Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ޗެމްޕިއަންސް ލީގު

ދެ ވަނަ މޮޅާއެކު އަލް ނަސްރު ގްރޫޕްގެ އެއް ވަނަ އަށް

3 އޮކްޓޯބަރު 2023 | އަންގާރަ 05:20

މޮޅާއެކު އަލް ނަސްރު އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޮކްޓޯބަރު 2023 | އަންގާރަ 05:20
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ

އޭއެފްސީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މުބާރާތުގައި އަލް ނަސްރު އޮތީ ގްރޫޕް އީ ގައެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި އަލް ނަސްރު ބައްދަލުކޮށްފައި ވަނީ ޕާސެޕޮލިސްއާ އެވެ. އެ މެޗުން ވެސް އަލް ނަސްރު ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ އަލް ނަސްރު ވާދަކޮށްފައި ވަނީ އިސްޓިކްލޯލާ އެވެ. އެ މެޗުން އަލް ނަސްރު މޮޅުވީ 3-1 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އިސްޓިކްލޯލް އިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ސެނިން ސެބާއީ އެވެ. އަލް ނަސްރުން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 66 ވަނަ މިނެޓުގައި އަލް ނަސްރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖެހި ފުރަތަމަ ލަނޑެވެ. އަލް ނަސްރުގެ ފަހު ދެ ލަނޑު ވެސް ޖެހީ ބްރެޒިލްގެ ޓަލިސްކާ އެވެ. އެ ޓީމަށް ލީޑު ނަގައިދިން ލަނޑު އޭނާ ޖެހީ 72 ވަނަ މިނެޓުގަ އެވެ. އޭގެ ފަސް މިނެޓު ފަހުން އޭނާ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު އަލް ނަސްރު އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޕާސެޕޮލިސް އަށް ދެ މެޗުން ލިބެނީ ތިން ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އަލް ދުހައިލް އަދި ހަތަރު ވަނައިގައި އޮތް އިސްޓިކްލޯލަށް ވެސް ލިބެނީ އެންމެ ޕޮއިންޓެކެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުއައްނަސްރު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
24 ޑިސެމްބަރު 2024

ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް

24 ޑިސެމްބަރު 2024
ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް
07 ޑިސެމްބަރު 2024

އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

07 ޑިސެމްބަރު 2024
އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި
23 ނޮވެމްބަރު 2024

ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ

23 ނޮވެމްބަރު 2024
ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ
02 ނޮވެމްބަރު 2024

އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު

02 ނޮވެމްބަރު 2024
އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް