Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބްރައިޓަން އަތުން ވެސް ސިޓީ ބަލިވެއްޖެ

ސިޓީ އަށް މެޗުން މޮޅުވުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނު ކަމަށާއި، ސިޓީ ކޮޅަށް ލަނޑެއް ވަތް ވަގުތުން ފެށިގެން އެ ޓީމުގެ މަސައްކަތަށް މަޑު ޖެހުމެއް އައި ކަމަަށް ގާޑިއޯލާ ބުންޏެވެ. ބްރައިޓަން އަތުން ބަލިވި ނަމަވެސް ގާޑިއޯލާ ބުނީ، އަދި ކިރިޔާ ސީޒަން ފެށުނީ ކަމަށާއި، ކުރިއަށް އޮތީ ދިގު ދަތުރެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 04:29
މެޗުގައި ލަނޑު ޖެހުމަށް ފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް، މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސިޓީ އިންނެވެ. ނަމަވެސް ބްރައިޓަން އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް އެވެ. އޭނާ އެ ލަނޑު ޖެހީ އޮމަރް މާމޫޝް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ބްރައިޓަން އިން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ބްރައިޓަން އިން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ބްރައިޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޭމްސް މިލްނާ އެވެ.

އޭގެ ފަހުން މެޗުގައި ސިޓީ އިން ލީޑު ނަގަން މަސައްކަތް ކުރަމުން ދަނިކޮށް، ފަހު ވަގުތުގައި ބްރައިޓަން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ބްރައިޓަން އަށް އެ ލަނޑު ޖަހައިދިނީ ބްރަޖަން ގުރުޑާ އެވެ.

އައު ސީޒަންގެ ޕްރިމިއާ ލީގުގައި ސިޓީ އިން ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސް އަތުން މޮޅުވި ނަމަވެސް، ދެ ވަނަ މެޗުގައި ވަނީ ޓޮޓެންހަމް އަތުން ބަލިވެފަ އެވެ. ތިން ވަނަ މެޗުގައި ބްރައިޓަން އަތުން ބަލިވެފައިވާއިރު، މި ސީޒަން ސިޓީ އިން ފަށަން ޖެހުނީ ދަށްކޮށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، ސިޓީ އިން ކުރަމުން އަންނަ ގިނަ ކަންކަމާ މެދު އޭނާ ގަޔާވާ ކަމަށެވެ. އެގޮތުން ޓޮޓެންހަމް މެޗުން ބަލިވި ނަމަވެސް، އެ މެޗުގައި ވެސް ސިޓީ އިން ރަނގަޅު ކަންތައްތަކެއް ކުރި ކަމަށާއި، އެގޮތަށް ބްރައިޓަން މެޗުގައި ވެސް ސިޓީ އިން ރަނގަޅު ކަންތައްތަކެއް ކުރި ކަމަށް ގާޑިއޯލާ ބުންޏެވެ.

އެހެން ނަމަވެސް، ސިޓީ އަށް މެޗުން މޮޅުވުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނު ކަމަށާއި، ސިޓީ ކޮޅަށް ލަނޑެއް ވަތް ވަގުތުން ފެށިގެން އެ ޓީމުގެ މަސައްކަތަށް މަޑު ޖެހުމެއް އައި ކަމަަށް ގާޑިއޯލާ ބުންޏެވެ. ބްރައިޓަން އަތުން ބަލިވި ނަމަވެސް ގާޑިއޯލާ ބުނީ، އަދި ކިރިޔާ ސީޒަން ފެށުނީ ކަމަށާއި، ކުރިއަށް އޮތީ ދިގު ދަތުރެއް ކަމަށެވެ.

މެންޗެސްޓަރ ސިޓީއިނގިރޭސި ޕްރިމިއަރ ލީގުބްރައިޓަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު