Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

1 ސެޕްޓެމްބަރު 2025 | ހޯމަ 04:29

ނިއު ރޭޑިއަންޓަށް އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނުމަށް އެފްއޭއެމް އިން ނިންމާފައިވާއިރު، ނިއު ރޭޑިއަންޓުގެ އައު މެނޭޖުމަންޓުގެ އެންމެ ބޮޑު ވައުދަކީ ވެސް އެ ކުލަބު ފުރަތަމަ ޑިވިޝަން އަށް ގެނައުމެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ސެޕްޓެމްބަރު 2025 | ހޯމަ 04:29
ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން | މިހާރު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އަލުން ފުރަތަމަ ޑިވިޝަން އިން ޖާގަ ދިނުމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީ އިން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނުމަށެވެ.

އެގޮތުން 2025/2026 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޤަވާއިދުގެ ދެ ވަނަ ނަންބަރާއި، އެ ޤަވާއިދުގެ 12.2 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޙާލަތު ދިމާވެފައިވާތީ، އެ ޤަވާއިދު ބަޔާން ކުރާ ގޮތުން މުބާރާތުން ވަކިވާ ކުލަބު ނިސްބަތްވާ ރީޖަނަލް ލީގުގެ ދެން އެންމެ ނަތީޖާ ރަނގަޅު ކުލަބަކަށް ފުރުސަތު ދިނުމާ މެދު އެފްއޭއެމް އިން ގޮތެއް ނިންމަމް ލާޒިމު ކުރެ އެވެ.

އެފްއޭއެމް އިން ބުނެފައި ވަނީ 2023 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު އަދި ރަނައަޕް ޓީމު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާތީ، އެ މުބާރާތުގެ ދެން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ޓީމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފައިވާ ނިއު ރޭޑިއަންޓާއި، ޓެންޓް ސްޕޯޓްސް ކުލަބުން ނެރެފައިވާ ނަތީޖާތަކަށް ބިނާކޮށް، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމެޓީ އިން، ސްޕޯޓްސް ކްރައިޓީރިއާ އަށް ބެލުމަށް ފަހު ނިއު ރޭޑިއަންޓަށް އެ ފުރުސަތު ދިނުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.

ނިއު ރޭޑިއަންޓަށް ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު ދިނުމަށް އެފްއޭއެމް އިން ނިންމާފައި ވަނީ، ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) މުބާރާތުން ވަކިވާން ނިންމުމުންނެވެ. ސަސް އިން އެ ނިންމުން ނިންމާފައި ވަނީ، އެ ކުލަބުގެ މާލީ ޙާލަތު ދަށްވެފައިވާތީ އެވެ.

ނިއު ރޭޑިއަންޓަށް އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނުމަށް އެފްއޭއެމް އިން ނިންމާފައިވާއިރު، ނިއު ރޭޑިއަންޓުގެ އައު މެނޭޖުމަންޓުގެ އެންމެ ބޮޑު ވައުދަކީ ވެސް އެ ކުލަބު ފުރަތަމަ ޑިވިޝަން އަށް ގެނައުމެވެ.

އެގޮތުން ނިއު ރޭޑިއަންޓުގެ އައު ޗެއާމަންކަމާ ހަވާލުވެ ވަޑައިގެންނެވި އަޙުމަދު މުބީން އާއި އޭނާގެ ޓީމުން ވަނީ އެ ކުލަބު ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެ މަސައްކަތުގެ ތެރެއިން ނިއު ރޭޑިއަންޓުން ވަނީ ރާއްޖޭގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިން ތަކެއް އެ ކުލަބަށް ގެނެސްފަ އެވެ.

އެގޮތުން ނިއު ރޭޑިއަންޓުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ދާދި ފަހުން ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ކޯޗަކަށް ހުރި ތަޖުރިބާ ކާރު ކޯޗު އަލީ ސުޒޭން އެވެ. އޭގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަދި ޤައުމީ ޓީމުގެ ފޯވާޑު އަލީ ފާޞިރު (ސެންޓޭ) ވެސް ވަނީ ނިއު ރޭޑިއަންޓަށް ގެނެސްފަ އެވެ.

އެފްއޭއެމް އިން ނިއު ރޭޑިއަންޓް ސަސްޕެންޑު ކޮށްފައި ވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ ތެރޭގަ އެވެ. އެފްއޭއެމް އިން އޭރު ނިއު ރޭޑިއަންޓް ސަސްޕެންޑު ކޮށްފައި ވަނީ އެ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ދޭން ޖެހުނު މުސާރަައިގެ މައްސަލަގައިގަ އެވެ. ނަމަވެސް އޭރު ވެސް ނިއު ރޭޑިއަންޓުގެ ވެރިން އަދި ސަޕޯޓަރުން ވެސް ބުނަމުން ދިޔައީ އެ ކުލަބަށް ދީފައި ވަނީ ނުހައްގު ސަސްޕެންޝަނެއް ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ޑޯރީގެ ހެޓްރިކާއެކު، ބުރު އަތުން ނިއު ރޭޑިއަންޓަށް ބޮޑު މޮޅެއް

04 އޯގަސްޓު 2026
ޑޯރީގެ ހެޓްރިކާއެކު، ބުރު އަތުން ނިއު ރޭޑިއަންޓަށް ބޮޑު މޮޅެއް
02 އޯގަސްޓު 2026

ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ

02 އޯގަސްޓު 2026
ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ
23 ޖުލައި 2026

ނިއު ރޭޑިއަންޓަށް ގެނައި ބިދޭސީ ކުޅުންތެރިޔާގެ މުސާރަ އަކީ މަހަކު 350،000 ރުފިޔާ!

23 ޖުލައި 2026
ނިއު ރޭޑިއަންޓަށް ގެނައި ބިދޭސީ ކުޅުންތެރިޔާގެ މުސާރަ އަކީ މަހަކު 350،000 ރުފިޔާ!
23 މެއި 2026

ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ

23 މެއި 2026
ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ
07 މާރިޗު 2026

އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ

07 މާރިޗު 2026
އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ
24 ފެބުރުއަރީ 2026

ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

24 ފެބުރުއަރީ 2026
ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި
23 ފެބުރުއަރީ 2026

ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ

23 ފެބުރުއަރީ 2026
ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ
12 ފެބުރުއަރީ 2026

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
09 ފެބުރުއަރީ 2026

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
09 ފެބުރުއަރީ 2026

މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި

09 ފެބުރުއަރީ 2026
މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް