Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަން

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

މެސީ ބުނީ އޭނާގެ އަނިޔާގެ މާ ބޮޑު މައްސަލައެއް މިވަގުތު ނެތް ނަމަވެސް، އަރާމު ކުރުމަށާއި، އިތުރު އަނިޔާއެއް ކުރިމަތިވިޔަ ނުދިނުމަށް އެ މެޗުގައި ނުކުޅެން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭނާ ބޭނުން ވަނީ އަރާމު ކުރުމަށް ފަހު، ފުރިހަމަ އަށް ތައްޔާރުވެގެން އައިސް ކުރިއަށް ހުރި މެޗުތަކާ ކުރިމަތިލާން ކަމަށް މެސީ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 05:00
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އިން އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުގައި، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅޭނެ ކަމަށް ހާމަކޮށްފި އެވެ.

ވާރލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ވަނީ ވެނެޒުއެލާއާ ދެކޮޅަށް ކުޅެފަ އެވެ. އާޖެންޓީނާގައި ކުޅުނު އެ މެޗަކީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މެސީ އަމިއްލަ ޤައުމުގައި ކުޅުނު ފަހު މެޗެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީއިރު، އެ މެޗުގައި މެސީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

އެ މެޗަށް ފަހު ދެން އާޖެންޓީނާ އަށް އޮތީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް، މެސީ ވަނީ އެ މެޗުގައި އޭނާ ނުކުޅޭނެ ކަމަށް އިއުލާން ކޮށްފަ އެވެ.

އެގޮތުން މެސީ ބުނެފައި ވަނީ، އޭނާ އަށް މިވަގުތު ދެން އެންމެ މުހިންމީ އަރާމު ކުރުން ކަމަށެވެ. އެހެންވެ، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީއާ މަޝްވަރާކޮށް، ވާހަކަ ދައްކާފައިވާ ކަަމަށާއި، އަރާމު ކުރަން ބޭނުންވާތީ އެކުއެޑޯ މެޗުގައި އޭނާ ބައިވެރި ނުވާނެ ކަމަށް މެސީ ބުންޏެވެ.

އެކުއެޑޯއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅޭ މެޗަށް، އާޖެންޓީނާގެ ޓީމާ އެކު ވެސް މެސީ ދަތުރު ނުކުރާނެ އެވެ. އެކަން ފާހަގަ ކުރަމުން މެސީ ބުނީ، މިވަގުތު ވެސް އޭނާ ކުޅެމުން އަންނަނީ އަނިޔާ އިން އެނބުރި އައިސް ކަމަށާއި، އޭނާ އަށް އަދި ވެސް އަރާމު ކުރުން މުހިންމު ކަމަށެވެ.

މެސީ ބުނީ އޭނާގެ އަނިޔާގެ މާ ބޮޑު މައްސަލައެއް މިވަގުތު ނެތް ނަމަވެސް، އަރާމު ކުރުމަށާއި، އިތުރު އަނިޔާއެއް ކުރިމަތިވިޔަ ނުދިނުމަށް އެ މެޗުގައި ނުކުޅެން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭނާ ބޭނުން ވަނީ އަރާމު ކުރުމަށް ފަހު، ފުރިހަމަ އަށް ތައްޔާރުވެގެން އައިސް ކުރިއަށް ހުރި މެޗުތަކާ ކުރިމަތިލާން ކަމަށް މެސީ ބުންޏެވެ.

އެމެރިކާގެ އިންޓަރ މިއާމީ އަށް ވެސް ކުޅެމުން އަންނަ މެސީ އަންނަނީ، މިއަހަރު ފެށުނު ފަހުން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިއާމީގައި އޭނާ އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހުނެވެ. މެސީ ވަނީ މިއަހަރުގެ މިހާތަނަށް ކުޅެފައިވާ 37 މެޗުގައި 29 ލަނޑު ޖަހައިފަ އެވެ.

މީގެ އިތުރުން ދެކުނު އެމެރިކާ ސަރަހައްދުގެ ވާރލްޑް ކަޕް ކޮލިފިކޭޝަންގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔަކީ އޭނާ އެވެ. މެސީ ވަނީ ކޮލިފިކޭޝަންގައި އަށް ލަނޑު ޖަަހައިފަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026އާޖެންޓީނާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު