Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އިޓަލީގެ އެންމެ މޮޅު ޓީމާ ދެކޮޅަށް ރެއާލަށް އޮތީ އުނދަގޫ މެޗެއް: އަންޗެލޮޓީ

ޚާއްސަކޮށް މިދިޔަ ސީޒަންގައި އެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައިކަން އަންޗެލޮޓީ ފާހަގަ ކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 06:11
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ނަޕޯލީ އަކީ އިޓަލީގައި އޮތް އެންމެ މޮޅު ޓީމު ކަމަށާއި، އެ ޓީމާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅެން ޖެހޭނީ އުނދަގޫ މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ނަޕޯލީއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު ހިމެނިފައި އޮތީ ގްރޫޕް ސީގަ އެވެ. ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ނަމަވެސް ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ނަޕޯލީ އެވެ. އެހެންކަމުން މި ދެ ޓީމު ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކަށް، ގްރޫޕްގެ އެއް ވަނައިގައި ލީޑު ނެގޭނެ އެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ނަޕޯލީ އަކީ އިޓަލީގައި އޮތް އެންމެ މޮޅު ޓީމު ކަމަށެވެ. ޚާއްސަކޮށް މިދިޔަ ސީޒަންގައި އެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައިކަން އަންޗެލޮޓީ ފާހަގަ ކުރި އެވެ. އޭނާ ބުނީ މި ސީޒަންގައި ވެސް ނަޕޯލީން އެކަން ދަމަހައްޓަމުން އަންނަ ކަމަށާއި، އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ މޮޅު ކުޅުންތެރިން ކަމަށެވެ. ޓީމެއްގެ ގޮތުގައި ނަޕޯލީން ކުޅޭއިރު، އިދިކޮޅު ޓީމަށް އަބަދު ވެސް އުނދަގޫވާކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ވަކި ވަކި ކުޅުންތެރިންގެ ހުނަރު ވެސް އެ ޓީމުގައި ބޮޑުވާނެ ކަމަށެވެ. އެހެންކަމުން ރެއާލުން ކުޅެން ޖެހޭނީ ވަރަށް ސީރިއަސް އަދި ވާދަވެރި މެޗެއް ކަމަށާއި، އެންމެ ފަހުން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ކަންކަން ތަކުރާރު ކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ނަޕޯލީ އަށް އަލުން އަނބުރާ އާދެވުމަކީ މާޒީ އަށް ދެވުން ކަހަލަ ކަމެއް ކަމަށެވެ. މީގެ ކުރިން ނަޕޯލީގައި ހޭދަކުރި ދުވަސްތައް މަތިން އަދިވެސް ހަނދާން ހުންނަ ކަމަށާއި، އެ ޓީމާއެކު އޮތީ ހައްތަހާ ވެސް ރަނގަޅު ހަނދާންތައް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާރު ބޭނުންވަނީ ރެއާލާއެކު ކުރިއަށް ދާން ކަމަށާއި، މިހާރުގެ ޗެޕްޓާ އަކީ އެއީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ގިނަ ޓީމުތަކަކަށް އިރުޝާދު ދީފައިވާ އަންޗެލޮޓީ ވަނީ 2018 އިން 2019 އަށް ނަޕޯލީ އަށް އިރުޝާދު ދީފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ނަޕޯލީން ވަނީ 73 މެޗު ކުޅެފަ އެވެ.

ނަޕޯލީގެ ދަނޑުގައި ރެއާލުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން 12:00 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްނަޕޯލީކާލޯ އަންޗެލޮޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު