Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

20 ނޮވެމްބަރު 2026 | ހުކުރު 07:43

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިކަން އިއުލާނުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އެ އަދަދު އަނެއްކާ ވެސް ވަނީ ދަށަށް ގޮސްފައި. މި ޓާގެޓް ހާސިލުކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުމާއި، ބޮޑެތި އަދަދުތަކުން ފައިސާ ޚަރަދުކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 20 ނޮވެމްބަރު 2026 | ހުކުރު 07:43
ޕީއެންސީ ކޮންގްރެސްގެ ތެރެއިން

ޕީއެންސީ ކޮންގްރެސްގެ ތެރެއިން | ޕީއެންސީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި އެއް ލައްކަ މެންބަރުން ހަމަވެއްޖެ ކަމަށް ބުނެ ބުރާސްފަތި ދުވަހު އުފާފާޅުކޮށްފައި ވަނިކޮށް، އެ ޕާޓީގެ މެންބަރުންގެ އަދަދު އަނެއްކާ ވެސް އެއް ލައްކައިން ދަށަށް ވެއްޓިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ޕީއެންސީގެ މެންބަރުންގެ އަދަދު ހުރީ 100،083 ގަ އެވެ. އެއާއެކު، ޕީއެންސީން ވަނީ އެ ޕާޓީއަކީ ރާއްޖޭގެ ތާރީހުގައި ވެސް އެއް ލައްކަ މެންބަރުން ހަމަވި ފުރަތަމަ ސިޔާސީ ޕާޓީ އަދި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށް ބުނެ އުފާފާޅުކޮށްފަ އެވެ.

Advertisement - newsAdvertisement
އީސީގެ ދަފްތަރުން މިހާރު ދައްކާ ގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 99،930

އީސީގެ ދަފްތަރުން މިހާރު ދައްކާ ގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 99،930 | އިލެކްޝަންސް ކޮމިޝަން

ނަމަވެސް، އީސީގެ ދަފްތަރުން މިހާރު ދައްކާ ގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 99،930 އެވެ. މިއާއެކު، އަނެއްކާ ވެސް ޕީއެންސީގެ މެންބަރުންގެ އަދަދު މިވަނީ އެއް ލައްކައިން ތިރިއަށް ވެއްޓިފަ އެވެ. މިއާއެކު ޖުމްލަ 153 މެންބަރުން ވަކިވެފައިވާ ކަމަށް ދައްކަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ޕީއެންސީގެ ދަފްތަރުގައި ތިބީ އެންމެ 3،000 އެއްހާ މެންބަރުންނެވެ.

ސަރުކާރަށް 3 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޖަލްސާގެ ކުރިން އެ ޕާޓީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެހެންނަމަވެސް، އެ ތާރީހަށް އެ އަދަދު ހަމަކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މީގެއިތުރުން، ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ފޯމު ފުރުވިކަމުގެ ތުހުމަތުތަކާއި ފާޑުކިޔުންތައް ވެސް ވަނީ ފެންމަތިވެފަ އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އެ ޕާޓީއަށް 1 ލައްކަ މެންބަރު ހަމަ ކުރުމުގެ މަސައްކަތައް އަންގާރަ ދުވަހު ވަނީ 1 މިލިއަން ޔޫއެސް ޑޮލަރު މާރުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށާއި ބައެއް އެސްއޯއީތަކުގެ އިސް ފަރާތްތަކަށް ވަނީ ފޯރުކޮށްދީފަ އެވެ. އަދި މި ފައިސާ ދީފައިވަނީ ސީދާ ޕާޓީގެ ދަފްތަރަށް މެންބަރުން ވެއްދުމުގެ ޓާގެޓްތައް ހާސިލުކުރުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ޑރ. މުހައްމަދު މުއިއްޒުޕީއެންސީ

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

5

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2026

މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!

20 ނޮވެމްބަރު 2026
މި ދިރާސީ އަހަރު ނާލާފުށީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމެންދާއިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި!
20 ނޮވެމްބަރު 2026

ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު

20 ނޮވެމްބަރު 2026
ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް: ރައީސް މުއިއްޒު
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
18 ނޮވެމްބަރު 2026

އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

18 ނޮވެމްބަރު 2026
އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
18 ނޮވެމްބަރު 2026

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

18 ނޮވެމްބަރު 2026
ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!
18 ނޮވެމްބަރު 2026

2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"

18 ނޮވެމްބަރު 2026
"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"
18 ނޮވެމްބަރު 2026

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި

18 ނޮވެމްބަރު 2026
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި
18 ނޮވެމްބަރު 2026

މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް

18 ނޮވެމްބަރު 2026
މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް
18 ނޮވެމްބަރު 2026

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު

18 ނޮވެމްބަރު 2026
އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް