Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އަރާގްޗީ އިރާޤަށް ވަޑައިގެންނެވީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން، ޚާމަނާާއީގެ ޖަނާޒާގެ ކަންކަން ތަރުތީބު ކުރެއްވުމަށް

އިރާޤުގެ ވެރި ރަށް ބަޣްދާދުގައު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަރާގްޗީ ވިދާޅުވީ، އެ ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ ކުރީގެ ރޫހީ ލީޑަރު ޚާމަނާއީގެ ޖަނާޒާގެ ކަންކަމަށް ތައްޔާރުވުމާއި، އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 09:53
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އަދި އިރާޤުގެ ފޮރިން މިނިސްޓަރު ފުއާދު ޙުސެއިން.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އަދި އިރާޤުގެ ފޮރިން މިނިސްޓަރު ފުއާދު ޙުސެއިން. | ގެޓީ އިމޭޖަސް

އިރާޤަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ އިތުރުން، އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ތަރުތީބު ކުރެއްވުމަށް ކަމަށް، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

އިރާޤުގެ ވެރި ރަށް ބަޣްދާދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަރާގްޗީ ވިދާޅުވީ، އެ ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ ކުރީގެ ރޫހީ ލީޑަރު ޚާމަނާއީގެ ޖަނާޒާގެ ކަންކަމަށް ތައްޔާރުވުމާއި، އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުމާއި، ސަރަހައްދީ މުހިންމު ކަންކަމާ ގުޅޭ ގޮތުން އިރާޤުގެ އިސްވެރިންނާ އެކު މަޝްވަރާ ކުރެއްވުމަށް ކަމަށް ވެސް އަރާގްޗީ ވިދާޅުވި އެވެ. 

އަރާގްޗީ ވިދާޅުވި ގޮތުގައި، އީރާން އާއި އިރާޤަކީ އަބަދު ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމު ކަމަށްވާއިރު، މި ދަނޑިވަޅުގައި ސަރަހައްދީ ހަމަޖެހުމާއި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ވާހަކަ ދެއްކުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި ދަތުރުފުޅުގައި އިރާޤުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައު، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ވެސް ކުރައްވާނެ އެވެ. 

އީރާންގެ އެންމެ ނުފޫޒު ގަދަ ލީޑަރުގެ ގޮތުގައި ވެސް ފާހަގަ ވެފައިވާ ޚާމަނާއީ އަވަހާރަވެފައި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާ ތަކެއްގައި އެވެ. އެއީ އީރާންގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ސިހުން ގެނުވި ހާދިސާ އެކެވެ. އީރާން އިން އަންނަނީ ޚާމަނާއީގެ ޖަނާޒާ އަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. 

އިރާޤަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަރާގްޗީ ވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރު ފުއާދު ޙުސެއިންއާ ބައްދަލު ކުރައްވައި، ގިނަ ކަންތައްތަކާާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއެކު ޤާއިމު ކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ހުރްމުޒް ކަނޑު އޮޅީގެ މައްސަލައާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-ޢިރާޤްއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

28 ޖޫން 2026

ރަސްމީ ދަތުރުފުޅެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އިރާޤަށް

28 ޖޫން 2026
ރަސްމީ ދަތުރުފުޅެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އިރާޤަށް
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!
14 ޖޫން 2026

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމުގައި އީރާން ބާކީ ނުކުރެވޭނެ: އީރާންގެ ފޮރިން މިނިސްޓަރު

14 ޖޫން 2026
ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމުގައި އީރާން ބާކީ ނުކުރެވޭނެ: އީރާންގެ ފޮރިން މިނިސްޓަރު
13 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ޙާލަތު ކުރިން އޮތް ގޮތަށް ނޯންނާނެ، ފީއެއް ނަގާނަން: އީރާންގެ ފޮރިން މިނިސްޓަރު

13 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ޙާލަތު ކުރިން އޮތް ގޮތަށް ނޯންނާނެ، ފީއެއް ނަގާނަން: އީރާންގެ ފޮރިން މިނިސްޓަރު
06 ޖޫން 2026

ވަކި މަންފާއެއް ހޯދުމަށް އީރާން އިން ލުބުނާން ބޭނުން ނުކުރާ ކަމަށް ވިދާޅުވެ، އަރާގްޗީ ރައްދު ދެއްވައިފި

06 ޖޫން 2026
ވަކި މަންފާއެއް ހޯދުމަށް އީރާން އިން ލުބުނާން ބޭނުން ނުކުރާ ކަމަށް ވިދާޅުވެ، އަރާގްޗީ ރައްދު ދެއްވައިފި
16 މެއި 2026

އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

16 މެއި 2026
އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
14 މެއި 2026

އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

14 މެއި 2026
އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި
06 މެއި 2026

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

06 މެއި 2026
ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި
05 މެއި 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

05 މެއި 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް
28 އެޕްރީލު 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް

28 އެޕްރީލު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު