Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓްބޯޅަ ޓީމު

ރާއްޖެ އިން ލަންކާ ބަލިކޮށްފި

ލަންކާ އަތުން ހޯދި މޮޅާއެކު ރާއްޖެ އިން މި ވަނީ ފުޓުބޯޅައިގެ އުންމީދެއް ހޯދައިފަ އެވެ. މިއީ ދާދި ފަހުން ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި މުޙައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗެވެ،

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 15:37
ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން

ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން

ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި، ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހި ރާއްޖޭގެ ސީނިއާ ޤައުމީ ޓީމު މޮޅުވެއްޖެ އެވެ.

ލަންކާގެ ވެރި ރަށް ކޮލަމްބޯ ގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ރާއްޖެ އިން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ރާއްޖެ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ރާއްޖެ އަށް ޖަހައިދިނީ ނާއިޒް ޙަސަން އެވެ. އެއީ ރާއްޖެ އަށް ލިބުނު ކޯނަރެއްގައި، އިބްރާހީމް އައިޝަމް ހުރަސްކޮށްދިން ބޯޅަ ގޯލަށް ވައްދާލައިގެން ނާއިޒް ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. އެގޮތުން ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ރާއްޖޭގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އިބްރާހީމް މަހުދީ އެވެ.

މެޗުގައި ރާއްޖެ އިން ތިން ވަނަ ލަނޑު ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު ރާއްޖެ އަށް ޖަހައިދިނީ އަލީ ފާޞިރު (ސެންޓޭ) އެވެ. ސެންޓޭ އެ ލަނޑު ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ މުޙައްމަދު އިލާން އިމްރާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ލަންކާ އަތުން ހޯދި މޮޅާއެކު ރާއްޖެ އިން މި ވަނީ ފުޓުބޯޅައިގެ އުންމީދެއް ހޯދައިފަ އެވެ. މިއީ ދާދި ފަހުން ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި މުޙައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗެވެ،

ރާއްޖެ އަށް މެޗަކުން މޮޅުވެވިފައި މި ވަނީ، އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައި އޮތުމަށް ފަހު އެވެ. ލަންކާ މެޗުގެ ކުރިން، އެންމެ ފަހުން ރާއްޖެ މޮޅުވެފައި ވަނީ ބަންގްލަދޭޝް އަތުންނެވެ. އޭގެ ފަހުން ކުޅުނު ފަސް މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު މި މެޗުގެ ކުރިން، އެންމެ ފަހުން ރާއްޖޭގެ ޤައުމީ ޓީމުން ކުޅުނު މެޗަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

އޭގެ ކުރިން ބަންގްލަދޭޝަން، އިންޑިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރި ކަމުގެ މެޗުތަކުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ.

ގައުމީ ހޭންޑްބޯލް ޓީމުސައުތު އޭޝިއަން ސުޕަރ ކަޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު