Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހަތުން އަރައި އެތުލެޓިކޯ އިން ކާޑިޒް ބަލިކޮށްފި

މޮޅާއެކު އެތުލެޓިކޯ އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޮކްޓޯބަރު 2023 | ހޯމަ 06:53
ކާޑިޒްއާ ދެކޮޅަށް އެތުލެޓިކޯ އިން ކުޅުނު މެޗުގެ ތެރެއިން

ކާޑިޒްއާ ދެކޮޅަށް އެތުލެޓިކޯ އިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗު، ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑުން ކާމިޔާބު ކޮށްފި އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ކާޑިޒް އިންނެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ކާޑިޒް އަށް ލީޑު ނަގައިދިނީ ލޫކަސް ޕައިރެސް އެވެ. އޭނާ އެ ލަނޑު ޖެހީ ކްރިސް ރާމޯސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ރޮޖާ މާޓީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯ އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންހެލް ކޮރެއާ އެވެ. ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ނަހުއެލް މޮލީނާ ވަނީ ލަނޑު ޖަހައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން 66 ވަނަ މިނެޓުގައި އެ ޓީމު މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ކޮރެއާ އެވެ. އޭނާ އެ ލަނޑު ޖެހީ ސައުލް ނިހުއޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު އެތުލެޓިކޯ އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތް މެޗުން 16 ޕޮއިންޓު ހޯދައިގެންނެވެ. ހަތް މެޗުގެ ތެރެއިން އެ ޓީމު ވަނީ ފަސް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފަ އެވެ. އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު