Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އޮފީސް

200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!

ރައީސް ވިދާޅުވީ ކުންފުނި ތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން މަދު ކުރުމަކީ ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށް. ކުންފުނި ތަކުން ކުރަމުން އެ އަންނަނީ އެ މަސައްކަތް ކަމަށާއި، އެއީ އެމަނިކުފާނުގެ ވައުދާ ޚިޅާފުވުން ނޫން ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި. އަދި ކޮންމެ ކުންފުންޏެއްގައި ވެސް އޮންނަ އުސޫލުގެ ދަށުން މިދިޔަ ދުވަސް ތަކުގައި މުވައްޒަފުން ތަކެއް ދޫކޮށްލާފައި ހުރެދާނެ ކަމަށް ރައީސް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 08:07
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދާ ޚިލާފަށް ސަރުކާރުގެ ކުންފުނި ތަކުން މުވައްޒަފުން ވަކި ކުރަމުން ގެންދާއިރު، އެއީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު އެހެން ވިދާޅުވީ ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ، ސިޔާސީ ގޮތުން އައްޔަން ކޮށްފައިވާ މުވައްޒަފުން ފިޔަވައި، އެހެން އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމަށެވެ. އަދި އެއީ 200 ފަހަރު ވެވަޑައިގަންނަވާ ވައުދެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ. 

ނަމަވެސް އެ ވައުދާ ޚިލާފަށް ސަރުކާރުގެ އެކި ކުންފުނި ތަކުން އަންނަނީ މުވައްޒަފުން ވަކި ކުރަމުންނެވެ. ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުން އަންނައިރު، ފާާއިތުވި ދުވަސް ތަކުގައި އެކަން ވަރަށް ބޮޑަށް ހިނގާފައިވެ އެވެ. 

އެކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އިން ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ވައުދާ ޚިލާފުވެފައި ނުވާ ކަމަށެވެ. އެއާ އެކު ރައީސް ވިދާޅުވީ މިއަހަރު މުޅި ދުނިޔެ އަށް ކުރިމަތިވި ހަނގުރާމައާ އެކު ވަރަށް ބޮޑަށް ޚަރަދު ކުޑަ ކުރަން ޖެހުނު ކަމަށެވެ. އަދި މިއަހަރުގެ ފެބްރުވަރީ މަސް ނިމޭއިރު، މުޅި ދުނިޔެ އަށް ހަނގުރާމައެއް ކުރިމަތި ވާނެ ކަމަަށް ކުރިން އަންދާޒާ ކުރެވިފައި ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެގޮތުން ރައީސް ވިދާޅުވީ ކުންފުނި ތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން މަދު ކުރުމަކީ ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ. ކުންފުނި ތަކުން ކުރަމުން އެ އަންނަނީ އެ މަސައްކަތް ކަމަށާއި، އެއީ އެމަނިކުފާނުގެ ވައުދާ ޚިޅާފުވުން ނޫން ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އަދި ކޮންމެ ކުންފުންޏެއްގައި ވެސް އޮންނަ އުސޫލުގެ ދަށުން މިދިޔަ ދުވަސް ތަކުގައި މުވައްޒަފުން ތަކެއް ދޫކޮށްލާފައި ހުރެދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ ވައުދަކީ ވަކި ނުކުރުން ކަމަށް ރާއްޖެ ޓީވީ އިން ދެ ވަނަ ފަހަރަށް ފާހަގަ ކުރުމުން ރައީސް ވިދާޅުވީ، އޭގެ މާނަ އަކީ "އެޓް އެނީ ކޯސްޓް" ކޮންމެ ގޮތެއް ވިޔަސް ބޭތިއްބުން ނޫން ކަމަށެވެ. އެއީ ރައީސްގެ ވައުދާ ޚިލާފުވުން ނޫން ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެކަމަކު އެޓް އެނީ ކޯސްޓް ކޮންމެ ގޮތެއް ވިޔަސް ބޭތިއްބުމެއް ނޫން އޭގެ މަފްހޫމެއް ކަމަކަށް ވާނެ ކަމަށް އަޅުގަނޑަށް ހިއެއް ނުވޭ. ވައުދާ ޚިލާފުވީ ކަމަކަށް ނުވާނެ ނޫންތޯ. އަޅުގަނޑު މި ދެންނެވީ ވައުދާ ޚިލާފު ނުވެ ހަމަ ކުރިއަށް ދިޔައީމޭ، އެކަމަކު އެ ކުންފުނި ތަކުގައި ޚަރަދު ކުޑަ ކުރުމަށްޓަކައި، މިސާލަކަށް ވައުދުވެފައި އޮތީ ކުންފުނި ތަކުގައި މުވައްޒަފުން ބައި ތިއްބަން. އެހެންވީމާ އެ މުވައްޒަފުން ހަމަ ކޮންމެ ގޮތަކަށް ވެސް މިސާލަކަށް އުޅެންވީހޭ؟ ކުންފުންޏަށް ބޮޑު ގެއްލުމެއް ވެސް މިސާލަކަށް ދޭންވީހޭ؟ މިސާލަކަށް ކުންފުނިން ވައްކަން ކުރީ، އިނގޭތޯ. ނޫނީ ކުންފުނީގެ ހަރު މުދަލަކަށް ގެއްލުން ދެނީ. ދެން އޭނާ ވަކި ކޮށްގެން ނުވޭ، މިސާލަކަށް އަޅުގަނޑު ވައުދުވެފައި އޮތިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެއްވެސް ސަބަބެއް ނެތި ކުއްލި ގޮތަކަށް މުވައްޒަފުން ވަކި ކުރަމުން ދާ ކަމަށް ފާާހަގަ ކުރުމުން ރައީސް ވިދާޅުވީ، މުވައްޒަފުން ވަކި ކުރަނީ ސަބަބެއް ނެތިއެއް ނޫން ކަމަށެވެ. އެގޮތުން ރައީސް ކުރިން ފާހަގަ ކުރެއްވި ސަބަބާއި، ހަމަތަކަށް ބަލައިގެން އެކަން ކުރާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.

ސަރުކާރުގެ އެކި އެކި ކުންފުނި ތަކުން ފާާއިތުވި ދުވަސް ތަކުގައި ވަނީ ގިނަ މުވައްޒަފުން ތަކެއް ވަކި ކޮށްފައި އެވެ. އޭގެ ތެރޭގައި ސަރުކާރާ އިދިކޮޅު ފިކުރުގެ ސިޔާސީ ޙަރަކާތް ތަކުގައި ބައިވެރިވި މުވައްޒަފުން ވެސް ވަޒީފާ އިން ވަކި ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައި އެވެ. 

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

28 ޖޫން 2026

ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި

28 ޖޫން 2026
ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި
09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
02 ޖޫން 2026

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

02 ޖޫން 2026
ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!
01 ޖޫން 2026

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

01 ޖޫން 2026
ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
25 މެއި 2026

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު
10 މެއި 2026

އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު

10 މެއި 2026
އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
28 އެޕްރީލު 2026

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

28 އެޕްރީލު 2026
ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!
25 ފެބުރުއަރީ 2026

ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

25 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު
05 ފެބުރުއަރީ 2026

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު