Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

މާކެޓްގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ 58 ސެންޓް ނުވަތަ 0.8 އިންސައްތަ އުފުލިފައި. މިއާ އެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ހުރީ 72.57 ޑޮލަރުގައި. މީގެ އިތުރުން އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ކްރޫޑްގެ އަގު ވަނީ 88 ސެންޓް ނުވަތަ 1.3 އިންސައްތަ މައްޗަށް ގޮސްފައި. މިއާ އެކު އެމެރިކާގައި ތެލުގެ ފީފާއެއްގެ އަގު ވަނީ 70.11 ޑޮލަރަށް އަރާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 08:10
ޢިރާޤުގެ ކަނޑުގެ ސަރަޙައްދުގައި ހުންނަ ބަޞަރާ އޮއިލް ޓާމިނަލުން، ސާފު ނުކުރާ ތެޔޮ ބަރު ކުރަމުންދާ ތެޔޮ ޓޭންކަރު ތަކެއްގެ މަންޒަރު ޑްރޯން އަކުން ނަގާފައި.

ޢިރާޤުގެ ކަނޑުގެ ސަރަޙައްދުގައި ހުންނަ ބަޞަރާ އޮއިލް ޓާމިނަލުން، ސާފު ނުކުރާ ތެޔޮ ބަރު ކުރަމުންދާ ތެޔޮ ޓޭންކަރު ތަކެއްގެ މަންޒަރު ޑްރޯން އަކުން ނަގާފައި. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ދެމުންދާ ހަމަލާތަކާ ގުޅިގެން ހުރްމުޒް ކަނޑު އޮޅިން މުދާ އުފުލުމަށް ހުރަސް ތަކެއް ކުރިމަތިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ އެވެ.

މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ބުނާ ގޮތުގައި ތެލުގެ އަގަށް މި ބަދަލު އައީ ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރަމުންދާ ހަމަލާ ތަކުގެ ސަބަބުން، ތެޔޮ ސަޕްލައި ކުރުމަށް ބުރޫ އަރާފާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެންނެވެ.

މާކެޓްގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ 58 ސެންޓް ނުވަތަ 0.8 އިންސައްތަ އުފުލިފައި އެވެ. މިއާ އެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ހުރީ 72.57 ޑޮލަރުގައި އެވެ. މީގެ އިތުރުން އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ކްރޫޑްގެ އަގު ވަނީ 88 ސެންޓް ނުވަތަ 1.3 އިންސައްތަ މައްޗަށް ގޮސްފައި އެވެ. މިއާ އެކު އެމެރިކާ ތެލުގެ ފީފާއެއްގެ އަގު ވަނީ 70.11 ޑޮލަރަށް އަރާފައި އެވެ.

ތެލުގެ އަގު މިހާރު އުފުލެން ފަށާފައި މިވަނީ، ވޭތުވެ ދިޔަ ހަފުތާގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށެވެ. ނިމިދިޔަ ހަފުތާގައި ބްރެންޓް ކްރޫޑްގެ އަގު ވަނީ 10.6 އިންސައްތަ ދަށަށް ގޮސްފައި އެވެ. މިއީ ވިދި ވިދިގެން ތެލުގެ އަގު ދަށަށް ދިޔަ ތިން ވަނަ ހަފުތާ އެވެ.

މިދިޔަ ހަފުތާގައި އަގުތައް ދަށަށް ދިޔައީ ފެބްރުވަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ހުރްމުޒް ކަނޑު އޮޅިން ތެޔޮ ބޭރުކުރާ މިންވަރު އެންމެ މަތީ މިންވަރަކަށް އިތުރުވުމާ ގުޅިގެންނެވެ.

ނަމަވެސް، އެމެރިކާ އާއި އީރާންއާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާ ތަކުގެ ސަބަބުން މަސްރަހު އަނެއްކާ ވެސް ވަނީ ނުތަނަވަސްވެފައި އެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑު އޮޅީގައި އުޅަނދު ފަހަރަށް ކުރިމަތި ވަމުންދާ ހުރަސް ތަކުގެ ސަބަބުން، ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ތެލުގެ އަގަށް ބަދަލު ތަކެއް އަތުވެދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާ ކުރެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިތެލުގެ އަގު

އިތުރަށް ކިޔާލަން

29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
29 ޖޫން 2026

އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި

29 ޖޫން 2026
އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
28 ޖޫން 2026

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

28 ޖޫން 2026
އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު
28 ޖޫން 2026

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

28 ޖޫން 2026
އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ
28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު