Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ރޯމާ އިން ފްރޮސިނޯން ބަލިކޮށްފި

މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ރޯމާ އަށް ހޯދުނު ދެ ވަނަ މޮޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2023 | ހޯމަ 06:58
މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި ފްރޮސިނޯނާ ދެކޮޅަށް ކުޅުނު މެޗު ރޯމާ އިން ކާމިޔާބުކޮށްފި އެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރޯމާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އެވެ. އޭނާ އެ ލަނޑު ޖެހީ އާޖެންޓީނާގެ ޕައުލީ ޑިބާލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ރޯމާގެ ދެ ވަނަ ލަނޑު ލޮރެންޒޯ ޕެލެގްރިނީ ޖެހީ މެޗުގެ 88 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޑިބާލާ އެވެ.

މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ރޯމާ އަށް ހޯދުނު ދެ ވަނަ މޮޅެވެ. މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު ދެ މެޗުން މޮޅުވީއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ތިން މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ. ހަތް މެޗުން ހޯދި އަށް ޕޮއިންޓާއެކު ރޯމާ އޮތީ ލީގު ތާވަލްގެ 12 ވަނައިގަ އެވެ. މި ސީޒަންގައި ރޯމާގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނަނީ މިހާރު އަމާޒަކީ ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަނުން ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖޫން 2017

ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ

10 ޖޫން 2017
ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ
06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
05 ޖޫން 2017

ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް

05 ޖޫން 2017
ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް
30 މެއި 2017

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު