Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ޑޮންނަރުންމާ ސިޓީ އަށް ބަދަލުވެއްޖެ

ޑޮންނަރުންމާ ސިޓީ އަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، ސިޓީ އާއެކު ޑޮންނަރުންމާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 05:46
މެންޗެސްޓަރ ސިޓީ އަށް ބަދަލުވި އިޓަލީގެ ކީޕަރު ޑޮންނަރުންމާ

މެންޗެސްޓަރ ސިޓީ އަށް ބަދަލުވި އިޓަލީގެ ކީޕަރު ޑޮންނަރުންމާ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމި، އިޓަލީގެ ގޯލު ކީޕަރު ޖިއާންލުއިޖީ ޑޮންނަރުންމާ، މެންޗެސްޓަރ ސިޓީ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ ޑޮންނަރުންމާގެ ބަދަލުގައި ޕީއެސްޖީ އިން ވަނީ އެހެން ކީޕަރެއް ގެނެސްފަ އެވެ. އެއާއެކު، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭގެ ޕްލޭންގައި ޑޮންނަރުންމާ ނުހިމެނޭ ކަމަށް ވަނީ ނިންމައިފަ އެވެ. އެހެންވެ ޑޮންނަރުންމާ ވަނީ އޭނާ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން އޭނާ ވަނީ އޭރު އިއުލާން ކޮށްފަ އެވެ.

ޑޮންނަރުންމާ ހޯދުމަށް ޝައުޤުވެރިކަން ފާޅު ކުރި ކުލަބު ތަކުގެ ތެރޭގައި މެންޗެސްޓަރ ސިޓީ ހިމެނުނުއިރު، ސިޓީ އިން ޑޮންނަރުންމާ ހޯދީ، އެ ޓީމަށް ކުޅެމުން އައި އެޑާސަން ވަނީ އެ ކުލަބު ދޫކޮށް ފެނަބާޗޭ އަށް ބަދަލުވުމުންނެވެ.

ޕީއެސްޖީ އާއެކު ޑޮންނަރުންމާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން ހާމަ ކުރަމުން ޑޮންނަރުންމާ ވަނީ އެ ކުލަބުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭކަން ވެސް ހާމަކޮށްފަ އެވެ.

ޑޮންނަރުންމާ ސިޓީ އަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، ސިޓީ އާއެކު ޑޮންނަރުންމާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީގެ ހުށަހެޅުމުގައި ބުނެފައިވާ ގޮތުން، ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ސިޓީ އިން ބޭނުންވާ ނަމަ އިތުރު އެއް އަހަރަަށް އެއްބަސްވުން އައު ކުރެވޭނެ އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޕީއެސްޖީ އިން ޑޮންނަރުންމާ ދޫކޮށްލަން ނިންމާފައިވާއިރު، އޭނާގެ އެއްބަސްވުން އައު ކުރަން އެ ކުލަބުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ޕީއެސްޖީގެ ހުށަހެޅުން ޑޮންނަރުންމާ ޤަބޫލު ނުކުރީ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ ފަހުން ޕީއެސްޖީ އިން އެއްބަސްވުން އައު ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.

ޕީއެސްޖީ ގައި ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި ޑޮންނަރުންމާ ވަނީ 161 މެޗުގައި ޕީއެސްޖީގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި ޕީއެސްޖީ އާއެކު އޭނާ ވަނީ 10 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ފްރާންސް ކަޕް ދެ ފަހަރު ކާމިޔާބު ކުރުން، ޓްރޮފީ ޑީ ޗެމްޕިއަންސް ތިން ފަހަރު ކާމިޔާބު ކުރުން އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ޑޮންނަރުންމާ އަކީ އިޓަލީ ޤައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 74 މެޗުގައި އިޓަލީގެ ގޯލު ބަލަހައްޓައިފަ އެވެ. އިޓަލީ އާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީޖިއަންލުއިޖީ ޑޮންނަރުއްމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު