Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

އެކްސްގައި ކުރި ޕޯސްޓްގައި ބުނީ، އީރާން އިން ކިކޫ ޓޭންކަރަށް ޑްރޯން ހަމަލާ ދިނުމުގެ ސަބަބުން، އެމެރިކާގެ ނޭވީ އަދި އެއާފޯސްގެ ފައިޓާ ޖެޓު ތަކުން ހޮނިހިރު ދުވަހު ހުރްމުޒް ކަނޑުއޮޅި އާއި، އެ ސަރަހައްދުގެ ކައިރީގަައިވާ އީރާންގެ ދިހަ އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 06:17
އެމެރިކާގެ ސެންޓްކޮމް އިން އާންމު ކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ މަންޒަރެއް.

އެމެރިކާގެ ސެންޓްކޮމް އިން އާންމު ކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ މަންޒަރެއް. | ސޯޝަލް މީޑިއާ

ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް އީރާން އިން ހަމަލާދިން ކަމަށް ބުނެ، އެމެރިކާގެ ސިފައިން ހޮނިހިރު ދުވަހު އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް އިއުލާން ކޮށްފި އެވެ. 

އެމެރިކާގެ މެދުތެރޭ ސަރަހައްދުގެ ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، ވިޔަފާރީގެ އުޅަނދު ތަކަށް އީރާން އިން ދެމުން ގެންދާ ހަމަލާ ތަކަށް ސީދާ ރައްދު ދިނުމުގެ ގޮތުން ސެންޓްކޮމްގެ ބާރު ތަކުން ހޮނިހިރު ދުވަހު ހަމަލާ ތަކެއް ދީފައިވާ ކަމަށެވެ.  

އެމެރިކާގެ ސިފައިން އިތުރަށް ބުނީ، އީރާން އިން ހޮނިހިރު ދުވަހުގެ ކުރީ ކޮޅު ޕެނަމާގެ ދިދަ ޖަހާފައިވާ ކިކޫ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދިން ކަމަށެވެ. މި އުޅަނދުގައި ދެ މިލިއަނަށްވުރެ ގިނަ ބެރެލް ތެޔޮ ބަރުކޮށްފައި ހުރި ކަމަށް ސެންޓްކޮމް އިން ބުނެފައިވެ އެވެ. 

އެ ކޮމާންޑުން ފަހުން އެކްސްގައި ހިއްސާކުރި ތިރީަސް ފަސް ސިކުންތުގެ ވީޑިއޯއެއްގައި ތަފާތު ސަރަހައްދު ތަކުގައި ގޮވާ މަންޒަރު ފެނިގެން ދެއެވެ. މި ވީޑިއޯ ރެކޯޑު ކޮށްފައި ވަނީ ޖައްވުގެ ތެރެއިން ކަމަށް ބެލެވެ އެވެ. 

އެކްސްގައި ކުރި ޕޯސްޓްގައި ބުނީ، އީރާން އިން ކިކޫ ޓޭންކަރަށް ޑްރޯން ހަމަލާ ދިނުމުގެ ސަބަބުން، އެމެރިކާގެ ނޭވީ އަދި އެއާފޯސްގެ ފައިޓާ ޖެޓު ތަކުން ހޮނިހިރު ދުވަހު ހުރްމުޒް ކަނޑުއޮޅި އާއި، އެ ސަރަހައްދުގެ ކައިރީގަައިވާ އީރާންގެ ދިހަ އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށެވެ. 

އެމެރިކާ އިން ބުނެފައި ވަނީ މިފަހަރުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ، ރާޑަރު ސިސްޓަމް ތަކާއި، މުއާސަލާތީ ނިޒާމު ތަކާއި، ވައިގެ ދިފާއީ ތަންތަނާއި، ޑްރޯން ރައްކާ ކުރަ ތަންތަން އަދި މައިން އަޅާ އުޅަނދު ތަކުގެ ޚާއްސަ ޤާބިލިއްޔަތު ތަކަށް ކަމަށެވެ. 

އީރާންގެ މީޑިއާ ތަކުން ރިޕޯޓު ކުރި ގޮތުގައި، އީރާންގެ ދެކުނުގެ ސިރިކް އަދި ގެޝްމް ސަރަހައްދު ތަކުގައި ގިނަ ގޮއްވުން ތަކެއް ރިޕޯޓު ކުރެވިފައިވެ އެވެ.

ހުކުރު ދުވަހު ވެސް އެމެރިކާ އިން އީރާން އަށް ހަމަލާ ތަކެއް ދިނެވެ. އެއީ އެވާ ލަވްލީ ނަމަކަށް ކިޔާ އުޅަނދަކަށް އީރާން އިން ދިން ހަމަލާ އަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އެމެރިކާ އިން ބުނެފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިސެންޓްކޮމް

އިތުރަށް ކިޔާލަން

27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު

27 ޖޫން 2026
ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
27 ޖޫން 2026

ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖޫން 2026
ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި
27 ޖޫން 2026

އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

27 ޖޫން 2026
އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި
27 ޖޫން 2026

އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި

27 ޖޫން 2026
އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި
26 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި

26 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި
26 ޖޫން 2026

ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި

26 ޖޫން 2026
ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި
26 ޖޫން 2026

އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި

26 ޖޫން 2026
އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު