Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ވަޔެކާނޯ ކައިރިން ބާސެލޯނާ އެއްވަރު

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އޭނާ ބުނީ އެ މެޗުން ބާސެލޯނާ އަށް ހައްގީ ވެސް ޕޮއިންޓެއް ކަމަށާއި، އެއަށް ވުރެ އިތުރަށް ހައްގު ނުވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ސެޕްޓެމްބަރު 2025 | ހޯމަ 08:21
ބާސެލޯނާ އާއި ވަޔެކާނޯ ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އާއި ވަޔެކާނޯ ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެއްވަރު ވެއްޖެ އެވެ.

ވަޔެކާނޯގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ބާސެލޯނާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވަޔެކާނޯ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ވެސް ބާސެލޯނާ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ވަޔެކާނޯގެ އޭރިޔާ ތެރެއިން ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ، ލަމީން ޔަމާލް ފޮނުވާލި ބާރު ހަމަލާ އެ ޓީމުގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ބާސެލޯނާގެ ރަފީނިއާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

މީގެ އިތުރުން ބާސެލޯނާ އަށް ލިބުނު ހިލޭ ޖެހުމެއްގައި ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ ވެސް، ވަޔެކާނޯގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ވަޔެކާނޯގެ އޭރިޔާ ތެރެއިން ބާސެލޯނާގެ ޔަމާލް އަށް ފައުލް ކުރުމުން، ރެފްރީ ވަނީ ޕެނަލްޓީ ދީފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް ބާސެލޯނާ އަށް ކުރި ހޯދައިދިނީ ޔަމާލް އެވެ.

ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ވަޔެކާނޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ފްރާން ޕެރޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ އިސީ ޕަލަޒޮން ތަނަވަސްކޮށްދިން ފުރުސަތެެއްގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އޭނާ ބުނީ އެ މެޗުން ބާސެލޯނާ އަށް ހައްގީ ވެސް ޕޮއިންޓެއް ކަމަށާއި، އެއަށް ވުރެ އިތުރަށް ހައްގު ނުވާ ކަމަށެވެ.

މެޗުގައި ބާސެލޯނާގެ ކުޅުންތެރިންނަށް ގިނަ ގޯސް ތަކެއް ހެދުނުކަން ފާހަގަކޮށް ފްލިކް ބުނީ، ވަރަށް ފަސޭހަ އިން ކުޅުންތެރިން ބޯޅަ ގެއްލުވާލާ ކަމަަށެވެ. އަދި އެއީ ކުރިއަށް އޮތް ތަނުގައި ބާސެލޯނާ އިން ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ފްލިކް ބުންޏެވެ.

ވަރަށް ގިނަ ގޯސްތައް ހަދައި، ވަރަށް ގިނަ ފުރުސަތުތައް ބާސެލޯނާ އިން ނަގާލުމުގެ ނަތީޖާ އަކީ، ވަޔެކާނޯ އިން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރުން ކަމަށް ފްލިކް ބުންޏެވެ. ފްލިކް ބުނީ ބާސެލޯނާ އިން އެއަށް ވުރެ މާ ރަނގަޅަށް ކުޅެން ޖެހޭ ކަމަށާއި، އެ ފެންވަރުގެ ކުޅުމެއް ބަލައި ވެސް ނުގަނެވޭނެ ކަމަށެވެ.

ވަޔެކާނޯ އަތުން ބާސެލޯނާ އެއްވަރުވުމުން، އެއް ވަނައިގައި ވާާދަވެރި ރެއާލް މިވަގުތު އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު