Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

ބަހްރެއިންގެ އިންޓީރިއާ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ ހަމަލާތަކާ ގުޅިގެން މުހައްރަ ސަރަހައްދުގެ އިމާރާތަކަށް ގެއްލުން ތަކެއް ލިބިފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުން ވެފައި ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 07:28
ހަމަލާގެ ސަބަބުން ގެއްލުން ލިބިފައިވާ ބަހްރެއިންގެ އިމާރާތެއްގެ މަންޒަރު.

ހަމަލާގެ ސަބަބުން ގެއްލުން ލިބިފައިވާ ބަހްރެއިންގެ އިމާރާތެއްގެ މަންޒަރު. | ރޮއިޓާސް

އީރާން އިން ދިން ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ ބައެއް އިމާރާތް ތަކަށް ގެއްލުން ލިބިފައިވާ ކަމަށް، އެ ޤައުމުގެ ދާޚިލީ ވުޒާރާ އިން ހާމަ ކޮށްފި އެވެ. 

ބަހްރެއިންގެ އިންޓީރިއާ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ ހަމަލާތަކާ ގުޅިގެން މުހައްރަ ސަރަހައްދުގެ އިމާރާތަކަށް ގެއްލުން ތަކެއް ލިބިފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުން ވެފައި ނުވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ކަށަވަރު ކޮށްދީފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ކަމާ ބެހޭ އިދާރާ ތަކުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށް ބަހްރެއިންގެ ސަރުކާރުން ބުނެ އެވެ. އެގޮތުން ހާދިސާ ހިނގި ސަރަހައްދުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ލިބިފައިވާ ގެއްލުންތައް ބެލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅޭ މުއައްސަސާ ތަކުން ކުރަމުންދާ ކަމަށް ދާޚިލީ ވުޒާރާގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އީރާން އިން އިޒްރޭލް އަށް އަމާޒުކޮށް ފޮނުވާލި މިސައިލް ތަކާއި ޑްރޯން ތަކުގެ ސަބަބުން ސަރަހައްދީ ގައުމު ތަކުގެ ވައިގެ ސަރަހައްދަށް ވަނީ ނުތަނަވަސްކަން ވެރިވެފައި އެވެ. ބަހްރެއިންގެ އިމާރާތަކަށް ގެއްލުން ލިބުނު މި ހާދިސާ އަކީ އީރާންގެ ހަމަލާ ތަކުގެ ތެރެއިން އެ ގައުމަށް އޭގެ އަސަރު ފޯރި ފުރަތަމަ ފަހަރެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ބަހްރެއިންގެ ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް ސަރަހައްދީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ދާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަލާމަތީ ބާރު ތަކުން ވަނީ ދީފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބަޙްރައިން

އިތުރަށް ކިޔާލަން

28 ޖޫން 2026

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

28 ޖޫން 2026
އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ
28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު

27 ޖޫން 2026
ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
27 ޖޫން 2026

ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖޫން 2026
ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި
27 ޖޫން 2026

އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

27 ޖޫން 2026
އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި
27 ޖޫން 2026

އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި

27 ޖޫން 2026
އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި
26 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި

26 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު