Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

ކުޅިވަރު ވުޒާރާ އިން ބުނެފައި ވަނީ، އެއީ ފަލަސްޠީނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވާނެ ނިންމުމެއް ކަމަށެވެ. އަދި ހަމަ އެހެންމެ، ކުޅިވަރުގައި ކަންކަމުގައި ފަލަސްޠީނަށް އެހީތެރިވުމަށް ކުރެވޭނެ މުހިންމު ކަމެއް ކަމަށް ވެސް އެ ވުޒާރާ އިން ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2025 | ބުދަ 04:28
އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)

އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)

ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދިނުމަށް، ކުޅިވަރު ވުޒާރާ އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމާއި، ދިވެހި ރާއްޖޭގެ 17 އަހަރުން ދަށުގެ ޒުވާން ޤައުމީ ޓީމާ މެދު ރަޙުމަތްތެރި ކަމުގެ ދެ މެޗު ކުޅުމަށާއި، ދިވެހި ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް، ފަލަސްޠީނު ފުޓުބޯޅަ އެސޯސިއޭޝަން އިން ވަނީ އެފްއޭއެމްގައި އެދިފަ އެވެ.

އެކަމާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުން، 18 ވަނަ ދުވަހަށް ދިވެހި ރާއްޖޭގައި ތިބުމާއި، އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުމަށެވެ. އަދި ރަޙުމަތްތެރި ކަމުގެ ދެ މެޗަށް ސްޕޮންސާ ހޯދުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

އޭގެ ފަހުން އަންގާރަ ދުވަހު ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވަނީ، އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)އާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރަމުން ކުޅިވަރު ވުޒާރާ އިން ބުނެފައި ވަނީ، ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ވުޒާރާ އިން ބުނެފައި ވަނީ، އެއީ ފަލަސްޠީނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވާނެ ނިންމުމެއް ކަމަށެވެ. އަދި ހަމަ އެހެންމެ، ކުޅިވަރުގައި ކަންކަމުގައި ފަލަސްޠީނަށް އެހީތެރިވުމަށް ކުރެވޭނެ މުހިންމު ކަމެއް ކަމަށް ވެސް އެ ވުޒާރާ އިން ވަނީ ބުނެފަ އެވެ.

އިސްރާއީލް އިން މިހާރު ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ފަލަސްޠީނުގެ ކުޅިވަރުގެ އެއްވެސް ޙަރަކާތެއް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންވެ ފަލަސްޠީނުގެ ޤައުމީ ޓީމު ތަކުން މެޗުތައް އަދި ތަމްރީނުތައް ކުރިއަށް ގެންދަނީ އެހެން ޤައުމު ތަކުގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު