Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

20 ނޮވެމްބަރު 2026 | ހުކުރު 12:07

ރަސްމާލޭގައި ލަގްޒަރީ މަޝްރޫއެއް ހިންގުމަށް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ބިން ކުއްޔަށް ދިނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ކަންބޮޑުވުން ފާޅުކޮށްފި. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތާއީދާއެކު އަލައްބާރު އަށް ފޮނުވި ސިޓީގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން މި މަޝްރޫއަށް ތާއީދު އޮތްކަން ކަށަވަރު ނުވަނީސް އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރުމަށް ވަނީ ގޮވާލާފައި. ސަރުކާރު ބަދަލުވުމުން މި އެއްބަސްވުން ބާތިލުކުރުމުގެ ފުރުސަތު އޮތުމަކީ އިންވެސްޓަރުންނަށް އޮތް ނުރައްކަލެއްކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ނޮވެމްބަރު 2026 | ހުކުރު 12:07
އީގަލް ހިލްސް ޕްރޮޕަޓީޒްގެ ޗެއާމަން މުހައްމަދު އަލީ ރާޝިދު އަލައްބާރު

އީގަލް ހިލްސް ޕްރޮޕަޓީޒްގެ ޗެއާމަން މުހައްމަދު އަލީ ރާޝިދު އަލައްބާރު | ސޯޝަލް މީޑިއާ

ރަސްމާލެ މަޝްރޫއުގެ ދަށުން ހިންގުމަށް ނިންމާފައިވާ ލަގްޒަރީ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެ މަޝްރޫއަށް ތާއީދު  އޮތްކަން ކަށަވަރުނުވަނީސް، އެއްވެސް ބާވަތެއްގެ އެއްބަސްވުމެއްގައި ސޮއިނުކުރުމަށް އެދި "ދިވެހީންގެ ބިން ދިވެހީންނަށް" ގައުމީ ހަރަކާތުން އީގަލް ހިލްސް ޕްރޮޕަޓީޒްގެ ޗެއާމަން މުހައްމަދު އަލީ ރާޝިދު އަލައްބާރު އަށް ސިޓީއެއް ފޮނުވައިފި އެވެ. 

މި ހަރަކާތުގެ ތަރުޖަމާނު އަލީ ހުސެއިން ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ރަސްމާލެ މަޝްރޫއުގެ ދަށުން ހިންގުމަށް ނިންމާފައިވާ ލަގްޒަރީ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަކޮށް، އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ގޮވާލާފައިވެ އެވެ. 2026 ނޮވެމްބަރު 15 ވަނަ ދުވަހު ފޮނުވި މި ސިޓީގައި ބުނެފައިވަނީ، ރަސްމާލެއަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން ހިއްކާފައިވާ ތަނަކަށްވާއިރު، އެތަނުގައި ލަގްޒަރީ މަޝްރޫއުތައް ހިންގުމަކީ ރައްޔިތުންނަށް ވީ ވައުދާ ހިލާފު ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

އެ ސިޓީގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މި މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމެވެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) އާ ސީދާ ހިލާފު ކަމެއް ކަމަށާއި، މިފަދަ އިންތިޒާމެއްގެ ސަބަބުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ މައްޗަށް ދާއިމީ މިލްކުވެރިކަމެއް ލިބިގެންދާނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ހައްގުތަކަށް އުނިކަން އައިސް، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މި މަޝްރޫއާ ދެކޮޅަށް އާންމު ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ބޮޑުވަމުންދާކަން ފާހަގަކުރަމުން އެ ސިޓީގައި ބުނެފައިވަނީ، 2026 ނޮވެމްބަރު 13 ވަނަ ދުވަހުގެ ރޭ "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން ބޭއްވި ބޮޑު މުޒާހަރާއިން ވެސް ރައްޔިތުންގެ ޝުއޫރުތައް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ. މި ހަރަކާތަކީ ކުރީގެ ވަޒީރުންނާއި އިދިކޮޅު ސިޔާސީ ލީޑަރުން އިސްވެ ތިއްބަވައި، އާންމު ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަދަނީ ހަރަކާތެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސިޔާސީ މަސްރަހަށް ބަލާއިރު، ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަކުން މި މަޝްރޫއާ ދެކޮޅު ހަދާފައިވާކަން އީގަލް ހިލްސްގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން 2026 ނޮވެމްބަރު 2 ވަނަ ދުވަހު ގަރާރެއް ފާސްކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ގޮވާލާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ އައު ސަރުކާރަކުން މި އެއްބަސްވުން ބާތިލްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް، ދަ މޯލްޑިވްސް ނޭޝަނަލް މޫވްމަންޓް އޮން ރަސްމާލެ އިން އީގަލް ހިލްސް އަށް އިލްތިމާސްކޮށްފައިވަނީ، މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ކުރިމަތިވެދާނެ ގާނޫނީ މައްސަލަތަކާއި މާލީ ގެއްލުންތަކަށް ބަލައި، މަޝްރޫއު އަލުން މުރާޖައާ ކުރުމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން މި މަޝްރޫއަށް ތާއީދު އޮތްކަން ކަށަވަރު ނުވަނީސް، އެއްވެސް ބާވަތެއްގެ މާލީ ނުވަތަ އެނޫން ވެސް އިލްތިޒާމެއްގައި ސޮއިނުކުރުމަށް އެ ޖަމިއްޔާއިން ވަނީ ބާރުއަޅާފަ އެވެ. 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށްފަހު އަންނަ ސަރުކާރަކުން މި އެއްބަސްވުން ބާތިލުކުރުމުގެ ފުރުސަތު ބޮޑުކަމުން، މިއީ އިންވެސްޓަރުންނަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ވަނީ ސިފަކޮށްފަ އެވެ.

ރަސްމާލެމުޙައްމަދު އަލައްބާރުއަލީ ހުސައިން

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

5

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު

19 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު
19 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން އަންނަން އޮތް ޖީލުތަކަށްވެސް ފޯރާނެ: އިލްމުވެރިންގެ ގުޅުން

19 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ އަސަރު ރާއްޖޭގެ އިސްލާމް ދީނާއި ބިމާއި ސިޔާދަތުގެ އިތުރުން އަންނަން އޮތް ޖީލުތަކަށްވެސް ފޯރާނެ: އިލްމުވެރިންގެ ގުޅުން
19 ނޮވެމްބަރު 2026

ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން

19 ނޮވެމްބަރު 2026
ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
19 ނޮވެމްބަރު 2026

ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި

19 ނޮވެމްބަރު 2026
ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
18 ނޮވެމްބަރު 2026

2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

18 ނޮވެމްބަރު 2026
2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް
17 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު

17 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު
16 ނޮވެމްބަރު 2026

އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް

16 ނޮވެމްބަރު 2026
އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް
16 ނޮވެމްބަރު 2026

ރައްޔިތުކަމާއި ވިޔަފާރިތައް ވިއްކުމަކީ އިންވެސްޓްމަންޓެއް ނޫން: ބޮންޑާ

16 ނޮވެމްބަރު 2026
ރައްޔިތުކަމާއި ވިޔަފާރިތައް ވިއްކުމަކީ އިންވެސްޓްމަންޓެއް ނޫން: ބޮންޑާ
16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު

16 ނޮވެމްބަރު 2026
މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް