Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލް އިން އީރާންއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދަނިކޮށް، އިޒްރޭލްގެ އިދާރާ ތަކުން ގާތްގަނޑަކަށް 1،600 ސައިބާ ހަމަލާއެއް ރަޖިސްޓްރީ ކުރި. އޭގެ ފަހުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ އަދަދު 4،800 އަށް އިތުރުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 08:05
އީރާން އާއި އިޒްރޭލްގެ ދިދަ.

އީރާން އާއި އިޒްރޭލްގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަންގެ ފަހުން، އީރާން އިން އިޒްރޭލް އަށް ދެމުން އަންނަ ސައިބާ ހަމަލާ ތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިޒްރޭލްގެ ސީނިއާ ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. 

އިޒްރޭލްގެ ނޭޝަނަލް ސައިބާ ޑައިރެކްޓޮރޭޓްގެ ޑިރެކްޓަރ ޖެނެރަލް ޔޮސީ ކަރާދީ ހޯމަ ދުވަހު ޖަރުމަނުގެ އަޚްބާރަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލް އިން އީރާންއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދަނިކޮށް، އިޒްރޭލްގެ އިދާރާ ތަކުން ގާތްގަނޑަކަށް 1،600 ސައިބާ ހަމަލާއެއް ރަޖިސްޓްރީ ކުރި ކަމަށެވެ. އޭގެ ފަހުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ އަދަދު 4،800 އަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރާދީ ވިދާޅުވީ، ބައެއް ގުރޫޕު ތަކަށް ވަރަށް މޮޅު ހުނަރުވެރި ކަމެއް ލިބިފައިވާ ކަމަށާއި، އިޒްރޭލް އަށް އެ ހަމަލާތައް ހިންގާ ފަރާތްތަކާ ކުރިމަތިލުމުގެ ގާބިލުކަން އޮތް ނަމަވެސް، އެކަމަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށެވެ. އަސްކަރީ ހަނގުރާމައިގެ ދާއިރާއާ ތަފާތުކޮށް، ސައިބާ ދާއިރާ އިން ދެމުން އަންނަ ހަމަލާ ތަކަށް ހުއްޓުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ކަރާދީ ވިދާޅުވީ، އީރާން އިން ދެމުން އަންނަ ހަމަލާތައް އިޒްރޭލްގެ މުހިއްމު އިންފްރާސްޓްރަކްޗަރ ސިސްޓަމް ތަކާއި، މަރުކަޒީ ޖަމިއްޔާ ތަކާއި، ކުދި އަދި މެދު ފަންތީގެ ކުންފުނި ތަކާއި، އާންމު ރައްޔިތުންނަށް ހިދުމަތް ދޭ ތަންތަނަށް ދެމުން އަންނަ ކަމަށެވެ. ހަމަލާތައް ދެމުން އަންނަ ކުދި ތަންތަނުގެ ތެރޭގައި ގާނޫނީ އެހީތެރިކަން ދޭ ތަންތަނާއި، އެކައުންޓިން ކުންފުނިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް މުހިއްމު އިންފްރާސްޓްރަކްޗާ އަށް ދެމުން އަންނަ ހަމަލާތައް ފަހަތަށް ޖެއްސުމުގައި ކާމިޔާބު ވެފައިވާ ކަމަށާއި، މިކަން މިގޮތަށް ދެމިގެން ދިއުމަކީ އުންމީދު ކުރާ ކަމެއް ކަމަށް ކަރާދީ ވިދާޅުވި އެވެ. ހަމަލާ ތަކަށް ފަސޭހަކަމާ އެކު ހުށަހެޅިދާނެ ކުންފުނިތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތައް މުޅިން ވައިޕް ކޮށްލެވިފައިވާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އެފަދަ ކުންފުނި ތަކުގެ ނަމެއް ހާމަ ކޮށްފައި ނުވެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
28 ޖޫން 2026

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

28 ޖޫން 2026
އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު
28 ޖޫން 2026

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

28 ޖޫން 2026
އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ
28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު

27 ޖޫން 2026
ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު