މި މުބާާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮންގެ އަރިހުގައި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެ ވަޑައިގެން ހީ ސަމާސާ ކުރައްވައި ފޮޓޯ ނަންގަވާފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނު. ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންގެ ސަބަބުން އޭނާ ހޫނު ފެނަށް ވެއްޓިފައިވާއިރު، އެކަމުގައި މެކްރޮން ވެސް މަސައްކަތް ކުރެއްވީ އިންފަންޓީނޯއާ ދެކޮޅަށް ކަމަށް ރިޕޯޓުތައް ބުނޭ