Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

އިންޓަ މިއާމީގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވޭ!

އަނިޔާގެ ސަބަބުން މެސީ ހުރީ ކުޅުމާ ދުރުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޮކްޓޯބަރު 2023 | ހޯމަ 07:12
އިންޓަ މިއާމީގެ ފަރިތަކުރުމުގައި މެސީ

އިންޓަ މިއާމީގެ ފަރިތަކުރުމުގައި މެސީ

އިންޓަ މިއާމީގެ ފަރިތަކުރުންތަކުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބައިވެރިވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި އިންޓަ މިއާމީން ކުޅުނު މެޗެއްގެ ތެރެއިން މެސީ އަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާގެ ސަބަބުން އެ މެޗުގައި މެސީ ވަނީ ބަދަލު ވެސް ކޮށްފަ އެވެ. އޭގެ ފަހުން މިއާމީން ކުޅުނު އެއްވެސް މެޗެއްގައި މެސީ ކުޅެފައެއް ނުވެ އެވެ. ދާދި ފަހުން މިއާމީން ކުޅުނު ޔޫއެސް އޯޕަން ކަޕްގެ ފައިނަލްގައި ވެސް މެސީ ކުޅެފައެއް ނުވެ އެވެ. ނަމަވެސް އެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި މިއާމީގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނީ ފައިނަލްގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ މެޗުގައި މެސީ ކުޅެފައި ނުވާތީ، އެކަމާ ގުޅޭ ގޮތުން މާޓިނޯ ބުނީ ފައިނަލްގައި މެސީ ލައްވާ ނުކުޅުނީ ރިސްކެއް ނަގަން ބޭނުންނުވާތީ ކަމަށެވެ.

އޭގެ ފަހުން އެމެރިކާ ލީގުގައި މިއާމީން ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ މެޗުގައި ވެސް މެސީ ކުޅެފައެއް ނުވެ އެވެ. ނަމަވެސް މިއާމީ އާއި ހަވާލާދީ އެމެރިކާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މެސީ އަންނަނީ އެ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ނިއު ޔޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ފަރިތަކުރުމުގައި ވެސް މެސީ ވަނީ ބައިވެރިވެފައި ކަމަށް މީޑިއާ ތަކުން ބުނެ އެވެ. އެ ޓީމުން ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާ ފަރިތަކުރުމުގައި މެސީ ބައިވެރިވާނެ ކަމަށާއި، ލީގުގައި ދެން މިއާމީން ކުޅޭ މެޗުގައި މެސީ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު