Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

ނިއު ރޭޑިއަންޓް އިން ގަލޮޅު ދަނޑު ގުގުމާލާނެ: މުބީން

ފާއިތުވި ހަ ވަރަކަށް އަހަރުގެ ތެރޭގައި މާޔޫސްވެފައި ތިބި ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން، އެ ކުލަބު އަލުން ދިވެހި ޕްރިމިއާ ލީގުގައި ކުޅެން ފެށުމާ އެކު، ކުލަބުގެ ސަޕޯޓަރުން ދަނޑަށް ވަދެ ގަޮލޮޅު ދަނޑު ގުގުމާލާނެ ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 05:34
ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަލުން ފުރަތަމަ ޑިވިޝަންގައި ކުޅެން ފެށުމުން، އެ ކުލަބުގެ ސަޕޯޓަރުން ދަނޑަށް ވަދެ އަލުން ގަލޮޅު ދަނޑު ގުގުމާލާނެ ކަމަށް، އެ ކުލަބުގެ ޗެއާމަން އަޙުމަދު މުބީން ވިދާޅުވެއްޖެ އެވެ.

މުބީން އޭނާގެ ފޭސްބުކު އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަލުން އެނބުރި ގަލޮޅު ދަނޑަށް އައުމަކީ ވަޅު ޖެހިފައިވާ ދިވެހި ފުޓުބޯޅަ އަށް ކުރިއެރުން ލިބިގެން ދާނެ ކަމެއް ކަމާމެދު މުޖައްރިބު ކަމަށެވެ.

މީގެ އިތުރުން ފާއިތުވި ހަ ވަރަކަށް އަހަރުގެ ތެރޭގައި މާޔޫސްވެފައި ތިބި ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން، އެ ކުލަބު އަލުން ދިވެހި ޕްރިމިއާ ލީގުގައި ކުޅެން ފެށުމާ އެކު، ކުލަބުގެ ސަޕޯޓަރުން ދަނޑަށް ވަދެ ގަޮލޮޅު ދަނޑު ގުގުމާލާނެ ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް މުބީންގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ކާޅު ސިޑިބަރި އުތުރި އަރާތަން އަނެއްކާ ވެސް ދިވެހި ފުޓުބޯޅަ އިން ދާދި އަވަހަށް ފެނިގެން ދާނެ ކަމަށެވެ. ނިއު ރޭޑިއަންޓް އަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވާ ކަމަށް، "ރާއްޖެ އެމްވީ" ގައި ލިޔެފައިވާ ޚަބަރު ހިއްސާ ކުރައްވައި މުބީން ވިދާޅުވެފައި ވަނީ، މިތުރުންގެ ހިތަށް ދަތި ކުރި ކަޅު ކޮންނެ ރެޔެއް ވެސް، ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށް ކަމަށެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދަައުރުގައި، 2019 ވަނަ އަަހަރު ވަނީ ނިއު ރޭޑިއަންޓް ސަސްޕެންޑު ކުރުމަށް ނިންމައިފަ އެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި އޮތް މައްސަލައިގައި އޭރު އެފްއޭއެމް އިން ނިއު ރޭޑިއަންޓް ސަސްޕެންޑު ކޮށްފައި ވަނީ، އޭރު ރައީސަކަށް ހުންނެވި ބައްސާމްއާ ދެކޮޅަށް އެ ކުލަބުން މަސައްކަތް ކުރުމުންނެވެ. އޭގެ ފަހުން ކުލަބު ތަކުގެ ތާއީދާ އެކު އެފްއޭއެމް އިން ވަނީ ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން ދަމަހައްޓަން ވެސް ނިންމައިފަ އެވެ.

އެފަހުން، 2022 ވަނަ އަހަރު އެފްއޭއެމް އިން ވަނީ ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އުވާލަން ނިންމައިފަ އެވެ. އެކަމަކު އެ ކުލަބަށް ފުރަތަމަ ޑިވިޝަން އަށް އަލުން އާދެވެން އޮތީ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވާދަކޮށްގެންނެވެ. އޭގެ ފަހުން 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރު ވެސް ނިއު ރޭޑިއަންޓް އިން ވަނީ ދެ ވަނަ ޑިވިޝަންގައި ވާދަކޮށްފަ އެވެ.

ނިއު ރޭޑިއަންޓުގެ އައު ޗެއާމަންކަމާ ދާދި ފަހުން މުބީން ހަވާލުވެފައިވާއިރު، މުބީން އާއި އޭނާގެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ ނިއު ރޭޑިއަންޓް އަލުން ފުރަތަމަ ޑިވިޝަން އަށް ގެނައުމެވެ. ނިއު ރޭޑިއަންޓަށް އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނުމަށް އެފްއޭއެމް އިން ނިންމާފައި ވަނީ، ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިން، ފުރަަތަމަ ޑިވިޝަން އިން ވަކިވުމުންނެވެ.

އެގޮތުން އެންމެ ފަހުން އޮތް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު އަދި ރަނައަޕް ޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ލިބިފައިވާތީ، ދެން ދެ ވަނަ ޑިވިޝަން އިން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއަޙުމަދު މުބީން

ކޮމެންޓް

އިތުރަށް ކިޔާލަން

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު