Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ހުކުރު ދުވަހު އެންރީކޭ އެކްސިޑެންޓު ވެފައިވާއިރު، އެ ހާދިސާއާ ގުޅިގެން އޭނާ ވަނީ އޮޕަރޭޝަނެއް ކުރަން ޖެހިފަ އެވެ. އެކްސިޑެންޓުގައި އެންރީކޭ އަށް ލިބިފައިވާ އަނިޔާ ތަކުގެ ތެރޭގައި، އޭނާގެ ކޮނޑުގެ ކަށި ބިނދިފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

ޕީއެސްޖީގެ ހެޑް ކޯޗް ލުއިސް އެންރިކެއަށް ސައިކަލް އެކްސިޑެންޓެއް ދިމާވެ އޭނާގެ ކޮނޑުގެ ކަށި ބިންދިގެން އޮޕަރޭޝަނެއް ކުރަން ޖެހުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 04:43
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދެމުން އަންނަ، ސްޕެއިންގެ ލުއިސް އެންރީކޭ ސައިކަލު އެކްސިޑެންޓެއްވެ ސީރިއަސް އަނިޔާ ތަކެއް ލިބިއްޖެ އެވެ.

ހުކުރު ދުވަހު އެންރީކޭ އެކްސިޑެންޓު ވެފައިވާއިރު، އެ ހާދިސާއާ ގުޅިގެން އޭނާ ވަނީ އޮޕަރޭޝަނެއް ކުރަން ޖެހިފަ އެވެ. އެކްސިޑެންޓުގައި އެންރީކޭ އަށް ލިބިފައިވާ އަނިޔާ ތަކުގެ ތެރޭގައި، އޭނާގެ ކޮނޑުގެ ކަށި ބިނދިފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕީއެސްޖީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުލަބުން އަންނަނީ އެންރީކޭގެ ޙާލަތު ވަރަށް ގާތުން ބަލަމުން ކަމަށާއި، އެންރީކޭ އަށް ދޭން ޖެހޭ އެންމެހައި އެއްބާރުލުމެއް އެ ކުލަބުން ދެމުން އަންނަ ކަމަށެވެ. އަދި އެންރީކޭގެ ޞިއްޙީ ޙާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބެމުން އަންނަ ވަރަކުން، އެ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް ވެސް ޕީއެސްޖީ އިން ވަނީ ބުނެފަ އެވެ.

އުމުރުން 55 އަހަރުގެ އެންރީކޭ، ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން ވަކިވުމަށް ފަހު، ޕީއެސްޖީގެ ކޯޗުކަމާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެންރީކޭ ވަނީ ޕީއެސްޖީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އައު ކޮށްފަ އެވެ.

އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ވަނީ މިހާތަނަށް 122 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 85 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 21 މެޗުން އެއްވަރުވެ އަދި 16 މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ވަނީ އަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ވަނީ ފްރާންސް ލީގު ދެ ފަހަރު، ފްރާންސް ކަޕް ދެ ފަހަރު، ޓްރޮފީ ޑީ ޗެމްޕިއަންސް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. އެންމެ ފަހުން ކުޅުނު ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލްގައި ޕީއެސްޖީ ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.

އައު ސީޒަންގެ ފްރާންސް ލީގުގައި އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ވަނީ ތިން މެޗު ކުޅެފަ އެވެ. ތިން މެޗުން ވެސް މޮޅުވެ، މިވަގުތު ޕީއެސްޖީ އޮތީ ލީގު ތާވަލްގެ އެއް ވަނައިގަ އެވެ. ލީގުގައި ޕީއެސްޖީ އަށް ދެން އޮތީ މި މަހުގެ 14 ވަނަ ދުވަހު ލެންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ލުއިސް އެންރީކޭޕީއެސްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު