދު - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ގެމެންދޫ ބީޗް ސަރަހައްދުން ފެންނަ ނަލަކަން، ރީތި ދޮންވެލިގަނޑު ކައިރިން މަޑު ނޫކުލައިގެ މޫދުން ރަށުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި، އެތައް ބައެއްގެ މުދަލާއި ގެދޮރާއި ދިރިއުޅުން ގެއްލިގެން ދިއަ - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖޭއިން މުޅިން ފަޅުވި ރަށްތަކުގެ ތެރެއިން ދ. ގެމެންދޫ ހިމެނޭ - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ސުނާމީގައި ގެއްލުން ލިބުނު ބައެއް ރަށް ރަށް އަލުން އާބާދުވުމާ ހަމައަށް ވެސް ގިނަ މީހުން އުޅުނީ ވަގުތީ ހިޔާތަކުގައި - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ގެމެންދޫ އަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށަށްވާއިރު، އެ ރަށަށް ޒިޔާރަތް ކުރުމުން، ސުނާމީގެ ބިރުވެރިިި ހަނދާންތައް އާ ވެގެންދޭ - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި، އެތައް ބައެއްގެ މުދަލާއި ގެދޮރާއި ދިރިއުޅުން ގެއްލިގެން ދިޔައިރު، 8500 މީހުން ވަގުތީ ހިޔާތަކުގައި އުޅެންޖެހުނު އިރު، 12000 މީހުންގެ ގެދޮރު އެއްކޮށް ގެއްލިގެން ދިއަ ކަމަށް ރިކޯޑްތަކުން ދައްކާ - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އަކީ ދިވެހިންނަށް އެތައް އިބުރަތެއް ލިބިގެންދިއަ ހާދިސާއެއް، ތިމާގެ ހާލަތަށް ބެލުމެއް ނެތި އެކަކު އަނެކަކަށް އެހީތެރިވުމުގައި ނަމޫނާ ދެއްކި ދުވަހެއް - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއްލިބިފައި - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ރަށުގެ އަތިރިމަތި، ފެންނަނީ ފަޅުކަމާއި، ވިރާނާކަން - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ގެއެއްގެ ފާރުގައި ހަރުކޮށްފައިވާ ގަޑިއެއް - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ގެމެންދޫގެ އާއިލާއެއް ދިރިއުޅެމުންދިއަ ގެ އެއް ސުނާމީ ކާރިސާގައި ގެއްލުންވެފައި، އެތައް އަހަރެއް ވަންދެން ބިނާކުރި، ގެ އާއި އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިރިއުޅުން އާބާދުކުރުން ވެގެންދިއައީ ރަށުގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތާމައެއް - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ސުނާމީ ކާރިސާގައި އެތައް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލީ އެތައް ބައެއްގެ ލޯ ކުރިމަތިން، އެތައް ދިވެހިންނެއް މިދުނިޔެ ދޫކޮށް ދިޔައިރު، ވީނުވީއެއް ނޭނގި އެތައް ބަޔަކު އާއިލާއާއި ވަކިވެގެންދިޔަ - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހުނު، ސުނާމީ ކާރިސާގައި އެތައް ބައެއްގެ އަމިއްލަ ވަޒަން ދޫކޮށް ދާންޖެހުނު - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - ގެމެންދޫގެ އާއިލާ އެއް ދިރިއުޅެމުންދިއަ ގެއެއް، ސުނާމީގައި ގެއްލުންވެ ބިމާ ހަމަވެފައި - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ - 2004 ވަނަ އަހަރުގެ ސުނާމީގެ ބިޔަ ބޮޑު ރާޅާއެކު، އެންމެ ބޮޑު ގެއްލުންވި އެއް ރަށަކީ ގެމެންދޫ، މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބުނު - ފޮޓޯ: ރާއްޖެއެމްވީ
ދ. ގެމެންދޫ ކައިރި އޮންނަ ފަޅުރަށެއް - ގެމެންދޫ އަކީ މިހާރު ފަޅު ރަށެއް، ރީތި ދޮންވެލިގޮނޑު ދޮށުގެ ކައިރިން ފެންނަ މަޑު ނޫކުލައިގެ މޫދުން ރަށުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ - ފޮޓޯ: ރާއްޖެއެމްވީ