Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަވުމާ ގުޅިގެން ސަރުކާރުން ރަސްމީކޮށް ތައުޒިޔާ ފޮނުވާފައި ނުވާތީ ނޫސްވެރިން ވަނީ ރައީސް ޑރ. މުއިއްޒާ ސުވާލުކޮށް ކަންބޮޑުވުން ފާޅުކޮށްފަ. މި ބައްދަލުވުމުގައި ޚާމަނާއީގެ ނަންފުޅު ވިދާޅުވުމަށް ރައީސް އަށް ކެރިވަޑައިނުގެންނެވި. އެމަނިކުފާނު ވިދާޅުވީ ކޮންމެ މުސްލިމަކު މަރުވުމަކީ ވެސް ލިބޭ ހިތާމައެއް ކަމަށް. އިޒްރޭލާއި އެމެރިކާގެ އަމަލުތައް ރައީސް ކުށްވެރިކުރެއްވީ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 08:52
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު - ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކޮށް ސުވާލު ކޮށްފައިވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު - ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކޮށް ސުވާލު ކޮށްފައިވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެން. | ރައީސް އޮފީސް

އެމެރިކާ އިން ދިން ހަމަލާގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، ޚާމަނާއީ ގެ ނަން ވިދާޅުވާން ވެސް ރައީސް މުއިއްޒަށް ކެރިވަޑައިނުގެންނެވި އެވެ. 

ހޯމަ ދުވަހު ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންމެ ބޮޑަށް ނޫސްވެރިން ކަންބޮޑުވުން ފާޅު ކޮށް ސުވާލު ކޮށްފައިވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެންނެވެ. އެގޮތުން މިކަމާ ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން ހިތާމައިގެ އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅުއްވާފައި ނުވާއިރު އެއްވެސް އެއްޗެއް ވެސް ރަސްމީކޮށް ވިދާޅުވެފައި ނުވާތީ ނޫސްވެރިން ވަނީ ރައީސް އާ ސުވާލު ކޮށްފަ އެވެ. 

އޭގެ އިތުރުން އެ ހަނގުރާމަ އާ ގުޅިގެން ހަމަލާތައް ދޭން ފެށީ އީރާނުން އިސްވެ އޮވެ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ވާހަކަދައްކަވާފައިވާތީ ވެސް ނޫސްވެރިން ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެ އާ ދިވެހީންގެ ނަމުގައި ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އަރަބި އިސްލާމީ ގައުމުތަކުގެ ލިސްޓުގައި އީރާން ގެ ނަން ވެސް ވިދާޅުވެފައި ނުވާއިރު ނޫސްވެރިންގެ ބައްދަލުވުން ނިމިގެން ދިޔަ އިރު ވެސް ރައީސް މުއިއްޒަށް ޚާމަނާއީ ގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިގެންފައެއް ނުވެ އެވެ. 

މީގެ އިތުރުން ޚާމަނާއީ އަވަހާރަ ކޮށްލުމަކީ އިސްލާމީ އުއްމަތަށް ލިބިގެންދިއަ ހިތާމައެއް ކަން ގަބޫލުކުރައްވާތޯ ސުވާލު ކުރުމުން ރައީސް ވަނީ އެ ސުވާލަށް ޖަވާބު ނުދެއްވާ، އޮލުވާލައްވަން މަސައްކަތް ކުރައްވާފަ އެވެ. ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ރައީސް ވިދާޅުވީ މި ހަނގުރާމައަކީ ވަރަށް ބޮޑު ހިތާމަ އެއް ކަމަށެވެ. 

ވަރަށް ބޮޑު ހިތާމައެއް މި ހަނގުރާމަ އަކީ. އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ހަނގުރާމަ އެއް ނޫން މިއީ. އިޒްރޭލުން އެމެރިކާ އިން ހަމަ ބޭނުންވީމަ ހަމަލާދެނީ ގައުމުތަކަށް. އެއީ ވެސް އޮންނަން ޖެހޭނެ އޯޑަރ އެއް ނޫން. އިންޓަރނޭޝަނަލް ލޯ ފޮލޯ ކުރަން ޖެހޭނެ ހުރިހާ ގައުމަކުން ވެސް. އެއީ ހަމަ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން. ވަރަށް ބޮޑު ގޯސް ކަމެއް. އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން،
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް އެހެން ވިދާޅުވުމުން ނޫސްވެރިޔާ ވަނީ އަލުން އެ ސުވާލު ތަކުރާރު ކުރައްވާ، ސުވާލަކީ ޚާމަނާއީ އަވަހާރަ ކޮށްލުމަކީ އިސްލާމީ އުއްމަތަށް ލިބުނު ހިތާމައެއް ކަމަށް ރައީސް ގަބޫލު ކުރައްވާތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ވެސް ޖަވާބުދެއްވުމުގެ ބަދަލުގައި ރައީސް ވިދާޅުވީ ކޮންމެ މުސްލިމަކު މަރުވުމަކީ ވެސް ހިތާމައެއް ކަމަށެވެ. 

މި ހަނގުރާމައިގަ ހަމަ މަރުވާ ކޮންމެ މުސްލިމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތާމައެއް. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

އެ ބައްދަލުވުމުގައި އިސްވެ އީރާނަށް ހަމަލާ ދިން އެމެރިކާ އަދި އިޒްރޭލުގެ އަމަލުތައް އެމަނިކުފާނު ކުށްވެރި ކުރެއްވީ ވެސް ނޫސްވެރިން އެކަމާ މެދު ސުވާލު ކޮށް، ކަންބޮޑުވުން ފާޅު ކުރުމުންނެވެ. އޭގެ ކުރިން ރައީސް މުއިއްޒު މުޅިން ވެސް ވިދާޅުވަމުން ދިޔައީ އީރާނުން އެހެން ގައުމުތަކަށް ހަމަލާ ދެމުންދާ ކަމަށާ އޭގެ ސަބަބުން އެތައް ބަޔަކު މަރުވެ، ގިނަ ގައުމުތަކަށް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ.

ރައީސް އަށް ޚާމަނާއީ ގެ ނަން ވިދާޅުވާން ކެރިވަޑައިނުގެންނެވި އިރު އިސްލާމީ ގައުމުތައް ނޫން ގައުމުތަކުން ވެސް އީރާނުގެ ލީޑަރު އަވަހާރަވި ހާދިސާ ކުށްވެރިކޮށް އަދި އީރާނުގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާފައިވާ ކަން ފާހަގަ ކޮށް މުއިއްޒުގެ މި ސަރުކާރުން އެކަން ނުކުރާތީ ގިނަ ބަޔަކު ދަނީ މުއިއްޒާ އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. 

އާޔަތުﷲ އަލީ ޚާމަނާއީޑރ. މުޙައްމަދު މުޢިއްޒުއީރާންއެމެރިކާއިޒްރޭލްއީރާން-އިޒްރާއިލް-އެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

02 މާރިޗު 2026
ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު