Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީ

ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި

2021 ވަނަ އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު އޭސީސީ އިން ނެރެފައިވާ ނޫސް ބަޔާނަކީ، "ކުރީގެ ހައުސިން މިނިސްޓަރު ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިކޮމިޝަނަށް ހާޒިރުކުރުމާ ގުޅޭ" މި ސުރުޚީގެ ދަށުން އޮތް ނޫސް ބަޔާނެއް. އޭސީސީގެ ރަސްމީ އެކްސް އެކައުންޓުގައި އެ ބަޔާންއާ ގުޅޭ ޕޯސްޓު މިހާރު ވެސް އެބަ އޮތެވެ. ނަމަވެސް، އެ ބަޔާން ފެންނާކަށް ނެތް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 10:34
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަން އިން ނެރެފައި އޮތް ނޫސް ބަޔާނެއް ޑިލީޓު ކޮށްލައިފި އެވެ.

މީގެ ކުރިން 2021 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޭސީސީ އިން ވަނީ ރައީސް މުޢިއްޒު އޭސީސީ އަށް ހާޒިރު ކޮށްފައި އެވެ. އެކަމާ ގުޅޭ ގޮތުން 2021 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޭސީސީ އިން ވަނީ ނޫސް ބަޔާނެއް ނެރެފައި އެވެ. 

2021 ވަނަ އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު އޭސީސީ އިން ނެރެފައިވާ ނޫސް ބަޔާނަކީ، "ކުރީގެ ހައުސިން މިނިސްޓަރު ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިކޮމިޝަނަށް ހާޒިރުކުރުމާ ގުޅޭ" މި ސުރުޚީގެ ދަށުން އޮތް ނޫސް ބަޔާނެކެވެ. އޭސީސީގެ ރަސްމީ އެކްސް އެކައުންޓުގައި އެ ބަޔާންއާ ގުޅޭ ޕޯސްޓު މިހާރު ވެސް އެބަ އޮތެވެ. ނަމަވެސް، އެ ބަޔާން ފެންނާކަށް ނެތެވެ. 

އެ ޕޯސްޓުގައި ހިމަނާފައިވާ ލިންކަން ވަނުމުން މިހާރު ފެންނަނީ، "ހޯއްދަވަން އުޅުއްވި ޞަފްހާ ނުފެނުނު" ކަމަށެވެ. 

Your browser does not support the video tag.

އޭސީސީގެ ޕޯސްޓުގައިވާ ލިންކަން ވަނުމުން މިހާރު ފެންނަ ގޮތް.

އޭސީސީ އިން އޭރު ބަޔާން ނެރެފައި ވަނީ ރައީސް މުޢިއްޒު އޭރު ދެއްކެވި ވާހަކަ އަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އޭރު ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނު އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ނަމަވެސް އޭސީސީ އިން ވަނީ އެ ވާހަކަތައް ދޮގު ކޮށްފައި އވެެ. 

އެގޮތުން އެ ބަޔާނުގައި އޭސީސީ އިން ބުނެފައި ވަނީ އޭރު ރައީސް މުޢިއްޒު އޭސީސީ އަށް ހާޒިރު ކުރީ ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމާއި، ވަކި ފަރާތަކުން އަންގައިގެން ކުރާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި އެ ދުވަހު ރައީސް މުޢިއްޒު އޭސީސީ އަށް ހާޒިރު ކުރުމުގެ ކުރިން، އެހެން ދުވަހެއްގައި ވެސް ހާޒިރު ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

އޭސީސީ އިން އެ ބަޔާނުގައި ބުނެފައި ވަނީ 2021 މާޗު 23 ވަނަ ދުވަހު ރައީސް މުޢިއްޒު އޭސީސީ އަށް ހާޒިރު ކުރާ ކަމުގެ މައުލޫމާތު މީޑިއާ ތަކަށް ދީފައި ވަނީ އެ ކޮމިޝަން އިން ނޫން ކަމަށެވެ. އަދި ތަޙުގީގަށް ހާޒިރު ކުރާ ފަރާތްތަކާއި، އެ ފަރާތްތައް ހާޒިރު ކުރާ ދުވަހުގެ މައުލޫމާތު އާންމު އުސޫލުން ކޮމިޝަން އިން ނުދޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. 

ނަމަވެސް މިހާރު އޭސީސީ އިން ވަނީ އެ ބަޔާން ޑިލީޓު ކޮށްލައިފަ އެވެ. އޭސީސީގެ ވެބްސައިޓުގައި އެ ބަޔާން ފެންނަން ނެތްއިރު، އެ ބަޔާން ޑިލީޓު ކޮށްލި ސަބަބެއް ސާފެއް ނުވެ އެވެ. މިކަން މިހެން ދިމާވެފައިވާއިރު، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ މިނިވަން މުއައްސަސާ ތަކުގެ ރައީސުންނާއި، ނައިބު ރައީސުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި، ޤާނޫނަށް ބަދަލު ގެނެސްފައި އެވެ.

ރައީސް މުޢިއްޒުއާ ގުޅޭ ގޮތުން މީގެ ކުރިން ނެރެފައިވާ ބަޔާނެއް އޭސީސީ އިން ޑިލީޓު ކޮށްލުމުން، ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ އެކަމުގެ ނުރުހުން ފާޅު ކުރަމުންނެވެ. އަދި އެއީ ސަރުކާރުގެ ނުފޫޒު އޮވެގެން އޭސީސީ އިން ކޮށްފައިވާ ކަމެއް ކަމަށް ވެސް ބައެއް ފަރާތް ތަކުން ބުނެފައިވެ އެވެ. 

އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
02 ޖޫން 2026

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

02 ޖޫން 2026
ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!
01 ޖޫން 2026

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

01 ޖޫން 2026
ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
25 މެއި 2026

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު
10 މެއި 2026

އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު

10 މެއި 2026
އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
28 އެޕްރީލު 2026

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

28 އެޕްރީލު 2026
ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!
25 ފެބުރުއަރީ 2026

ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

25 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު
19 ފެބުރުއަރީ 2026

16.1 މިލިއަން ރުފިޔާ ބަހަން ރައީސް މުޢިއްޒު ނިންމި މައްސަލަ އޭސީސީ އަށް، ގާދިއްފުށިން މުވައްޒަފުން އެހެން ރަށް ރަށަށް ފޮނުވާ މައްސަލަ އީސީ އަށް

19 ފެބުރުއަރީ 2026
16.1 މިލިއަން ރުފިޔާ ބަހަން ރައީސް މުޢިއްޒު ނިންމި މައްސަލަ އޭސީސީ އަށް، ގާދިއްފުށިން މުވައްޒަފުން އެހެން ރަށް ރަށަށް ފޮނުވާ މައްސަލަ އީސީ އަށް
29 ޖެނުއަރީ 2026

އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭސީސީން ދިނީ ބީރު ކަންފަތެއް

29 ޖެނުއަރީ 2026
އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭސީސީން ދިނީ ބީރު ކަންފަތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު