Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

އާދީއްތަ ދުވަހު އީރާން އިން ދިން މި ހަމަލާތަކާ އެކު ބަހްރެއިންގައި ނުރައްކަލުގެ ސައިރަން އަޅާފައިވާއިރު، ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އީރާންގެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 06:23
ކުވެއިތާއި ބަހްރެއިންގެ ދިދަ.

ކުވެއިތާއި ބަހްރެއިންގެ ދިދަ. | ރޮއިޓާސް

އީރާންގެ ސަރަހައްދު ތަކަށް އެމެރިކާ އިން ދެމުންދާ ހަމަލާތަކާ ގުޅިގެން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާން އިން ކުވެއިތު އަދި ބަހްރެއިން އަށް މިސައިލް އާއި ޑްރޯން ހަމަލާ ތަކެއް ދީފި އެވެ.

އާދީއްތަ ދުވަހު އީރާން އިން ދިން މި ހަމަލާތަކާ އެކު ބަހްރެއިންގައި ނުރައްކަލުގެ ސައިރަން އަޅާފައިވާއިރު، ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އީރާންގެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކޮށްފައި އެވެ.

ކުވެއިތުގެ އަސްކަރިއްޔާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެ ޤައުމަށް އަމާޒު ވަމުންދާ ނުރައްކާތެރި މިސައިލް އަދި ޑްރޯން ހަމަލާ ތަކުން ދިފާއުވުމުގެ މަސައްކަތް ކުވެއިތުގެ އެއާ ޑިފެންސް ފޯސް އިން ކުރަމުންދާ ކަމަށެވެ. އަދި މި ވަގުތަކީ ނުރައްކާތެރި ވަގުތަކަށް ވާތީ، ކަމާ ބެހޭ އިދާރާ ތަކުން ދޭ ސަލާމަތީ އިރުޝާދު ތަކަށް ހުރިހާ ރައްޔިތުން ވެސް ފުރިހަމަ އަށް އަމަލު ކުރުމަށް އަސްކަރިއްޔާ އިން ވަނީ އިލްތިމާސް ކޮށްފައި އެވެ.

ބަހްރެއިންގެ ދާޚިލީ ވުޒާރާ އިން ބުނި ގޮތުގައި، އީރާންގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ދެ ފަހަރެއްގެ މަތިން ވަނީ ނުރައްކަލުގެ ސައިރަން އަޅާފައި އެވެ. އެ ވުޒާރާ އިން ވަނީ ރައްޔިތުން ކެތްތެރިކަން އިސްކުރުމަށާއި، ވީ އެންމެ އަވަހަކަށް ރައްކާތެރި ހިސާބު ތަކަށް ވަނުމަށް އަންގާފައި އެވެ. ބަހްރެއިންގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި، އީރާން އިން އެ ޤައުމުގެ ސިޔާދަތަށް އަރައިގަނެ ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެ އެވެ.

ބަހްރެއިންގެ ޚާރިޖީ ވުޒާރާ އިން އިތުރަށް ބުނެފައި ވަނީ، އީރާން އިން ބެލިސްޓިކް މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެން ދެމުންދާ މި ހަމަލާ ތަކަކީ އިއްތިފާގުން ހިނގާ ކަންތައް ތަކެއް ނޫން ކަމަށެވެ. މިއީ ބަހްރެއިންގެ މިނިވަންކަމާއި، ސިޔާދަތަށް ގަސްދުގައި ހުރަސް އެޅުމަށް އީރާން އިން ރާވައިގެން ސިލްސިލާކޮށް ހިންގަމުންދާ އުދުވާނީ އަމަލު ތަކެއްގެ ބައެއް ކަމަށް ވެސް އެ ވުޒާރާ އިން ތުހުމަތު ކޮށްފައިވެ އެވެ.

މި ހަމަލާތަކާ ގުޅޭ ގޮތުން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނީ، ކުވެއިތާއި ބަހްރެއިން އަށް ހަމަލާ ދިނީ އީރާންގެ ސަރަހައްދު ތަކަށް އެމެރިކާ އިން ދިން ހަމަލާ ތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އީރާން އަށް އެއްވެސް ކަހަލަ އުދުވާނީ ހަމަލާއެއް އަތުވެއްޖެ ނަމަ، އޭގެ ރައްދުގައި ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ވަނީ ދީފައި އެވެ.

މި މަސްރަހު ގޯސްވެފައި ވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ރޯލެއް އަދާކުރާ ހުރްމުޒްގައި އޮތް ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާދިން ކަމަށް ބުނެ، އޭގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން ހޮނިހިރު ދުވަހު އީރާން އަށް ބޮން އެޅުމާ ގުޅިގެންނެވެ. މިއީ ޖެހި ޖެހިގެން ދެވަނަ ދުވަހު އެމެރިކާ އިން އީރާން އަށް ހަމަލާ ދިން ފަހަރެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބަޙްރައިންކުވައިތު

އިތުރަށް ކިޔާލަން

28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު

27 ޖޫން 2026
ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
27 ޖޫން 2026

ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖޫން 2026
ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި
27 ޖޫން 2026

އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

27 ޖޫން 2026
އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި
27 ޖޫން 2026

އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި

27 ޖޫން 2026
އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި
26 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި

26 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި
26 ޖޫން 2026

ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި

26 ޖޫން 2026
ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި
26 ޖޫން 2026

އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި

26 ޖޫން 2026
އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު