Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ގަލަޓަސަރާއީއާ ދެކޮޅަށް ކުޅޭ މެޗުގައި އެންތަނީ ފެނުމުގެ ފުރުސަތު ބޮޑު: ޓެން ހާގް

އެންތަނީ އެނބުރި އައިއިރު، މިހާރު އޭނާއާ ދެކޮޅަށް އެއްވެސް ތުހުމަތެއް އަދި ދައުވާއެއް ވެސް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 05:49
ޔުނައިޓެޑުގެ ފަރިތަކުރުމުގައި ޓެން ހާގް އަދި އޭނާގެ އެސިސްޓެންޓް ވާހަކަ ދައްކަނީ

ޔުނައިޓެޑުގެ ފަރިތަކުރުމުގައި ޓެން ހާގް އަދި އޭނާގެ އެސިސްޓެންޓް ވާހަކަ ދައްކަނީ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ގަލަޓަސަރާއީއާ ދެކޮޅަށް ނުކުންނަ މެޗުގައި އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ އެންތަނީ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް އެރިކް ޓެން ހާގް ބުނެފި އެވެ.

ކުރީގެ ލޯބިވެރިޔާ އަށް އަނިޔާކުރި ކަމުގެ ތުހުމަތުތަކާ ގުޅިގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން އެންތަނީ އަށް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. އެ ތުހުމަތާ ގުޅިގެން އޭނާ ވަނީ ބްރެޒިލްގެ ޤައުމީ ސްކޮޑުން ވެސް އުނިކޮށްފަ އެވެ. އޭގެ ފަހުން މިހާތަނަށް އެއްވެސް މެޗެއްގައި އެންތަނީ ކުޅެފައެއް ނުވެ އެވެ.

ގަލަޓަސަރާއީ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި އެންތަނީ ބައިވެރިވާން ފަށާފައިވާ ކަމަށާއި، އެ މެޗުގައި އޭނާ ލައްވާ ކުޅުވުމާމެދު ވިސްނަމުން އަންނަ ކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު އެނބުރި އައިސް އެންތަނީ އަށް މިހާތަނަށް ބައިވެރިވެނުނީ އެންމެ ފަރިތަކުރުމެއްގައިކަން އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން ފައިނަލް ނިންމުމެއް ނިންމާނީ، މެޗުގެ ކުރިން އޮންނަ އެންމެ ފަހު ފަރިތަކުރުމަށްފަހު ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. މެޗުގައި އެންތަނީ ލައްވާ ކުޅުވުމަކީ އޭނާގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާާ ފަރާތަށް ދެވޭ ކިހާ ގޯސް މެސެޖެއްތޯ ސުވާލު ކުރުމުން ޓެން ހާގް ބުނީ، އެ މައްސަލައިގައި އެންތަނީގެ ފަރާތުން ހުރިހާ ކަމަކަށް ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށެވެ. އެންތަނީ އެނބުރި އައިއިރު، މިހާރު އޭނާއާ ދެކޮޅަށް އެއްވެސް ތުހުމަތެއް އަދި ދައުވާއެއް ވެސް ނެތް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާ ލައްވާ ކުޅުވުމަކީ އޭގެން އިތުރު މައްސަލައެއް ނުކުންނަން ޖެހޭ ކަމެއް ކަމަށް ޓެން ހާާގް ޤަބޫލެއް ނުކުރެ އެވެ.

ޔުނައިޓެޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، އެ ޓީމު ކުރިއަށް ދަމުން އަންނަ ކަމަށާއި، ނަމަވެސް ބައެއް ކަހަލަ ކަންކަން އަދިވެސް ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށެވެ. އޭނާ ބުނީ މެޗަށް ކުރިމަތިލާއިރު ބައެއް ކަހަލަ ދަތިތައް ހުރި ކަމަށެވެ. ޚާއްސަކޮށް ގާތް ގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން އަނިޔާގެ މައްސަލަ ޓީމުގަައި އުޅޭ ކަމަށް އޭނާ ފާހަގަ ކުރި އެވެ. ނަމަވެސް ފަހު ވަގުތު ކޮންމެ މީހަކު ވެސް ބަލާނީ ނަތީޖާ އަށް ކަމަށާއި، އެހެންކަމުން އަނިޔާ އަކީ ބަހަނާއެއްގެ ގޮތުގައި ދައްކަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ އެންމެ ބޭނުންވާ ނަތީޖާ އަދި ނުނެރެވޭ ކަމަށާއި، ސަޕޯޓަރުންގެ ޑިމާންޑާ އެއްވަރުގެ ނަތީޖާއެއް ނުނެރެވޭތީ ކަންބޮޑުވާ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑު ވަނީ ބަޔާން މިއުނިކާ ވާދަކޮށް ބަލިވެފަ އެވެ. އަނެއްކޮޅުން އިނގިރޭސި ޕްރިމިއާ ލީގުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ ޓެން ހާގަށް ޕްރެޝަރު ބޮޑުވެފަ އެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެ ޓީމުން ގަލަޓަސަރާއީއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން 12:00 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުމެންޗެސްޓަރ ޔުނައިޓެޑް ގަލަޓަސަރާއިއެރިކް ޓެން ހާގް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު