Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީރާން ހަނގުރާމަ

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

އެ ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، ޢަރަބި އިސްލާމީ ޤައުމުތައް އޮންނަނީ އެއް ބްލޮކެއްގައި ކަމަށާއި، ރާއްޖެ އިން ވެސް އޮންނާނީ އެގޮތަށް ކަމަށް. އެ ސުވާލަށް ރައީސް ސާފުކޮށް ޖަވާބެއް ނުދެއްވާތީ، އެ ޖަވާބުން ދޭހަވަނީ ޢަރަބި އިސްލާމީ ޤައުމު ތަކުން އަންގައިގެން ދިދަ ބައި ދަނޑި އަށް ތިރި ނުކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2026 | ހޯމަ 07:40
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު | ރައީސް އޮފީސް

އެމެރިކާ އިން ދިން ހަމަލާއެއްގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާާއީ އަވަހާރަ ވެފައިވާއިރު، އެކަމުގެ ހިތާމައިގައި ރާއްޖޭގެ ޤައުމީ ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވައި، އެކަން ޢަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް ޖައްސަވައިފި އެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ހަމަލާ ތަކުގަައި ޚާމާނައީ އަވަހާރަވެފައިވާއިރު، އެކަމުގެ ހިތާމައިގައި ރާއްޖެ އިން ބައި ދަނޑި އަށް ދިދަ ތިރި ކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް، އިސްލާމީ ޤައުމުތަކާއި، އިސްލާމް ނޫން ޤައުމު ތަކުގެ ލީޑަރުންނާއި ވެރިން އަވަހާރަވުމުން ވެސް، ރާއްޖެ އިން އާންމު ގޮތެއްގައި ބައި ދަނޑި އަށް ދިދަ ތިރި ކުރެ އެވެ. 

Advertisement - newsAdvertisement

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، ޢަރަބި އިސްލާމީ ޤައުމުތައް އޮންނަނީ އެއް ބްލޮކެއްގައި ކަމަށާއި، ރާއްޖެ އިން ވެސް އޮންނާނީ އެގޮތަށް ކަމަށެވެ. އެ ސުވާލަށް ރައީސް ސާފުކޮށް ޖަވާބެއް ނުދެއްވާތީ، އެ ޖަވާބުން ދޭހަވަނީ ޢަރަބި އިސްލާމީ ޤައުމު ތަކުން އަންގައިގެން ދިދަ ބައި ދަނޑި އަށް ތިރި ނުކުރާ ކަމަށެވެ. 

އަޅުގަނޑު ދެންނެވީ އަރަބި އިސްލާމީ ޤައުމުތަކާ އެކީގައޭ މި ސަރުކާރުން މަސައްކަތް ކުރަމުން ދާނީ. އަރަބި އިސްލާމީ ޤައުމުތައް އެއް ބްލޮކެއްގައި، އެއް ޔުނިޓެއްގެ ގޮތުގައި މިކަމުގައި މަސައްކަތް ކުރާނީ. އެހެންވީމާ އެ ޔުނިޓީ އަޅުގަނޑުމެން ހިފަހައްޓާނަން. 
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު 

ރާއްޖެއާ ސިޔާސީ ގޮތުން ގުޅިފައިވާ ބޭރު ޤައުމު ތަކުގެ ވެރިޔަކު އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ބައި ދަނޑި އަށް ތިރި ކުރުމާއި، ހިތާމަ ފާޅު ކުރުމުގެ އުސޫލުގައި ވެސް އެކަން ބަޔާން ކޮށްފައި އެބަ އޮތެވެ. އެ އުސޫލުގެ ދެ ވަނަ މާއްދާގައި ބުނެފައި ވަނީ، އިސްލާމީ ޤައުމެއްގެ ނުވަތަ، ސާކްގެ ޤައުމެއްގެ ސަރުުކާރު ހިންގަވާ ވެރިޔާ (ބޮޑު ވަޒީރު ނުވަތަ އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު) އަވަހާރަވެއްޖެ ނަމަ، ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބަަައި ދަނޑި އަށް ތިރި ކުރަން ވާނެ ކަމަށެވެ. 

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލި މައްސަލަ އާއި، އެކަމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ކުރަން ސަރުކާރުން ނުނިންމާތީ އާންމުން ވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މީގެ ކުރިން ރާއްޖޭގައި އޮތް ސަރުކާރުތަކުގައި އީރާނުގެ އެންމެ މަތީ ވެރިން އަވަހާރަ ވުމުން ރާއްޖެ އިން ވަނީ  އެކަމުގެ ހިތާމައިގައި ބައިވެރިވެ، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކޮށްފަ އެވެ.

އިޒްރޭލް-އިރާން ހަނގުރާމަ އާޔަތުﷲ އަލީ ޚާމަނާއީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

02 މާރިޗު 2026

ހަނގުރާމައިގެ ސަބަބުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

02 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި
01 މާރިޗު 2026

އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ
01 މާރިޗު 2026

އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ތިން ސިފައިން މަރުވެއްޖެ، ސިފައިންގެ ފަސް މީހަކު ސީރިއަސް ކޮށް ޒަޚަމްވެއްޖެ

01 މާރިޗު 2026
އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ތިން ސިފައިން މަރުވެއްޖެ، ސިފައިންގެ ފަސް މީހަކު ސީރިއަސް ކޮށް ޒަޚަމްވެއްޖެ
01 މާރިޗު 2026

އީރާނުން އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމް ލިންކަން އަށް މިސައިލް ހަމަލާދީފި

01 މާރިޗު 2026
އީރާނުން އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމް ލިންކަން އަށް މިސައިލް ހަމަލާދީފި
01 މާރިޗު 2026

އަލީރިޒާ އަރާފީ އީރާނުގެ ވަގުތީ ލީޑަރޝިޕް ކައުންސިލަށް

01 މާރިޗު 2026
އަލީރިޒާ އަރާފީ އީރާނުގެ ވަގުތީ ލީޑަރޝިޕް ކައުންސިލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު