Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ރާއްޖެ ޓީވީ އިން ސުވާލު ކުރުމުން ވެސް، ޚާމަނާއީ އަވަހާރަ ކޮށްލަން ދިން ހަމަލާ އާއި، އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި. އޭގެ ބަދަލުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ހަނގުރާމައިގެ ހަމަލާ ތަކުގައި އެއްވެސް މީހަކު މަރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 08:44
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު | 02.03.2026

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު | 02.03.2026 | ރައީސް އޮފީސް

އެމެރިކާ އިން ދިން ހަމަލާގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި އެ ޤައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، އެކަން ކުށްވެރި ކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި އެވެ.

އެމެރިކާގެ ހަމަލާ ތަކުގައި ޚާމަނާއީ އަވަހާރަ ވެފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ. ނަމަވެސް، ދިވެހި ސަރުކާރުން އަދި ރައީސް މުޢިއްޒު ވެސް އީރާން އަށް ތައުޒިޔާ ފޮނުވާފައި ނެތުމާއި، އެމެރިކާގެ ހަމަލާތައް ކުށްވެރި ކޮށްފައި ނެތުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. އެގޮތުން 24 ގަޑިއިރަށް ވުރެ ގިނަ އިރު ވެގެން ދިޔައިރު ވެސް، ރާއްޖެ އިން ބަހެއް ބުނެފައި ނުވާތީ އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވެ އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ސުވާލު ކުރުމުން ވެސް، ޚާމަނާއީ އަވަހާރަ ކޮށްލަން ދިން ހަމަލާ އާއި، އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި އެވެ. އޭގެ ބަދަލުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ހަނގުރާމައިގެ ހަމަލާ ތަކުގައި އެއްވެސް މީހަކު މަރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައީސް މުޢިއްޒު އަކީ ޤައުމު ތަކުގެ ވެރިން އަވަހާރަވުމާ ގުޅިގެން އާންމު ގޮތެއްގައި ސޯޝަލް މީޑިއާގައި ވެސް ޕޯސްޓު ކުރައްވާ ބޭފުޅެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އީރާންގެ އޭރުގެ ރައީސް އިބްރާހީމް ރައިސީ އަވަހާރަވުމާ ގުޅިގެން ވެސް ރައީސް މުޢިއްޒު އެކްސްގައި ޕޯސްޓު ކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖެ އިން އީރާން އަށް ތައުޒިޔާ ފޮނުވައި، ހިތާމަ ފާޅު ކުރުމުގައި ވެސް ބައިވެރިވެފައިވެ އެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، އީރާން އިން ޢަރަބި އަދި އިސްލާމީ ޤައުމު ތަަކަށް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށާއި، އެ ޤައުމު ތަކުގެ ވެރިންނަށް ގުޅުއްވައި ތައުޒިޔަ ފޮނުވަމުންދާ ކަމަށެވެ. ނަމަވެސް، ފަހުން ނޫސްވެރިން ސުވާލު ކުރުމުން ވަނީ އީރާންގެ އިތުރުން، އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

އިޒްރޭލް-އިރާން ހަނގުރާމަ އާޔަތުﷲ އަލީ ޚާމަނާއީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

02 މާރިޗު 2026
އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

ހަނގުރާމައިގެ ސަބަބުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

02 މާރިޗު 2026
އަލީރިޒާ އަރާފީ އީރާނުގެ ވަގުތީ ލީޑަރޝިޕް ކައުންސިލަށް

އަލީރިޒާ އަރާފީ އީރާނުގެ ވަގުތީ ލީޑަރޝިޕް ކައުންސިލަށް

01 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު