Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އެމެރިކާ އަށް އިތުރަށް ބުއްދިވެރިކަމާ އެކު ކަންކަން ކުރިއަށް ނުގެންދެވޭނެ ނުކުތާ އަކަށް ދާނެ ކަމަށާއި، އެހެންވެއްޖެ ނަމަ ވަރަށް ކާމިޔާބުކަމާ އެކު ފެށި މަސައްކަތް ސިފައިންގެ ބާރުން ނިންމަން މަޖުބޫރު ވެދާނެ ކަމަށް. އަދި އެހެންވެއްޖެ ނަމަ އީރާން އިތުރަށް ދެން ނޯންނާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 08:09
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެމެެރިކާ އަށް މަޖުބޫރު ވެއްޖެ ނަމަ، އީރާން އިތުރަށް ދެން ނޯންނާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އީރާނު ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ. 

ޓްރަމްޕް ޓްރޫތް ސޯޝަލްމީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި، އީރާން އިން ސުލްހައިގެ އެއްބަސްވުމާ އަނެއްކާ ވެސް ޚިލާފު ވުމުގެ ސަބަބުން އެމެރިކާގެ ހަނގުރާމަ މަތީ އުޅަނދު ތަކުން އީރާންގެ މިސައިލް އާއި ޑްރޯން ރައްކާކުރާ ތަންތަން އަދި ކަނޑުގެ ސަރަހައްދުގައި ހުންނަ ރާޑަރު ބިނާ ތަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާ އަށް އިތުރަށް ބުއްދިވެރިކަމާ އެކު ކަންކަން ކުރިއަށް ނުގެންދެވޭނެ ނުކުތާ އަކަށް ދާނެ ކަމަށާއި، އެހެންވެއްޖެ ނަމަ ވަރަށް ކާމިޔާބުކަމާ އެކު ފެށި މަސައްކަތް ސިފައިންގެ ބާރުން ނިންމަން މަޖުބޫރު ވެދާނެ ކަމަށެވެ. އަދި އެހެންވެއްޖެ ނަމަ އީރާން އިތުރަށް ދެން ނޯންނާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން މިހާރު ވަނީ އިތުރަށް ބޮޑުވެފައި އެވެ. އެމެރިކާ އިން ބުނާ ގޮތުން އީރާން އިން ސުލްހައިގެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ކަންކަމާ ޚިލާފު ވަމުން ގެންދާތީ އެމެރިކާ އަށް ސިފައިން މެދުވެރިކޮށް ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށެވެ.

މި ހަމަލާ ތަކަކީ އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރެއްގެ ގޮތުގައި ބައެއް ބައިނަލްއަގުވާމީ ތަޖުރިބާކާރުން ދެކެމުންދެ އެވެ. އީރާން އިން މި ހަމަލާ ތަކަށް ރައްދު ދިނުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެހެންވެއްޖެ ނަމަ މެދު އިރުމަތީގެ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

އީރާންގެ ސަރުކާރުން މި ހަމަލާތަކާ ގުޅިގެން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް އީރާން އިން ކުރިން ވަނީ އެމެރިކާގެ ހަމަލާ ތަކަށް ރައްދު ދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

28 ޖޫން 2026

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

28 ޖޫން 2026
އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު
28 ޖޫން 2026

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

28 ޖޫން 2026
އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ
28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު

27 ޖޫން 2026
ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
27 ޖޫން 2026

ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި

27 ޖޫން 2026
ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި
27 ޖޫން 2026

ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖޫން 2026
ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި
27 ޖޫން 2026

އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

27 ޖޫން 2026
އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު