Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުން މިހާރަަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށާއި، އެހެން ނޫނީ އެކަން ކުރުމަށް އޭނާ އަށް މަޖުބޫރު ކުރުމަށް ކޯޓަށް މައްސަލަ ގެންދާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 06:34
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ރޯ ކަންނާ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ރޯ ކަންނާ. | ރޮއިޓާސް

އެމެރިކާ އިން އީރާން އަށް ހަމަލާ ދީފައި ވަނީ، މިިދިޔަ ހަފުތާގައި ކޮންގްރެސް އިން ފާސް ކުރި ހަނގުރާމައިގެ ބާރު ތަކުގެ ޤަރާރާ ސީދާ ޚިލާފަށް ކަމަށް، ޑިމޮކްރަޓިކް ޕާޓީގެ ކޮންގްރެސް މެމްބަރު ރޯ ކަންނާ ވިދާޅުވެއްޖެ އެވެ. 

ރޯ ކަންނާ މިހެން ވިދާޅުވެފައި ވަނީ، ފާއިތުވި ދެ ދުވަހުގެތ ތެރޭގައި އެމެރިކާ އިން އީރާން އަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފައި ވަނިކޮށެވެ.  އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް  މިހާރުން މިހާރަަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށާއި، އެހެން ނޫނީ އެކަން ކުރުމަށް އޭނާ އަށް މަޖުބޫރު ކުރުމަށް ކޯޓަށް މައްސަލަ ގެންދާނެ ކަމަށެވެ. 

ހަނގުރާމައިގެ ބާރު ތަކުގެ ޤަރާރު ފާސްކުރީ އަންގާރަ ދުވަހު ސެނެޓުންނެވެ. މި ޤަރާރަށް ވޯޓު ދިނީ 50 މެމްބަރުންނެވެ. އަދި ޤަރާރާ ދެކޮޅަށް ވޯޓު ދީފައި ވަނީ 48 މެމްބަރުންނެވެ. މިއަށް ވުރެ ކުރިން، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މިފަދަ ފިޔަވަޅެއް ފާސްކުރީ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ.

މި ޤަރާރުގައި ބުނެފައި ވަނީ، އީރާންއާ ދެކޮޅަށް ހިންގާ ހަނގުރާމަ އިން އެމެރިކާގެ ސިފައިން ވަކި ކުރުމަށް ރައީސް އަށް އިރުޝާދު ދޭ ކަމަށެވެ. އަދި މި ޤަރާރުގައި ބަޔާން ކޮށްފައި ވަނީ އީރާންއާ ދެކޮޅަށް އިތުރު ސިފައިންގެ ބާރު ބޭނުން ކުރުމުގެ ހުއްދަ ޓްރަމްޕް އަށް ލިބިވަޑައި ގަންނަވާނީ ހަނގުރާމައެއް އިއުލާން ކުރުމަށް، ނުވަތަ ކޮންގްރެސް އިން ޚާއްސަ ހުއްދައެއް ދިނުމަށް ސާފުކޮށް ބަޔާން ކޮށްފައިވާ ނަމަ އެކަނި ކަމަށެވެ.

މި ޤަރާރު ފާސް ކުރުމަކީ. އީރާންއާ ދެކޮޅަށް ރައީސް ޓްރަމްޕް ހިންގަވާ ސިޔާސަތަށް ކޮންގްރެސްގެ ޑިމޮކްރެޓިކް މެމްބަރުން ދެއްވާ ވަރު ގަދަ ފާޑު ކިޔުމެކެވެ. އެމެރިކާގެ ސިފައިން އީރާން އަށް ހަމަލާ ދިނުމުން އެ ސަރަހައްދުގައި ހާލަތު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިތުރު ވެފައިވެ އެވެ.

ކޮންގްރެސްގެ މެމްބަރުން ވިދާޅުވަނީ ހަނގުރާމައެއް ފެށުމުގެ ބާރު ލިބިވަޑައި ގަންނަވަނީ ކޮންގްރެސް އަށް ކަމަށާއި، ކޮންމެ ހަނގުރާމައެއް ފެށުމުގެ ކުރިން ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް، ޓްރަމްޕް މިހާތަނަށް ވިދާޅުވެފައި ވަނީ އެމެރިކާގެ މަސްލަހަތު ރައްކާތެރި ކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

މި ހާލަތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ކަންބޮޑުވުން ފާޅުކޮށް، އެމެރިކާ އާއި އީރާންއާ ދެ ގައުމުން ވެސް ހަނގުރާމަ އަށް ނުގޮސް މައްސަލަ ހައްލު ކުރުމަށް ގޮވާލާފައިވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޑިމޮކްރެޓިކް ޕާޓީ - އެމެރިކާ

އިތުރަށް ކިޔާލަން

28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

އާދީއްތަ ދުވަހު އީރާން އިން ދިން މި ހަމަލާތަކާ އެކު ބަހްރެއިންގައި ނުރައްކަލުގެ ސައިރަން އަޅާފައިވާއިރު، ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އީރާންގެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކޮށްފައި.

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

އެކްސްގައި ކުރި ޕޯސްޓްގައި ބުނީ، އީރާން އިން ކިކޫ ޓޭންކަރަށް ޑްރޯން ހަމަލާ ދިނުމުގެ ސަބަބުން، އެމެރިކާގެ ނޭވީ އަދި އެއާފޯސްގެ ފައިޓާ ޖެޓު ތަކުން ހޮނިހިރު ދުވަހު ހުރްމުޒް ކަނޑުއޮޅި އާއި، އެ ސަރަހައްދުގެ ކައިރީގަައިވާ އީރާންގެ ދިހަ އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށް.

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

އެމެރިކާގައި ކުރިއަށްދާ ވޯލްޑް ކަޕްގައި އީރާނު ޓީމަށް ދަތުރުފަތުރުގެ ގިނަ ހުރަސްތަކަކާއި ވިސާގެ ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެ ގައުމުން އަމަލުކުރީ ބޭއިންސާފުން ކަމަށް ބުނެ ކޯޗު އާމިރު ގަލޭނޯއީ ކަންބޮޑުވުން ފާޅުކޮށްފި. މި ދަތިތަކާއެކުވެސް އީރާނުން ދެއްކި ކުޅުމަށް ކޯޗު ތައުރީފުކުރިއިރު، މުބާރާތް ބާއްވާ ގައުމުތަކުން ޓީމުތަކާ މެދު މިފަދަ ގޮތަކަށް އަމަލުކުރުން ހުއްޓުވުމަށް އޭނާ ވަނީ ފީފާއަށް ގޮވާލާފައި.

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު

މި އެއްބަސްވުމަކީ އީރާނުގެ މަސްލަހަތު އޮންނަ ޖަމާއަތްތަކަށް ލިބުނު އިސްތިރާތީޖީ ނާކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އެހެންކަމުން، އީރާނުން މި އެއްބަސްވުން މުގުރާލަން މަސައްކަތް ކޮށްފާނެ ކަމަށް ބަލައި، އިސްރާއީލުން ވަނީ ދިފާއީ ތައްޔާރީތައް އިތުރަށް ވަރުގަދަކޮށްފައި.

27 ޖޫން 2026
ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކޮރަޕްޝަނުގެ ދައުވާތަކާއި ސަރަހައްދީ ހަނގުރާމަތަކުގެ ސަބަބުން ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. ލުބުނާނާއި އީރާނުގެ މައްސަލައިގައި އެމެރިކާގެ ފިއްތުންތަކާއި އިސްރާއީލުގެ އާންމުންގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާއިރު، ކުރިއަށް އޮތް އިންތިޚާބަކީ އޭނާގެ ސިޔާސީ މުސްތަގުބަލު ކަނޑައެޅިގެންދާނެ ނާޒުކު ދަނޑިވަޅެއް ކަމަށް ބެލޭ

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު