Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީރާން

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

ހޯމަ ދުވަހު ދިވެހި ސަރުކާރުން ބުނެފައި ވަނީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރި ވުމުގެ ދައުވަތު ދިވެހި ރާއްޖެ އަށް ލިބިފައިވާ ކަމަށާއި، އެ ރަސްމިއްޔާތުގައި ދިވެހި ރާއްޖެ އިން ބައިވެރި ވާނެ ކަމަށް. އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުންދުއާ ސުވާލު ކުރުމުން ވިދާޅުވީ، ޖަނާޒާގައި ބައިވެރި ވާނީ އެ ސަރަހައްދުގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 10:01
އީރާންގެ ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު.

އީރާންގެ ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު. | ސޯޝަލް މީޑިއާ

އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކިރަން ނުކުރެނު ނަމަވެސް، ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް ލިބުނު ދައުވަތު ދިވެހި ރާއްޖެ އިން ޤަބޫލު ކޮށްފި އެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަމަލާ ދޭން ފެށިއިރު، ޖެހިގެން އައި މާޗު މަހުގެ އެއް ވަނަ ދުވަހު ވަނީ ޚާމަނާއީ އަވަހާރަ ވެފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފައި އެވެ. އީރާން އިން ވަނީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން، ނުވަ ވަނަ ދުވަހާ ހަމައަށް ޚާމަނާއީގެ ޖަނާޒާ ކުރިއަށް ގެންދަން ނިންމައިފަ އެވެ. 

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް
Raajje.mv

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ހޯމަ ދުވަހު ދިވެހި ސަރުކާރުން ބުނެފައި ވަނީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރި ވުމުގެ ދައުވަތު ދިވެހި ރާއްޖެ އަށް ލިބިފައިވާ ކަމަށާއި، އެ ރަސްމިއްޔާތުގައި ދިވެހި ރާއްޖެ އިން ބައިވެރި ވާނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު)އާ ސުވާލު ކުރުމުން ވިދާޅުވީ، ޖަނާޒާގައި ބައިވެރި ވާނީ އެ ސަރަހައްދުގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރެއް ކަމަށެވެ.

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި
Raajje.mv

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވާން ރާއްޖެ އިން ނިންމިއިރު، އެމެރިކާ އާއި އިޒްރޭލް އިން ޚާމަނާއީ އަވަހާރަ ކޮށްލުން ރާއްޖެ އިން ކުށްވެރި ކޮށްފައި ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ސުވާލު ކުރުމުން ވެސް، އެކަމަށް ޖަވާބެއް ދެއްވާފައި ނުވެ އެވެ.

މީގެ އިތުރުން ސިޔާސީ ގޮތުން ރާއްޖެއާ ގުޅިފައިވާ ބޭރު ޤައުމެއްގެ އިސްވެރިޔަކު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ބައި ދަނޑި އަށް ތިރި ކުރުމާއި، ސަރުކާރު ބަންދު ކުރުމާ ބެހޭ ޤަވާއިދުގައި ބުނެފައިވާ ގޮތަށް ދިވެހި ދިދަ ބައި ދަނޑި އަށް ވެސް ތިރި ކޮށްފައި ނުވެ އެވެ. 

އެ ޤަވާއިދުގެ ދެ ވަނަ މާއްދާގައި ބުނެފައި ވަނީ އިސްލާމީ ޤައުމެއް ނުވަތަ ސާކްގެ ޤައުމެއްގެ ސަރުކާރު ހިންގަވާ ބޭފުޅަކު އަވަހާރަ ވެއްޖެ ނަމަ، ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައި ދަނޑި އަށް ތިރި ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އެ ޤައުމެއްގެ ބޮޑު ވަޒީރު ނުވަތަ އެފަދަ މަޤާމެއްގައި ހުންނެވި ބޭފުޅަކު ހިމެނޭނެ ކަމަށް ޤަވާއިދުގައި ވަނީ ބުނެފައި އެވެ. 

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި
Raajje.mv

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

އީރާން އިން ނިންމާފައި ވަނީ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެ ޤައުމުގެ ވެރި ރަށް ތެހެރާންގައި ޖަނާޒާގެ ހިނގާލުމެއް ބޭއްވުމަށެވެ. އަދި ޖުލައި މަހުގެ ހަތް ވަނަ ދުވަހު، މުގައްދަސް ރަށެއް ކަމަށްވާ ގުމްހައި ގައި ވެސް ހިނގާލުމެއް ބޭއްވުމަށެވެ. 

އެއަށް ފަހު ޚާމަނާއީގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު މުގައްދަސް ރަށެއް ކަމުގައިވާ މަޝްހަދުގައި އެވެ. ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ އިމާމް ރިޒާގެ ރައުޟާގައި އެވެ. 

ޚާމަނާއީ އަވަހާރަ ކޮށްލުން ދުނިޔޭގެ އެތައް ޤައުމު ތަކަކުންނާއި، ޤައުމު ތަކުގެ ވެރިން އެކަން ކުށްވެރި ކުރަމުން ދިޔަ ނަމަވެސް، ރާއްޖެ އިން އެކަން ކޮށްފައި ނުވާތީ ސަރުކާރަށް ގިނަ ފާޑު ކިޔުން ތަކެއް ވެސް އަމާޒުވި އެވެ. 

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!

29 ޖޫން 2026
200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
28 ޖޫން 2026

ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި

28 ޖޫން 2026
ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި
28 ޖޫން 2026

އަރާގްޗީ އިރާޤަށް ވަޑައިގެންނެވީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން، ޚާމަނާާއީގެ ޖަނާޒާގެ ކަންކަން ތަރުތީބު ކުރެއްވުމަށް

28 ޖޫން 2026
އަރާގްޗީ އިރާޤަށް ވަޑައިގެންނެވީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން، ޚާމަނާާއީގެ ޖަނާޒާގެ ކަންކަން ތަރުތީބު ކުރެއްވުމަށް
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
28 ޖޫން 2026

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

28 ޖޫން 2026
އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު
28 ޖޫން 2026

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

28 ޖޫން 2026
އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ
28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު