ގްރީންގެ އިސްވެރިންނާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު ނިސްތާރު ވަނީ ކުލަބުގައި މަޑު ކުރަން ނިންމާފައި. އެއީ ގްރީންގެ އިސްވެރިން އެކަމަށް އެދުމުގެ ސަބަބުން. އަދި ނިސްތާރުގެ އިރުޝާދުގެ ދަށުން މިހާރު ގްރީން އިން ފަރިތަކުރުންތައް ވެސް ވަނީ ފަށާފައި.