Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަން

ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

މެޗަށް ފަހު ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފައި ވަނީ، މެޗުގައި ފްރާންސްގެ ކުޅުންތެރިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ވެސް ފްރާންސް އިން ރަނގަޅަށް ކުޅެފައިވާކަން ފާހަގަކޮށް އޭނާ ބުނީ، ފުރަތަމަ ހާފުގައި ފްރާންސް އަށް އިތުރު ލަނޑެއް ވެސް ޖެހުނީސް ކަަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 05:00
މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސް އެމްބާޕޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސް އެމްބާޕޭ އުފާ ފާޅު ކުރަނީ

ފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ޑީ ގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މައިކަލް އޮލައިސޭ އެވެ. އެ ލަނޑު ޖަހަން އޮލައިސޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރާޑްލޭ ބާކޮލާ އެވެ.

މެޗުގައި ފްރާންސް އިން ވަނީ އިތުރު ލަނޑު ޖަހަން ވެސް ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގައި ފްރާންސް އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ފަހު ވަގުތުގަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ އައުރެލިއަން ޗުއަމެނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހި ލަނޑެެކެވެ.

މި މެޗުގައި އެމްބާޕޭ ޖެހި ލަނޑާ އެކު، ފްރާންސް ޤައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 51 އަށް އަރައިފަ އެވެ. ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައި ވަނީ އޮލީވިއޭ ޖިރޫޑް އެވެ. އެއީ 57 ލަނޑެކެވެ. ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ތިއަރީ އޮންރީ އަދި އެމްބާޕޭ ޖަހާފައި ވަނީ 51 ލަނޑެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފައި ވަނީ، މެޗުގައި ފްރާންސްގެ ކުޅުންތެރިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ވެސް ފްރާންސް އިން ރަނގަޅަށް ކުޅެފައިވާކަން ފާހަގަކޮށް އޭނާ ބުނީ، ފުރަތަމަ ހާފުގައި ފްރާންސް އަށް އިތުރު ލަނޑެއް ވެސް ޖެހުނީސް ކަަމަށެވެ.

ނަމަވެސް މެޗުގެ ވަކި ހިސާބަކުން ފްރާންސްގެ ކުޅުންތެރިންނަށް އުނދަގޫ ތަކެއް ކުރިމަތިވި ކަމަށާއި، ނަަމަވެސް، އެޓޭކު ކުރުމުގައި ކުޅުންތެރިން ރަނގަޅު މަސައްކަތެއް ކުރި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ކުރިއަށް ވެސް އޮތީ މުހިންމު މެޗުތަކެއް ކަމަށާއި، އެހެންކަމުން މޮޅަކުން ކޮލިފިކޭޝަން ފެށުމަކީ ފްރާންސް އަށް އޮތް ހިތްހަމަ ޖެހުމެއް ކަމަށެވެ.

ކޮލިފިކޭޝަންގައި ދެން ފްރާންސް ނިކުންނާނީ އައިސްލެންޑާ ދެކޮޅަށެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު