Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު: ޑޮންނަރުންމާ

ޑޮންނަރުންމާ ބުނެފައި ވަނީ، އޭނާގެ ހޯދުމުގެ ޝައުޤުވެރިކަން ސިޓީ އިން ފާޅު ކުރިއިރު، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ ވަރުގަދަ ޕްލޭންގައި އޭނާ ހިމަނައި، އޭނާ އަށް އިތުބާރު ކުރާކަން އިޙުސާސް ކުރެވުނު ކަމަށެވެ. ޚާއްސަކޮށް ސިޓީ ގައި އޭނާ ހުންނަން ގާޑިއޯލާ ބޭނުން ވުމަކީ ވެސް، ފަޚުރުވެރިވާ ކަމެއް ކަމަށް ޑޮންނަރުންމާ ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:19
މެންޗެސްޓަރ ސިޓީ އަށް ބަދަލުވި އިޓަލީގެ ޑޮންނަރުންމާ

މެންޗެސްޓަރ ސިޓީ އަށް ބަދަލުވި އިޓަލީގެ ޑޮންނަރުންމާ

މެންޗެސްޓަރ ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށް، މި ފަހުން އެ ޓީމަށް ބަދަލުވި އިޓަލީގެ ގޯލު ކީޕަރު ޖިއާންލުއިޖީ ޑޮންނަރުންމާ ބުނެފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭގެ ޕްލޭންގައި އޭނާ ނުހިމެނޭ ކަމަށް ނިންމުމުން، ޑޮންނަރުންމާ އަށް ޖެހުނީ ޕީއެސްޖީ ދޫކޮށްލުމަށެވެ. އެއީ އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާތީ، އައު އެއްބަސްވުމުގެ މައްސަލައިގައި ވެސް ގޮތެއް ހޯދިފައި ނުވަނިކޮށެވެ.

ޕީއެސްޖީ ދޫކޮށްލުމަށް ފަހު ޑޮންނަރުންމާ ވަނީ ސިޓީ އަށް ބަދަލުވެފަ އެވެ. އެ ކުލަބުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކުރިއިރު، ޑޮންނަރުންމާ ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސިޓީ އަށް ބަދަލުވެފަ އެވެ. ސިޓީ އިން އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަސްމީކޮށް އޭނާ ދައްކާލުން އޮންނާނެ އެވެ.

ސިޓީ އަށް ބަދަލުވާން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑޮންނަރުންމާ ބުނެފައި ވަނީ، ދުނިޔޭގައި އޮތް އެންމެ މޮޅު އަދި އެންމެ ވަރުގަދަ ޓީމުގައި ހިމެނުމަކީ އޭނާ ވެސް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެއީ އޭނާ އަށް ވަރަށް އުފާވެރި އަދި ޖަޒުބާތީ ކަމެއް ކަމަށް ވެސް ޑޮންނަރުންމާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޑޮންނަރުންމާ ބުނެފައި ވަނީ، އޭނާގެ ހޯދުމުގެ ޝައުޤުވެރިކަން ސިޓީ އިން ފާޅު ކުރިއިރު، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ ވަރުގަދަ ޕްލޭންގައި އޭނާ ހިމަނައި، އޭނާ އަށް އިތުބާރު ކުރާކަން އިޙުސާސް ކުރެވުނު ކަމަށެވެ. ޚާއްސަކޮށް ސިޓީ ގައި އޭނާ ހުންނަން ގާޑިއޯލާ ބޭނުން ވުމަކީ ވެސް، ފަޚުރުވެރިވާ ކަމެއް ކަމަށް ޑޮންނަރުންމާ ބުނެފައިވެ އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޕީއެސްޖީ އިން ޑޮންނަރުންމާ ދޫކޮށްލަން ނިންމުމުގެ ކުރިން، އޭނާގެ އެއްބަސްވުން އައު ކުރަން އެ ކުލަބުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ޕީއެސްޖީގެ ހުށަހެޅުން ޑޮންނަރުންމާ ޤަބޫލު ނުކުރީ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. އެހެންވެ ފަހުން ޕީއެސްޖީ އިން އެއްބަސްވުން އައު ކުރަން ބޭނުން ނުވާ ކަމުގައި ވެސް ބުނެފައިވެ އެވެ.

ޕީއެސްޖީ ގައި ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި ޑޮންނަރުންމާ ވަނީ 161 މެޗުގައި ޕީއެސްޖީގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި ޕީއެސްޖީ އާއެކު އޭނާ ވަނީ 10 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ފްރާންސް ކަޕް ދެ ފަހަރު ކާމިޔާބު ކުރުން، ޓްރޮފީ ޑީ ޗެމްޕިއަންސް ތިން ފަހަރު ކާމިޔާބު ކުރުން އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ޑޮންނަރުންމާ އަކީ އިޓަލީ ޤައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 74 މެޗުގައި އިޓަލީގެ ގޯލު ބަލަހައްޓައިފަ އެވެ. އިޓަލީ އާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީޖިއަންލުއިޖީ ޑޮންނަރުއްމާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު