Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަން

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

މެޗަށް ފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނީ، މެޗުގައި އިޓަލީ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، އިޓަލީގެ ކުޅުންތެރިން އެ ކުޅުންތެރިންގެ ފެންވަރު ސާބިތު ކޮށްދީފައިވާ ކަމަށެވެ. ޚާއްސަކޮށް އިޓަލީގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ޓީމުގައި މިވަގުތު އޮތީ ވަރަށް ރަނގަޅު ރޫޙެއް ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 05:01
މެޗުގައި ލަނޑު ޖެހުމަށް ފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަންގެ އައިގައި އެސްޓޯނިއާއާ ދެކޮޅަށް ކުޅުނު މެޗުން، އިޓަލީ ބޮޑު މޮޅެއް ހޯދައި ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ އެސްޓޯނިއާއާ ދެކޮޅަށް ކުޅުނު މެޗު އިޓަލީ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގައި އިޓަލީ އިން އެ ޓީމުގެ ފަސް ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ނަމަވެސް، ފުރަތަމަ ހާފުގައި ވެސް އިޓަލީ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި އިޓަލީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މޮއިސް ކީން އެވެ. އެއީ މަޓެއޯ ރެޓެގީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ރެޓެގީ ވަނީ އިޓަލީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ރެޓެގީ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖިއަކޯމޯ ރަސްޕަޑޯރީ އެވެ. އޭގެ ދެ މިނެޓު ފަހުން އިޓަލީގެ ތިން ވަނަ ލަނޑު ރަސްޕަޑޯރީ ޖެހީ މެތެއޯ ޕޮލިޓާނޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި އިޓަލީ އިން އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، އިޓަލީގެ ހަތަރު ވަނަ ލަނޑު ޖެހީ ރެޓެގީ އެވެ. އެއީ އެންޑްރިއާ ކަމްބިއޯސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި، އިޓަލީގެ ފަސް ވަނަ ލަނޑު ޖެހީ އަލެސަންދްރޯ ބަސްޓޯނީ އެވެ. އެ ލަނޑު ޖަހަން ބަސްޓޯނީ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރަސްޕަޑޯރީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނީ، މެޗުގައި އިޓަލީ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، އިޓަލީގެ ކުޅުންތެރިން އެ ކުޅުންތެރިންގެ ފެންވަރު ސާބިތު ކޮށްދީފައިވާ ކަމަށެވެ. ޚާއްސަކޮށް އިޓަލީގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ޓީމުގައި މިވަގުތު އޮތީ ވަރަށް ރަނގަޅު ރޫޙެއް ކަމަށް އޭނާ ބުންޏެވެ.

އިތުރަށް އޭނާ ބުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު، ބައެއް ފަހަރު ރިސްކު ނަގަން ޖެހެނޭ ކަމަށެވެ. އެހެން ނަމަވެސް، އެސްޓޯނިއާ އަކީ މެދު ފަންތީގެ ޓީމަކަށްވާއިރު، އެ މެޗުގައި ގެންގުޅުނީ އެޓޭކު ކުރުމަށް ތަފާތު ރޭވުމެއް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ކުޅުންތެރިން ކުރި މަސައްކަތަކީ އެންމެ ރަނގަޅު މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ކުރިއަށް ހުރި މެޗުތަކަށް ވެސް އިޓަލީ އިން ނިކުންނާނީ އެ ރޫޙުގައި ކަމަށާއި، ބޭނުން ވަނީ ކޮންމެ މެޗެއްގައި ވެސް ކުޅުންތެރިންގެ ފެންވަރާއި، ޓީމުގެ ފެންވަރު ދައްކުވައިދޭން ކަމަށް ގަޓޫސޯ ބުންޏެވެ. ގަޓޫސޯ ޤަބޫލު ކުރާ ގޮތުގައި އިޓަލީގައި އޮތް ސްކޮޑަކީ ވަރުގަދަ އަދި މޮޅު ސްކޮޑެކެވެ.

ކޮލިފިކޭޝަންގައި އިޓަލީ އަށް ދެން އޮންނާނީ އިސްރާއީލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026އިޓަލީގެ ގައުމީ ޓީމު

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް
15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
13 އޮކްޓޯބަރު 2025

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު