Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

މިއީ ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވާ ދެ ވަނަ ފަހަރެވެ. އެގޮތުން 2014 ވަނަ އަހަރު ވެސް ރާއްޖޭގައި ވަނީ ކެރަމް ވޯލްޑް ކަޕް ބާއްވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 05:32
ކެރަމް ވޯލްޑް ކަޕްގެ ލޯގޯ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކެރަމް ވޯލްޑް ކަޕްގެ ލޯގޯ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިއަހަރުގެ ކެރަމް ވޯލްޑް ކަޕް ދިވެހި ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވާއިރު، މުބާރާތުގެ ލޯގޯ ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

މުބާރާތް ބޭއްވުމުގެ ފުރުސަތު ދިވެހި ރާއްޖެ އަށް ލިބިފައިވާކަން ރަސްމީކޮށް އިއުލާން ކުރުމަށް، އަންގާރަ ދުވަހު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި މުބާރާތުގެ ލޯގޯ ރަސްމީކޮށް ލޯންޗު ކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) އެވެ.

މިދިޔަ އަހަރު ރާއްޖެ އިން ވަނީ އެމެރިކާގެ ކެލަފޯނިއާގައި ކުރިއަށް ދިޔަ ކެރަމް ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ މުބާރާތުގެ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ދެ ޓީމު ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ދެ ޓީމަށް ވެސް ޓީމު އިވެންޓުގެ ސެމީ ފައިނަލް އިން ފުރުސަތު ލިބުނުއިރު، ސެމީ ފައިނަލްގައި ނާކާމިޔާބުވެފައި ވަނީ ސްރީ ލަންކާއާ ވާދަކޮށެވެ.

މީގެ އިތުރުން މިދިޔަ އަހަރު ރާއްޖޭގަައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއިން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. އެގޮތުން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އިސްމާއީލް އަޒްމީން އަދި ޙަސަން ނާޒިމް ރިހި މެޑަލް ހޯދި އެވެ. ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

މިއީ ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވާ ދެ ވަނަ ފަހަރެވެ. އެގޮތުން 2014 ވަނަ އަހަރު ވެސް ރާއްޖޭގައި ވަނީ ކެރަމް ވޯލްޑް ކަޕް ބާއްވައިފަ އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްކެރަމް ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

03 ޖުލައި 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025
ވެޓަރަންސް މުބާރާތުގެ ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ ލަތީފް އަދި ލިފާއުގެ ޕެއާ އިން

ވެޓަރަންސް މުބާރާތުގެ ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ ލަތީފް އަދި ލިފާއުގެ ޕެއާ އިން

02 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު