Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ލަންކާއާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ލަންކާ އަށް

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:20

އެ މެޗަށް ރާއްޖެ ނިކުންނަނީ ދާދި ފަހުން ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ތަޖުރިބާާކާރު ކޯޗު، މުޙައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:20
ކުޅިވަރު ވަޒީރު ރާފިޢު ޤައުމީ ޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރައްވަނީ

ކުޅިވަރު ވަޒީރު ރާފިޢު ޤައުމީ ޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރައްވަނީ

އަވަށްޓެރި ސްރީ ލަންކާއާ ދެކޮޅަށް ކުޅުމަށް، ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމު ލަަންކާ އަށް ގޮސްފި އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭގެ ސީނިއާ ޤައުމީ ޓީމު ކުޅޭ ދެ މެޗަކީ، ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗެވެ. މިއީ ލަންކާގައި މިއަހަރު ބާއްވަން މަސައްކަތް ކުރި، ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، އޭގެ ބަދަލުގައި ކުޅޭ މެޗުތަކެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ސީނިއާ ޤައުމީ ޓީމު ލަންކާ އަށް ފުރާފައިވާއިރު، ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވަނީ ޤައުމީ ޓީމާ ބައްދަލު ކުރައްވައިފަ އެވެ. ޤައުމީ ޓީމު ފުރިއިރު، ކުޅިވަރު ވުޒާރާގެ އިތުރުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިން ވަނީ ޓީމު ފުރުވަން ގޮސްފަ އެވެ.

އެ މެޗަށް ރާއްޖެ ނިކުންނަނީ ދާދި ފަހުން ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ތަޖުރިބާާކާރު ކޯޗު، މުޙައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުންނެވެ. މޯހަންގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑާ އެކު އެވެ.

އެ މެޗުތަކުގެ ކުރިން ވާހަކަ ދައްކަމުން މޯހަން ބުނެފައި ވަނީ، މިވަގުތު ހުރިހާ ފޯކަސްއެއް އޮތީ ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ކަމަށެވެ. އެގޮތުން އެ ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންވާ ކަމަށާއި، ރާއްޖޭގެ ފުޓުބޯޅައިގެ ޙާލަތު ރަނގަޅު ކުރެވެން އޮތް ގޮތަކީ އެއީ ކަމަށް ވެސް މޯހަން ބުންޏެވެ.

އެންމެ ފަހުން ރާއްޖޭގެ ޤައުމީ ޓީމުން ކުޅުނު މެޗަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވާއިރު، އެންމެ ފަހުން ޤައުމީ ޓީމުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އޭގެ ތެރޭގައި ބަންގްލަދޭޝަން، އިންޑިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރި ކަމުގެ މެޗުތައް ހިމެނެ އެވެ. އެންމެ ފަހުން ރާއްޖެ މޮޅުވެފައި ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރި ކަމުގެ ފުރަތަމަ މެޗުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައުމީ ހޭންޑްބޯލް ޓީމު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް